އެކުވެރި ސުވައިދީބު ޕާޓީ ނުވަތަ ސުވައިދީބަކީ ސިޔާސީ ޕާޓީއަކަށް ކިއުމަށް ހުއްދަދެވޭނެ ނަމެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނިކޮށް ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލް އިދާރާގެ ދިދައިގެ ގޮތުގައި އެކުވެރި ސުވައިދީބުގެ ދިދައާއި ދާދި އެއްގޮތް ނުވަތަ އެދިދަ މޮޑިފައިކޮށްފައިވާ ދިދައެއް އެކައުންސިލުން ފާސްކޮށްފިއެެވެ.
ތިނަދޫ ކައުންސިލުން ބޭނުންކުރާނެ ދިދަ ފާސްކޮށް މިހާރުވަނީ ބޭނުން ކުރަންވެސް ފަށާފައެވެ. އެ ކައުންސިލުން ފާސްކުރި ދިދައިގައި ހަތަރު ކުލަ ހިމެެނެއެވެ. އެއީ ސުވައިދީބުގެ ދިދައިގައި ވެސް ހިމެނޭ ފެއްސާއި ރަތާއި ނޫ އަދި ހުދު ކުލައެވެ. ތިނަދޫ ކައުންސިލުން ބުނީ އެކައުންސިލްގެ ދިދައިގެ ފެހި ކުލައިން ރަމްޒުކޮށްދެނީ ހަމަޖެހުން ކަމަށެވެ. އަދި ނޫ ކުލައިން ރަމްޒުކޮށްދެނީ ފާގަތިކަން ކަމަށާއި ހުދު ކުލައިން ރަމްޒުކޮށްދެނީ ހަމަޖެހުމާއި އިސްތިޤްލާލާއި އަމާންކަން ކަމަށް އެ ކައުންސިލުން ބުނެ އެވެ. ރަތްކުލައިން ރަމްޒުކޮށްދެނީ ރަށުގެ ދިރުމާއި އާރޯކަން ކަމަށް ތިނަދޫ ކައުންސިލުން ބުނެފައި ވެއެވެ.
ތިނަދޫ ކައުންސިލުން ފާސްކޮށްފައިވަނީ މީގެ އަހަރުތަކެއް ކުރިން ރާއްޖޭގައި ހިނގާދިޔަ ވަރުގަދަ ސިޔާސީ ހަރަކާތްތަކެއްގައި އެންމެ ދެކުނުގެ ހަތަރު އަތޮޅު ހިމެނޭ ވަކި ދައުލަތެއް ގާއިމު ކުރުމަށް ބޭނުންކުރި އެކުވެރި ސުވައިދީބުގެ ދިދައާއި ވަރަށް އެއްގޮތް ނުވަތަ އެދިދަ މޮޑިފައިކޮށްގެން ފަރުމާކޮށްފައިވާ ދިދައެކެެވެ. އަދި ކައުންސިލްގެ ދިދައިގައި ބޭނުންކޮށްފައިވަނީ ވެސް ސުވައިދީބުގެ ދިދައިގައި ބޭނުންކޮށްފައިވާ ކުލަތަކެެވެ.
އެހެން ނަމަވެސް ސުވައިދީބުގެ ދިދައިގައި ހިމެނޭ ހަނދު ފަޅިއެއް ތިނަދޫ ކައުންސިލުން ފާސްކުރި ދިދައަކު ނުހިމެނެއެވެ. ކައުންސިލްގެ ދިދައަށް ގެނެސްފައިވާ ހަމައެކަނި ބަދަލަކީ އެއީ ކަން ފާހަަގަކޮށްލެވެއެވެ. ޔުނައިޓަޑް ސުވައިދީބް ރިޕަބްލިކް ނުވަތަ އެކުވެރި ސުވައިދީބް ޖުމްހޫރިއްޔާއަކީ އޭރު ދިވެހި ސަރުކާރާ ހިޔާލު ތަފާތުވެ، ދެކުނުގެ ހަތަރު އަތޮޅު ވަކި ދައުލަތެއްގެ ގޮތުގައި އުފެއްދުމަށް ޓަކައި އެދައުލަތަށް ކިޔައި އުޅުނު ނަމެކެވެ. އެހަރަކާތުގެ ތެރެއިން ދައުލަތުގެ ސިއްކައަކާއި ދިދައެއް ވެސް ވަނީ އާންމު ކޮށްފައެވެ.
1959 ވަނަ އަހާރާއި 1963 ވަނައަހަރާ ދެމެދު ހިންގި ސުވައިދީބް ސިޔާސި ހަރާކާތްތަކުގައި ވެސް މުހިންމު އެއް ރަށަކީ ގދ. ތިނަދޫ އެވެ. ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ވެރިކަމާއި ދެކޮޅަށް ނުކުތުމުގެ ސަބަބުން މީހުން ބޭލި ގދ. ތިނަދޫ މަޝްހޫރުވެފައިވަނީ ހަވަރު ތިނަދޫގެ ނަމުންނެެވެ. އެއީ އެރަށުގެ ރައްޔިތުންނާމެދު ރައީސް ނާޞިރު ވަރަށް އަނިޔާވެރިކޮށް ހިންގެވި އަމަލެއް ކަމުގައި ބައެއް މީހުން ބުނެއެވެ.
ސުވައިދީބުގެ ދިދަ ނަގައި "އެދައުލަތުގެ ދިދައިގެ ދަށަށް" ތިނަދޫ ދިޔަކަން އިއުލާން ކުރުމާއެކު ދިވެހި ދައުލަތުގެ ބާރުގެ ދަށަށް ތިނަދޫ ގެނައުމަށް ހިނގައި ދިޔަ ހަމަނުޖެހުންތަކުގަތެރޭގައި ތިނަދޫ ފަޅު ކުރުމަށްފަހު ދެ ވަނަ ފަހަަރަށް އެރަށުގައި މީހުން ވަޒަންވެރިވިއެެވެ. ނަވާރަސަތޭކަ ފަސްދޮޅަސް ދެ ވަނަ އަހަރު ތިނަދޫގެ ރައްޔިތުން އެރަށުން ބާލައި އެއަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ފަޅު ރަށެއްގެ ގޮތުގައި އެރަށް ހަމަޖެއްސިއެވެ. އެރަށުގައި ތިނަދޫ މީހުން އަލުން ވަޒަންވެރިވީ އޭގެ ހަތަރު އަހަރު ފަހުން 1966 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 22 ވަނަ ދުވަހުއެެވެ.

ކިޔުންތެރިންގެ ހިޔާލު