އަހުމަދު މަސްނޫމް   5 ޑިސެމްބަރު 2021 - 14:27
ރާއްޖެއިން ކޯވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެއެވެ.

ރާއްޖެއިން ކޯވިޑް ޖެހިގެން މިއަދު ނިޔާވީ އުމުރުން 77 އަަހަރުގެ އަންހެނެކެވެ. އެ މީހާއަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހެއްކަމަށާއި، އޭނާ ނިޔާވީ މިއަދު ހެނދުނު 6:29 ހާއިރުކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ. މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 254 ވަނަ މީހާއެވެ.



ރާއްޖޭގައި އިއްޔެވެސް ކޯވިޑް ޖެހިގެން 2 މީހަކު ވަނީ ނިޔާވެފައެވެ. އެހެންކަމުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖޭގައި ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 3 އަަށް އަރާފައެވެ.

ރާއްޖެއިން އިއްޔެވެސް ވަނީ 102 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިހާރު އާންމު ގޮތެއްގައި ކޮވިޑް ކޭސްތައް ގިނައިން ފެންނަނީ އަތޮޅު ތަކުންނެވެ. އަތޮޅުތަކުގެ ރަށްތަކުން އިއްޔެ ވެސް 72 މީހަކަށް ބަލި ޖެހިފައިވާއިރު އިއްޔެ ނިޔާވި ދެމީހުންނަކީވެސް އަތޮޅު ތަކުން ނިޔާވި ދެމީހުންކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު