ކުޅުދުއްފުށި ގަރާޖެއްގައި އަލިފާން ރޯވެ، ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
އެމްއެންޑީއެފްއިން ބުނީ ހދ. ކުޅުދުއްފުށީގައި ހުންނަ "މެސްކޮޓް ގަރާޖް" ގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ ރިޕޯޓް އެމްއެންޑީއެފް ނޮދަން އޭރިއާ ކުޅުދުއްފުށި ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ ރޭ 02:48 ހާއިރުކަމަށެވެ.
މި ހާދިސާގެ ރިޕޯޓް ލިބުމާއެކު ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަގުތުން ހަރަކާތްތެރިވާން ފެށިކަމަށާއި، މިގޮތުން ކުރި މަސައްކަތުން ރޭ 03:45 ހާއިރު ވަނީ އަލިފާން ނިއްވާލާފައިކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން ދުން އަރާތީ ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަނީ މިއަދު ހެނދުނު 06:30 ހާއިރު ވެސް އެ ސަރަހައްދަށް ގޮސް އެތަނަށް ފެން ޖަހާ ދުންގަނޑު ކޮންޓްރޯލް ކޮށްފައިކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް އަލިފާން ރޯވި ގަރާޖަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ. މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެއެވެ.

ހދ.ކުޅުދުއްފުށީ ގަރާޖެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ނޮދަން އޭރިއާ ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުންގެ މަސައްކަތުން ރޭ 03:45 ހާއިރު ވަނީ ނިއްވާލެވިފަ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވޭ.https://t.co/EB4GyYIRvx pic.twitter.com/oHVAKpRDDr
— Maldives National Defence Force (@MNDF_Official) December 3, 2021
އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން ދުން އަރާތީ ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަނީ މިއަދު ހެނދުނު 06:30 ހާއިރު ވެސް އެ ސަރަހައްދަށް ގޮސް އެތަނަށް ފެން ޖަހާ ދުންގަނޑު ކޮންޓްރޯލް ކޮށްފައިކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް އަލިފާން ރޯވި ގަރާޖަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ. މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެއެވެ.
ކިޔުންތެރިންގެ ހިޔާލު