އިންޑިއާއެކު ވެފައިވާ އެއްބަސްވުންތަކުގެ ތެރެއިން ރާއްޖޭގެ ގާނޫނު ނުހިނގާ އެއްވެސް ކަމެއް ކުރިއަށް ނުދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުންތަކަކީ އުތުރުތިލަފަޅު (ޔޫޓީއެފް) އެއްބަސްވުމާއި ހައިޑްރޯ ގްރަފީއާ ގުޅޭ އެއްބަސްވުމުގެ އިތުރުން ޑޯނިއާ އަދި ހެލިކޮޕްޓަރު ދުއްވާ ޕައިލެޓުން ތަމްރީނު ކުރުމަށް ހަދާފައިވާ އެއްބަސްވުންކަމަށެވެ. އަދި އެ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތްކަމަށާއި، ލިބެނީ ހުރިހާ ގޮތަކުން ވެސް ފައިދާކަމަށް އަސްލަމް ވިދާޅުވިއެވެ. އެހެންކަމުން ސިޔާސީ ބޭނުމަށް އިންޑިއާއާ ޖައްސާލުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ އިންޑިއާގެ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައްޔާއި އެހެނިހެން ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭކަމަށެވެ. އަދި ރާއްޖޭގެ ގާނޫނު ނުހިނގާ އެއްވެސް ކަމެއް ކުރާކަށް އެއްބަސްވުންތަކުގައި ނެތްކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.
"ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫ އަރާ ކަމެއް ނެތް. އެހެންވީމަ ރާއްޖޭގެ ގާނޫނާއި ގަވާއިދުގެ ތެރެއިން ލިބޭ ހުއްދައިގެ ދަށުން ކުރެވޭ ކަމެއް ކުރެވޭނީ." އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ސިޔާސީ ގޮތުން އިންޑިއާއާއި ޖައްސާލުމުން ރާއްޖެއަށް އޭގެ ގެއްލުންވުމުގެ ފުރުސަތު އެބައޮތްކަމަށެވެ. އެގޮތުން އިންޑިއާާއިން ދޭ އެހީތެރިކަމަށް މިކަމުގެ ސަބަބުން އަސަރުކޮށްފާނެކަމަށް އަސްލަމް ވިދާޅުވިއެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު މި ސަރުކާރުން ގާއިމްކޮށްފައިވާ ބައެއް އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް އަސަރުކޮށްފާނެކަމަށް ބުނެ ގިނަ ބަޔަކު ދަނީ އަޑު އުފުލަމުންނެވެ. ނަމަވެސް ސަރުކާރުން ތަކުރާރުކޮށް ބުނަމުން ދަނީ އެއްބަސްވުންތަކުގެ ސަބަބުން ނުރައްކަލެއް ނެތްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު