ރާއްޖޭގައި ސިޔާސީ ޕާޓީތަކަށް ވެރިކަން ލިބުމުން ޕާޓީގެ ގުރާސް ރޫޓް މަތިން ހަދާން ނައްތާލާ ކަމަށް ސައިރިކްސް ކޮލެޖްގެ ޗެއާމަން އަދި ސިޔާސީ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވާ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސައިރިކްސް ކޮލެޖްގެ ޗެއާމަން އަހުމަދު ޝަރީފް މިހެން ވިދާޅުވީ، ސިޔާސީ ޕާޓީތަކުން ވެރިކަމަށް އައުމަށްފަހު ޕާޓީއަށް ހެއު އެދޭ މެމްބަރުން ނުވަތަ ގުރާސް ރޫޓް ބާކީކޮށްލާތީ އެކަމާއި މެދު ކަންބޮޑުވުން ހިއްސާކުރައްވަމުންނެެވެ.

ދާދިފަހުން އުފެއްދި ސިޔާސީ ޕާޓީ، އެމްްއެންޕީއާއި ގުޅިވަޑައިގެންނެވި އަހުމަދު ޝަރީފް ވިދާޅުވީ، ސިޔާސީ ކަންކަމުގައި ދިވެހިން ވަރަށް ކުރި ހޯދައިފިކަމަށާއި، އިބްރަތްތަކެއް ވެސް ހާސިލްކޮށްފި ކަމަށެވެ. ސިޔާސީ ޕާޓީތަކުން ވެރިކަމަށް އައިސް ބާކީކޮށްލަނީ އިދިކޮޅު ޕާޓީގެ މީހުން އެކަނި ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ.





"ވެރިކަން ލިބި ޕާޓީގެ މުޅި ގުރާސް ރޫޓް ވެސް ހަނދާން ނައްތާލާ، އެކަމަކު އެމްއެންޕީ ތަފާތުވާނެ." ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔަޑް މުހަންމަދު ނާޒިމް ލީޑަރުކަން ކުރައްވާ މޯލްޑިވިސް ނޭޝަނަލް ޕާޓީގެ ނާއިބް ރައީސް އަހުމަދު ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގައި ވެރިކަމަށް އަންނަ ގިނަ ޕާޓީތަކުން ވެރިކަން ލިބުމުން ޕާޓީއަށް ހެއު އެދޭ ގްރާސްރޫޓް ހަނދާން ނައްތާލާތީ، ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ގްރާސް ރޫޓް ހަނދާން ނައްތާލާފައިވާ ކަމަށް އެޕާޓީއަށް ވަފާތެރި އަދި އެޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ބައެއް އިސްބޭފުޅުން ވެސް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު


12

އަޒީ

05-Dec-2021

ސަލާމަތީ ބާރުގައި ކުރިން މަސައްކަތް ކުރައްވާ އެދާއިރާއިން މަޝްހޫރުކަން ހޯއްދަވާފައިވާ 2 ބޭފުޅުން ގުޅިވަޑައިގެންސިޔާސީ ޕާޓީއެއް އުފައްދެވިއިރު އެބޭފުޅުން ސިޔާސީ މައިދާނަށް ސިޔާސީ ލީޑަރުންނަށްވީ ކިހިނެއްކަން ހަދުމަފުޅު އެބަހުރިތޯ