ކޮވިޑްގެ އިތުރު މަރަކާއެކު، އެ ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 252 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ކޮވިޑުގައި މަރުވީ އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާ މަރުވީ ދ. ހުޑަހުވަދޫ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 7:10 ހާއިރު ކަމަށް ވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.

މިއަދުގެ މި މަރާއެކު ދިވެހިރާއްޖޭގައި މި ބަލި ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 252 އަށް އަރާފައެވެ.

ފާއިތުވެ ދިޔަ އޮކްޓޯބަރ މަހު ކޮވިޑް ޖެހިގެން 12 މީހުން މަރުވެފައިވާއިރު، ނޮވެމްބަރު މަހު އެ ބަލީގައި ވަނީ 7 މީހަކު މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން