އަހުމަދު މަސްނޫމް   4 ޑިސެމްބަރު 2021 - 21:44
ރާއްޖެއިން ކޯވިޑް ޖެހިގެން މިއަދު ދެވަނަ މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ބުނީ މިއަދު ހެނދުނު 8:28 ގައި ހއ. ތުރާކުނުގައި ކޯވިޑް ޖެހިގެން މީހަކު ނިޔާވެފައިވާކަމަށެވެ. މިއީ އުމުރުން 92 އަހަރުގެ ދިވެހި ފިރިހެނެއްކަމަށްވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.





މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 253 ވަނަ މީހާއެވެ.

ތުރާކުނުން ނިޔާވި މީހާގެ އިތުރުން ދ. ކުޑަހުވަދޫ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނެއްވެސް މިއަދު ވަނީ ނިޔާވެފައެވެ.

މާލެ ސަރަހައްދުގައި ކޯވިޑް ފެތުރުން ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައި އޮތް ނަމަވެސް އަތޮޅުތަކުގައި ބަލި ފެތުރުމުގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެގޮތުން އިއްޔެ ވެސް އަތޮޅުތަކުގައި ބަލި ޖެހުނު އަދަދު އުޅެނީ 71 ގައެވެ.

ސިއްހީ އިދާރާތަކުން އިލްތިމާސް ކުރަނީ ކޯވިޑް ވެކްސިން ފުރިހަމަ ކުރި ނަމަވެސް ރައްކާތެރި ކަމުގެ ޚާއްޞަ ފިޔަވަޅުތަކާއެކު ނޫޅޭނަމަ ކުރީގައި އިތް ހާލަތަށް ބަލީގެ ހާލަތު ގޯސް ދިއުމަކީ ވަރަށް ގާތް ކަމެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން