ނެޓްފްލިކްސްގެ ތާރީހުގައި ވެސް މިހާތަނަށް އެންމެ ގިނައިން ބެލި ފިލްމަކީ "ރެޑް ނޯޓިސް" ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރެޑް ނޯޓިސް ރިލީޒް ކުރި ހަފުތާ ބަންދުގައިވެސް އެންމެ ގިނަ ވިއުސްގެ އިތުރުން މިހާތަނަށް ނެޓްފްލިކުން ސްޓްރީމްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ގިނައިން ބެލި ފިލްމަކީ ރެޑް ނޯޓިސްއެވެ.

މިދިޔަ މަހުގެ 12ގައި ސްޓްރީމް ކުރަން ފެށި ރެޑް ނޯޓިސްއަކީ އެކްޝަން ކޮމެޑީ ފިލްމެކެވެ. އަދި އެ ފިލްމު ރިލީޒްކުރިތާ ގަޑިއިރެއްގެ ތެރޭގައި 392 މިލިއަން ވިއުސް ވަނީ ފިލްމަށް ލިބިފައެވެ. އެންމެ ގިނައިން ބެލި ފިލްމުގެ ރެކޯޑް 11 ދުވަހުގެ ތެރޭގައި ރެޑް ނޯޓިސްއަށް ވަނީ ލިބިފައެވެ.

މިއާއެކު ނެޓްފްލިކުން ބުނީ ނެޓުފްލިކްސް ބޭނުންކުރާ 50 ޕަސެންޓް މީހުން ވަނީ ރެޑް ނޯޓިސް ބަލާފައިކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން