ބައިނަލްއަޤުވާމީ މުޖުތަމަޢެއްގެ ސިފައިގައި އެކަތިގަނޑަކަށް ވެގެން ފަލަސްތީނު ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޢަޒުމް ވަރުގަދަ ކުރުމަށް އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު، އަބުދު ﷲ ޝާހިދު ގޮވާލައްވައިފިއެެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު މިކަމަށް ގޮވައިލެއްވީ ފަލަސްތީނުގެ މައްސަލައާއި މެދުއިރުމަތީގެ ހާލަތާ ބެހޭގޮތުން ބޭއްވި އދ. ގެ ޕްރިލިނަރީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބުދު ﷲ ޝާހިދު ވިދާޅުވީ ފާއިތުވި 74 އަހަރުގެ ތެރޭގައި ވެސް އދ. ގެ އެޖެންޑާގައި އޮވެ ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދައި ނުދެވުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ.
އެހެންކަމުން އުންމީދު ކަނޑާނުލައި އެ މައްސަލައަށް ހައްލު ގެންނަށް ގައުމުތަކުން އަމަލުން މަސައްކަތް ކުރަންޖެހޭކަމަށް ޝާހިދު ވިދާޅުވިއެެވެ. ޝާހިދު ވިދާޅުވީ ކަރަންޓާއި ފެނާއި މިފަދަ ޒަރޫރީ ބޭނުންތަކުން މަހުރޫމު ވެފައި ތިބި މިލިއަނަކަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ތަހައްމަލު ކުރަމުންދާ ހިތްދަތި ދިރިއުޅުން ހަމައެކަނި ބަސްތަކަކުން ސިފައެއް ނުކޮށްދެވޭނެ ކަމަށެވެ. އަދި އަހަރުތަކެއް ކުރިން ފެށިގެން ނުޙައްޤުން އެމީހުންގެ ބިންތައް ފަތަހަކުރުމާއި، ޙައްޤަކާ ނުލައި މީހުން ހައްޔަރުކުރުމާއި، އެމީހުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގަމުންދާއިރު، ހަމައެކަނި މޮޅުވާހަތަކެއް ދައްކައިގެން ފަލަސްތީނު ރައްޔިތުން ސަލާމަތް ނުކުރެވޭނެކަމަށް އެމަނިކުފާނު، ވިދާޅުވިއެެވެ. އެގޮތުން ސުންނާފަތިވެ ބިމާ ހަމަވެގެންދިޔަ އެމީހުންގެ ގެދޮރާއި، ފޭރިގަނެފައިވާ އެމީހުންގެ ބިންތައް ހަމައެކަނި ބަސްތަކަކުން، އަނބުރާ ހޯދައެއް ނުދެވޭނެ ކަމަށް ޝާހިދު ވިދާޅުވިއެެވެ.
"މި ހުރިހާ މައްސަލައެއް ހައްލުވާނީ އެކަމާ ދެކޮޅަށް އަމަލީގޮތުން މަސައްކަތް ކޮށްގެން. އެމީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދީ، މި ހަމަނުޖެހުން ނިމުމަކަށް ގެނެސް، އެ ސަރަޙައްދުގައި ދިރިއުޅޭ އިންސާނީ ދަރިފަސްކޮޅުގެ ޤަދަރު ކުރިއަށް ނެރެގެން." ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ފަލަސްތީނުގެ އަންހެން ކުދިންނަށް ތަޢުލީމު އުނގައްނައިދިނުމާއި، ވެކްސިން ދިނުމާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ރެފިއުޖީންނަށް ލިބެންޖެހޭ ގިނަ ޚިދުމަތްތަކަކަށް ބުރޫއަރާފައިވާ ކަމަށެެވެ.
"އެންމެން އެކުވެގެން، ފަލަސްތީނު ރައްޔިތުންގެ އިންސާނީ ބޭނުންތައް ފުއްދައިދިނުމަށް އެކަށީގެންވާ މާލީ އެހީތެރިކަން ހޯދަން މަސައްކަތް ކުރަމާތޯ." ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބުދު ﷲ ޝާހިދު ވިދާޅުވީ، ޓޫ-ސްޓޭޓް ގެ ހައްލަކީ ފަލަސްތީނާއި އިޒްރޭލުގެ ރައްޔިތުންގެ ހަގީގީ އުންމީދު ވިސްނި، އެއްބަޔަކު އަނެއްބަޔަކާ ކައިރި ކައިރީގައި ހަމަޖެހިގެން ސުލްޙަވެރިކަމާއި ބޯޑަރުތަކުގެ ރައްކާތެރިކަމާއެކު، ދިރިއުޅެވޭނެ ހަމައެކަނި މަގު ކަމަށެވެ.
"އޭރުން ޖެރޫސެލަމް އޮންނާނީ ދެ ސްޓޭޓުގެ ވެސް ކެޕިޓަލްގެ ގޮތުގައި." އދ.އާންމު މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އިންސާފުވެރިކަމާއި ސުލްހަވެރިކަން ލިބޭނެ ހައްލެއް ހޯދައި، އެކަން ބަދަލުކުރުމަށް ބޭނުންވަނީ ގިނަ ގައުމުތަކަކުން އެއްބަސްވާ ސިޔާސަތެއް ކަމަށެވެެ. އެހެންނަމަވެސް މިއަދާ ހަމައަށްވެސް ބައިނަލްއަޤުވާމީ ޤާނޫނު ތަކުން ތަންދޭ ގޮތުގެ މަތިން ފަލަސްތީނު ރައްޔިތުންގެ ސްޓޭޓެއް އުފެއްދުން ކާމިޔާބު ވެފައި ނުވާ ކަމަށް ޝާހިދު ވިދާޅުވިއެެވެ. އަދި އެފަދަ އުނދަގޫ މައްސަލަތައް ހައްލުކުރުމަށް ހުރިހާ ޕާޓީތަކެއްގެ މެދުގައި ބިނާކުރަނިވި މަޝްވަރާތަކަށް އަނބުރާ ދިޔުމުގެ މަސައްކަތާއިގެން ކުރިއަށްދާން އެބަޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އަމިއްލަ ދަޢުލަތެއް ބިނާކުރުމުން ފަލަސްތީނު ރައްޔިތުން މަހުރޫމުވެ އެމީހުންނަށް ޙައްޤު ބިމުގައި ޤާނޫނާ ޚިލާފު އެއްބަސްވުންތައް ކުރިއަށްދާހާ ހިނދަކު، އެމީހުންނަށް ކުރާ އަނިޔާއާއި ނާއިންސާފުވެރިކަން އޮތުމުގެ ސަބަބުން އަމިއްލަ ބިން ދޫކޮށްފައި ފިލަން މަޖުބޫރުވެ އެނބުރި އުފަން ފަސްގަނޑަށް އައުމުގެ މަގު ބަންދުވެފައިވާހާ ހިނދަކު، އެމީހުންގެ ނަފްރަތާއި ރުޅިވެރިކަން އިތުރުވަމުންދާނެ ކަމަށެވެ.
"އެތައް އަހަރަކަށް ކުރިއަށްދާ އަނިޔާވެރިކަމުގެ ސިލްސިލާއަށް ހުރިހާ އެންމެން ވެގެން ބައިނަލްއަޤުވާމީ މުޖުތަމަޢެއްގެ ސިފައިގައި އެކަތިގަނޑަކަށް ވެގެން ފަލަސްތީނު ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޢަޒުމް އަލުން ވަރުގަދަ ކުރަމާތޯ. މިހާ ދުވަސް ވަންދެން އެމީހުން އެދެމުންދާ ޙައްޤުތައް (އަމިއްލަ ދަޢުލަތެއް އަދި އިޚުތިރާމާއި ޤަދަރު) އެމީހުންނަށް ހޯދައިދެމާތޯ. އަޅުގަނޑުމެން މި ހަމަނުޖެހުން ހައްލުކުރާނީ އެގޮތަށް. އަދި މެދު އިރުމަތީގެ ސުލްޙަވެރިކަން ކަށަވަރު ކޮށްދޭނީ އެގޮތަށް." ޝާހިދު ވިދާޅުވިއެެެވެ.

ކިޔުންތެރިންގެ ހިޔާލު