ބޭރު ގައުމެއްގެ މިލިޓަރީ ސިފައިން ރާއްޖޭގައި ތިބުމަކީ ރާއްޖެއަށް ރައްކަލަށް ވާގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ދީނީ އިލްމްވެރިޔާ އަައްޝައިޙް އަލީ ޒައިދު ވިދާޅުވެއްޖެއެެވެ.

ދީނީ އިލްމްވެރިޔާ އައްޝައިހް އަލީ ޒައިދު މިހެން ވިދާޅުވީ ރާއްޖޭގައި އިންޑިޔާގެ ގިނަ އަދަދެއްގެ ސިފައިން ތިބޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އަލީ ޒައިދު ވިދާޅުވީ، ބޭރު ގައުމުތަކުގެ މިލިޓަރީ ސިފައިން ރާއްޖޭގައި ތިބުމަކީ އެއްއިރެއްގައި ވެސް ތާއިދު ކުރެއްވި ކަމެއް ނޫން ކަމަށެެވެ. އަދި ބޭރު ގައުމުތަކުގެ ސިފައިން ރާއްޖޭގައި ތިބުން ދިފާއުކޮށް ދައްކާ ވާހަަކަތައް ދެކޮޅު ނުޖެހޭ ކަމަށްވެސް ޒައިދު ވިދާޅުވިއެވެ.



"މިކަން ރާއްޖޭގެ ރަށްކަލަކަށް ވާގޮތެއް ނުވިސްނޭ، ދުނިޔޭގެ ގައުމުތަކުން ބޭރު ސިފައިން ފަހުން އޮންނަނީ ނުބޭލިފައި." ކަންބޮޑުވުން ފާޅުކުރަށްވަމުން ޒައިދު ވިދާޅުވިއެވެ.

އިދިކޮޅު ޕީޕިއެމުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިދިކޮޅު ލީޑަރު އަދި ރައީސް އަބުދު ﷲ ޔާމިން ވެސް ވިދާޅުވީ، އިންޑިޔާ ސިފައިންނަށް ރާއްޖޭގެ ފަސްގަނޑުގައި ޖާގަ އެއް ނެތް ކަމަށާއި، އިންޑިޔާ ސިފައިން ޖެހޭނީ ރާއްޖެއިން ފައިބަން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އިންޑިޔާ ސިފައިން ރާއްޖޭގައި ތިބެނީ ގާނޫނާއި ޚިލާފަށް ކަމަށެވެ. އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބެނީ މި ސަރުކާރުގެ ޚިޔާނަތްތެރި ރޭވުމެއްގެ ދަށުން ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. އިދިކޮޅު ކޯލިޝަނުން ވަނީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭރުކުރުމަށް ގޮވާލާ ސިލްސިލާ ހަރަކާތްތަކެއް ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު


9

ނުރަބޯ

05-Dec-2021

ރާއްޖެ އަކީ އެހެން އެއްވެސް ގައުމަކުން ޙަމަލާއެއް އަތުވެދާނެ ފަދަ ހަތުރުވެރިކަމެއް އެއްވެސް ގައުމަކާ ދެމެދު އޮތް ގައުމެއްނޫން. ވީމާ ބޭރުގައުމެއްގެ ސިފައިން މިގައުމުގައި ތިބެން ޖެހޭނެ އެއްވެސް ސަބަބެއް ނެތް.



ޓްރެންޑިން