ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި އެފަދަ ފަރާތްތަކުގެ ޙައްގުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންދޭ ރިވެލި އެވޯޑު 5 ފަރާތަކަށް ދީފިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ފަރާތްތަކަށް އެވޯޑު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ.
މިއަހަރު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާއިން ރިވެލި އެވޯޑު ލިބިފައިވަނީ ށ. ގޮއިދޫ ރިޙާބް އަޙްމަދު ސާދިންއަށާއި ދ. ޖަނަވަރީމާގޭ މުޙައްމަދު ޔަމާމްއަށެވެ. އެކި ގޮތްގޮތުން ރީތިނަމާއި ކާމިޔާބީތައް ހޯދުމުގެ ދާއިރާއިން މއ. އަރިވަރު އަލްހާފިޛް މުޙައްމަދު އަޝްހަމް ޢަލީއަށް ވަނީ އެވޯޑު ދީފައެވެ. ފަންނީ އަދި ފަރުދީގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން އއ. ފެރިދޫ ޝަބްނަމްގެ އަޙްމަދު އާތިފްއަށް ވަނީ އެވޯޑު ދީފައެވެ.
މީގެއިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން ފެނަކަ ކޯޕަރޭޝަނަށް ވަނީ އެވޯޑު ދީފައެވެ. އަދި ތަޢުލީމު ދިނުމުގެ ދާއިރާއިން ޖަމާލުއްދީން ސްކޫލަށް ވަނީ އެވޯޑް ދީފައެވެ.
މި ރަސްމިއްޔާތުގައި ލޮކްޑައުން މުއްދަތުގެ ތެރޭގައި ޖެންޑަރ މިނިސްޓްރީން އޮންލައިންކޮށް ކުރިއަށްގެންދިޔަ ހުނަރު ދައްކާލުމުގެ މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް ރިވެލި ތަރި ދީފައެވެ.
ރިވެލި ތަރި ޙާސިލުކުރި ފަރާތްތަކަށް ތަރި ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.
ސްކޫލްތަކުގެ ކެޓަގަރީން މިމުބާރާތުގައި ރިވެލި ތަރި ލިބުނީ އިމާދުއްދީން ސްކޫލަށެވެ. ތަޢުލީމީ ދާއިރާއިން ހއ.އިހަވަންދޫ ދުންތަރި މުޙައްމަދު މާއިޒްއަށާއި ހަމަ އެރަށު ވަފާ، ރަޔާން ރިޔާޟް ޢަބްދުލްވާޙިދަށް ވަނީ ރިވެލި ތަރި ލިބިފައެވެ. މުނިފޫހިފިލުވުމުގެ ދާއިރާއިން މ.އަބާން އަޔާން އާލް ބިން އަޙްމަދު ނާޞިރަށް ވަނީ ރިވެލި ތަރި ލިބިފައެވެ. އަދި ކުޅިވަރުގެ ދާއިރާއިން ޅ.ހިންނަވަރު ކާނިމާގެ ފާތިމަތު އިބްރާހިމަށް އަދި ކުރެހުމާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ށ.ގޮތިދޫ ރިޙާބް އަޙްމަދު ސާދިންނަށް ވަނީ ރިވެލި ތަރި ލިބިފައެވެ.
ރިވެލި އެވޯޑާއި ތަރި ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން އުފައްދާ ތަކެތީގައި ޖަހާނެ ލޯގޯއެއްވެސް ތަޢާރަފްކޮށްފައެވެ.

President @ibusolih and First Lady Fazna Ahmed attends Riveli Awards 2021 ceremony pic.twitter.com/3w0JSmBpgV
— The President's Office (@presidencymv) December 4, 2021
މި ރަސްމިއްޔާތުގައި ލޮކްޑައުން މުއްދަތުގެ ތެރޭގައި ޖެންޑަރ މިނިސްޓްރީން އޮންލައިންކޮށް ކުރިއަށްގެންދިޔަ ހުނަރު ދައްކާލުމުގެ މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް ރިވެލި ތަރި ދީފައެވެ.
ރިވެލި ތަރި ޙާސިލުކުރި ފަރާތްތަކަށް ތަރި ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.
ސްކޫލްތަކުގެ ކެޓަގަރީން މިމުބާރާތުގައި ރިވެލި ތަރި ލިބުނީ އިމާދުއްދީން ސްކޫލަށެވެ. ތަޢުލީމީ ދާއިރާއިން ހއ.އިހަވަންދޫ ދުންތަރި މުޙައްމަދު މާއިޒްއަށާއި ހަމަ އެރަށު ވަފާ، ރަޔާން ރިޔާޟް ޢަބްދުލްވާޙިދަށް ވަނީ ރިވެލި ތަރި ލިބިފައެވެ. މުނިފޫހިފިލުވުމުގެ ދާއިރާއިން މ.އަބާން އަޔާން އާލް ބިން އަޙްމަދު ނާޞިރަށް ވަނީ ރިވެލި ތަރި ލިބިފައެވެ. އަދި ކުޅިވަރުގެ ދާއިރާއިން ޅ.ހިންނަވަރު ކާނިމާގެ ފާތިމަތު އިބްރާހިމަށް އަދި ކުރެހުމާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ށ.ގޮތިދޫ ރިޙާބް އަޙްމަދު ސާދިންނަށް ވަނީ ރިވެލި ތަރި ލިބިފައެވެ.
ރިވެލި އެވޯޑާއި ތަރި ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން އުފައްދާ ތަކެތީގައި ޖަހާނެ ލޯގޯއެއްވެސް ތަޢާރަފްކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު