ރާއްޖޭގެ ނޫސްވެރިން ތިބީ އިންޑިޔާ އެމްބަސީން ލާރި ނަގައިގެން ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބުދު ﷲ ޔާމިން މިރޭ ތުހުމަތު ކުރައްވައިފިއެވެ.
ކާނިވާ ސަރަހަށްދުގައި ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބުދު ﷲ ޔާމިން ވިދާޅުވީ، ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް ނެތް ކަމަށެވެ. އޮންލައިން ނޫސްތައް ފިޔަވައި އެހެން ހުރިހާ ނޫސްތަކާއި ޚަބަރުފަތުރާ ވަސީލަތްތައް ތިބީ ސަރުކާރުގެ ޖީބުގައިކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. ސުޕްރީމް ކޯޓުން އެމަނިކުފާނު މިނިވަން ކުރުމުން، މިހާރު އެމަނިކުފާނުގެ މައްޗަށް ހުކުމް ކުރަނީ ނޫސްތަކުންކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.
"ދެން މިތާގަ ތިބި ހުރިހާ ނޫސްވެރިން އެތިބީ އިންޑިއާގެ އެމްބަސީން އެފޮނުވާ ލާރިިކޮޅު ނަގައިގެން. ނޫސްވެރިކަމުގެ މިނިވަންކަމެއް މިތާކު ނެތް." ރައީސް ޔާމިން ވިދާޅުވިއެވެ.
ރައީސް ޔާމިން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ކޮންމެ ވާހަކައެއްވެސް ލިޔަން ނޫސްވެރިންނަށް ޖާގަދިންކަމަށެވެ. ރައީސް ޔާމިން މިހެން ވިދާޅުވި ނަމަވެސް އަބުރުގެ ގާނޫނެއް ފާސްކޮށް ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ނޫސްވެރިންނަށް ބޮޑެތި ފިއްތުއްތަކެއް ކުރިމަތިވެގެންދިޔަކަން ފާހަގަކޮށްލެވެއެވެ. ރައީސް ޔާމިންގެ ސަރުކާރުން ފާސްކުރި އަބުރުގެ ގާނޫނު އުވާލީ މިސަރުކާރުންނެވެެ.

ކިޔުންތެރިންގެ ހިޔާލު