ބޭސް ރައްކާކުރުމަށް މާލޭގައި ބޮޑު ވެއަރ ހައުސްއެއް އެޅުމަށް ނިންމާފައިވާކަމަށް އެސްޓީއޯއިން ބުނެފިއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ އެސްޓީއޯއިން މިހާރު ބޭނުންކުރަމުންދަނީ ވަރަށް ކުރިން ޤާއިމްކޮށްފައި ހުރި ބޭސް ގުދަނެއްކަމަށެވެ. އަދި އެތަނުގައި އެކަން ކުރަމުންދަނީ އެންމެ އެކަށީގެންވާ ގޮތަކަށް ނޫންކަމަށްވެސް އަމްރު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ރަށްރަށަށް ފޮނުވަންޖެހޭ ބޭސްތައް ފޮނުވުމުގައިވެސް ދަތިތަކެއް ކުރިމަތިވާކަމަށް އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އަމީނީ މަގު ސްޓޭޑިއަމް ކުރިމަތީގައި ކުރިން ހިންގަމުން އައި އެސްޓީއޯގެ 5 ނަންބަރު ގުދަނުގައި މެޑިކަލް ވެއަރހައުސެއް އެޅުމަށް ނިންމާފައިވާކަމަށެވެ. އަދި މިހާރު އެތަނުގައި ޓްރެފިކް ޕޮލިހުންގެ ޚިދުމަތް ދެމުން އައިނަމަވެސް އެތަން ހުސްކުރާނެކަމަށާއި، އެ އިމާރާތް އެޅުމުގެ މަސައްކަތް އޭރުން ފެށިގެންދާނެކަމަށް އަމްރު ވިދާޅުވިއެވެ. އަމްރު ވިދާޅުވީ އައު ގުދަނުގެ ކުރެހުންތައް ނިމި ފައިސާވެސް ހަމަޖެހިފައިވާކަމަށެވެ.
މާލޭގައި ބޭސް ރައްކާކުރުމަށް ބޭނުންކުރަމުންދިޔަ ބޮޑު ގުދަނުގައި 2008 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އެސްޓީއޯއިން މިހާރުވެސް އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 189 ފާމަސީ ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު