އައްޑޫ ސިޓީގެ ގަމަށް ސްރީލަންކަން އެއަރލައިންސްގެ ސީދާ ދަތުރުތައް އަލުން ފަށައިފިއެވެ.

އައްޑޫ ސިޓީގެ ގަމަށް ސްރީލަންކަން އެއަރލައިންސްގެ ސީދާ ދަތުރުތައް އަލުން ފެށުން ފާހަގަކުރުމުގެ ގޮތުން ސްރީލަންކަން އެއަރލައިންސުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިއަދު ޚާއްޞަ ރަސްމިއްޔާތެއް ބޭއްވިއެވެ.

މިރަސްމިއްޔާތުގައި މިއަދު ޖެއްސި ބޯޓުން ދަތުރުކުރި ގިނަ ޢަދަދެއްގެ ފަތުރުވެރިންނަށާއި ދިވެހިންނަށް، އައްޑޫސިޓީ ކައުންސިލާއި ސްރީލަންކަން އެއަރލައިންސްގެ އިސްވެރިންނާއި އަދި އޭސްއޭވިއޭޝަނުގެ ފަރާތުން ހޫނު މަރުޙަބާއެއް ވަނީ ކިޔާފައެވެ.



ސްރީލަންކަނުން އައްޑޫއަށް ސީދާ ދަތުރުތައް ފަށާފައިވާއިރު މިފަހަރު ކޮލަންބޯ-ގަމުގެ ދަތުރުތަކުގެ ކަނެކްޝަން ފްލައިޓުތައް، މާލެއާއި ހުވަދޫއަށް ހަމަޖައްސައިދޭނެ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.

ސްރީލަންކަނުން އައްޑޫއަށް ކުރިން ކުރަމުން އައި ދަތުރުތައް ހުއްޓާލާފައިވަނީ ކޯވިޑާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޭރު އަޅަމުންދިޔަ ފިޔަވަޅުތަކާއި ގުޅިގެންނެވެ.

މިފަހަރުގެ ޝެޑިއުލް ހަމަޖެހިފައިވަނީ ހަފްތާއަކު އެއް ދަތުރު ބާއްވާ ގޮތަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން