ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް 30 އަހަރު ވެރިކަންކުރެއްވީ އިސްލާމްދީނުގައި އެކަން ކުރަން އަންގަވާފައިވާ ގޮތަށްތޯ ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫނާ ސުވާލުތަކެއް ކުރިމަތިކުރައްވައިފިއެވެ.

ޑރ. ޖަމީލް މި ސަރުކާރުގެ ހެރިޓޭޖް މިނިސްޓަރ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާއާއި މިފަދައިން ސުވާލު ކުރަށްވާފައި މިވަނީ ރައީސް ޔާމީންގެ ވެރިކަމަކީ ވަރަށް އަނިޔާވެރި، ވެރިކަމެއްކަމަށް ދޭހަވާފަދަ ގޮތަކަށް ފޮޓޯ ތަކަކާއެކު ޔުމްނާ މައުމޫން މީސްމީޑިއާގައި މީހަކަށް ދެއްވާފައިވާ ރައްދަކާއި ގުޅިގެންނެވެ.

ރައީސް ޔާމީނަކީ އަނިޔާވެރިއެއްކަމަށް ހާމަކޮށްދެއްވުމަށް ޔުމްނާ ދެއްކެވި ވާހަކަފުޅުތަކަށް ރައްދުދެއްވަމުން ޖަމީލު ވަނީ 30 އަހަރާއި އޭގެ ފަހުން ވެސް ރައީސް މައުމޫން ކަންތައް ކުރައްވާފައިވަނީ ޙަދީޘްފުޅުގައިވާ ގޮތަށް "ޢަދުލުވެރި ޢިމާމެއް" ގޮތަށްތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.

"ރައީސް ޔާމީންގެ މައްޗަށް 5 ފަނޑިޔާރުން ޙުކުމް އިއްވީ ވަކި ބަޔަކު އެންގި ގޮތަށް ކަމަށް އެއްބަސްވެފައި ނުވޭތޯ؟ އެއީ "ޞޯލިޙު ޢަމަލެއް؟ ނޫނީ އަނިޔާތޯ؟" ޖަމީލު ވިދާޅުވިއެވެ.





ރައީސް ޔާމީނަކީ އަނިޔާވެރިއެއްކަމަށް ބުނެ ކުރީގެ ރައީސް މައުމޫންގެ ދަރިން ވާހަކަދައްކަވަމުންދާއިރު ރައީސް މައުމޫންގެ ވެރިކަަމަކީ ރާއްޖެ ދުށް އެންމެ އަނިޔާވެރި، ވެރިކަންކަމަށް މި ސަރުކާރުގައި ހިމެނޭ އެމްޑީޕީގެ އިސް ބޭފުޅުންނާއި ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ޤަބޫލުކުރެއެވެ. މިގޮތުން އެތައް ބައެއްގެ މުދާ ފޭރިގަނެ، އެތައް ބަޔަކު ނުހައްގުން ޖަލަށްލައި، އަދި ފުރާނަ ގެއްލި، އެތަކެއް އަނިޔާތައް އެވެރިކަމުގައި ލިބިފައިވާ މީހުން މިހާރުވެސް އެވާހަކަތައް ތަކުރާރު ކުރަމުން ގެންދާކަން ފާހަގަ ކޮށްލެވެއެވެ. އަދި މައުމޫންގެ ވެރިކަން ނިމެންދިޔަ ދުވަސްކޮޅު ޖަލުގައި ބަޑިޖަހައި ޤައިދީންތަކެއް މަރާލި ހާދިސާއަކީވެސް ގިނަ ބަޔަކު މައުމޫންގެ އަނިޔާވެރިކަން ސިފަކޮށްދެމުން ކިޔައިދޭ ވާހަކަތަކެވެ.

އެމްޑީޕީއަކީ 30 އަހަރުގެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ވެރިކަމަށް އައި ބައެއް ނަމަވެސް، އެމްޑީޕީން މިހާރު ސިޔާސީ މަސައްކަތްކުރަމުންދަނީ، އަނިޔާވެރިކަމަށް އެ މީހުން ދައުވާކުރި މައުމޫނާއެކު ކޯލިޝަން ހަދައިގެނެވެ. ޔުމްނާއަކީ އެކޯލިޝަނުން މައުމޫނަށް އެޅި ބައިގައި ހިމެނޭ ވަޒީރުގެ މަގާމެއް ތަމްސީލު ކުރަށްވާ ބޭފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު