ބޮޑެތި ނިންމުންތައް ނިންމުމުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ބައިވެރިވުން މުހިންމުކަމަށް އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު، އަބްދު ﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އދ.ގެ އުންމީދީ ރައީސްގެ ހައިސިއްޔަތުން ވާހަކަފުޅުދައްކަވަމުންނެވެ.
ޝާހިދުގެ ވާހަކަފުޅުގައި، ބައިނަލްއަގުވާމީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހާލަތު ދެނެގަނެ، އެފަރާތްތަކުގެ ހައްގުހޯދައިދިނުމަށް ވަކާލާތު ކުރުން ކަމުގައި ފާހަގަކުރެެއްވިއެވެ. ހާއްސަގޮތެއްގައި މިއަހަރުގެ މިދުވަހުގެ ޝިޔާރު ކަމުގައިވާ، "ކޮވިޑު ބަލިމަޑުކަމަށްފަހު މުޖުތަމައު ބިނާކުރުމުގައި ބޮޑެތި ނިންމުންތައް ނިންމުމުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ބައިވެރިވުމާއި، އިސްނެގުން" ޝިއާރުން އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ ކޮވިޑު ބަލިމަޑުކަމުގެ ތެރެއިންވެސް ބޮޑެތި ނިންމުންތައް ނިންމުމުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ބައިވެރިވުން މުހިންމުކަންކަމަށް ޝާހިދު ވިދާޅުވިއެވެ.
"ދުނިޔޭގައި ބިލިއަނަކަށްވުރެ ގިނަ މީހުންނަކީ ކޮންމެވެސް މިންވަރަކުން ހާއްސަ އެހީއަށް ބޭނުންވާ މީހުން. މީގެތެރެއިން 80 އިންސައްތަ މީހުންނަކީ ތަރައްގީވަމުން އަންނަ ގައުމުތަކަށް ނިސްބަތްވާ ފަރާތްތައްކަމުން، މިގައުމުތަކުގެ ހާއްސައެހީއަށް ބޭނުންވާ މީހުންގެ ބައިވެރިވުމާއި އިސްނެގުން ޔަގީންކުރުމަށް އިތުރު ހިތްވަރެއް ލާންޖެހޭ." ޝާހިދު ވިދާޅުވިއެވެ.
އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ބައިވެރިވުން އިތުރުކުރުމާއި އެމީހުންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތްކުރަންވާނީ ހަމައެކަނި ކޮވިޑާ ގުޅުންހުރި ކަންކަމުގައި ނޫންކަމަށާއި، ދިރިއުޅުމުގެ ހުރިހާކަމެއްގައިވެސް ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ބައިވެރިވުން އިތުރުކުރުމާއި އެމީހުންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތްކުރަންވާނެކަމަށް ޝާހިދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްކުރަންވީ، ނިންމުންތައް ނިންމުމުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ބައިވެރިވުން އިތުރުކޮށް، ހާއްސަ އެހީއަށް ބޭނުންވާ މީހުން ލީޑަރޝިޕްގެ އެކި ރޯލުތަކުގައި ބައިވެރިވުން ޔަގީންކުރުމަށް. މަސައްކަތްކުރަންވީ، އެކުގައި މަސައްކަތްކޮށް ކޮވިޑުގެ މިބަލިމަޑުކަމުން އަރައިގަތުމަށް." ޝާހިދު ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދުވަސް ފާހަގަކުރަމުންދަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ. ކޮވިޑުގެ ބަލިމަޑުކަމާއެކު ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެތައް ގޮންޖެހުތަކެއް ކުރިމަތިވެފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަދި އ.ދ އިން މީގެ ކުރިންވެސް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަދި އ.ދ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު