މި ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހު ރެކޯޑް އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ކޯވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް 110 ދުވަހަށް ބަންދު ކުރުމަށް ފަހު އަލުން ހުޅުވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް އައިސްފައިވަނީ 555،494 ފަތުރުވެރިންނެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނީ މިމަހުގެ 5 ވަނަ ދުވަހު 6،269 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. އަދި މިއީ ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރ ބަންދުކޮށް އަލުން ހުޅުވިފަހުން އެއްދުވަހެއްގައި އެންމެ ގިނަ ޢަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ދުވަސްކަމަށް އެވުޒާރާއިން ހާމަކޮށްފައިވެއެވެ.
ފަތުރުވެރިކަމާބެހޭ ތަފާސް ހިސާބުތައް ދައްކާގޮތުން ނޮވެންބަރުމަހު ރާއްޖެއަށް 144725 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއާއެކު ނޮވެމްބަރުމަސް ވެފައިވަނީ އަހަރުގެ މިހާތަނަށް އެއް މަހެއްގެތެރޭގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި މަހަށެވެ.
ރާއްޖެއަށް މިހަރުގެ މިހާތަނަށް 1.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4772 ފަތުރުވެރިން އަންނަނީ ޒިޔާރަތްކުރަމުންނެވެ.
މިއަހަރު މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ 22.5 އިންސައްތައަކީ އިންޑިއާ ފަތުރުވެރިންނެވެ. 2 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. އެއީ ރާއްޖެއައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ 17.7 އިންސައްތަ އެވެ.

Another record for #Maldives with 6269 tourist arrivals on 5th Dec! A #NewRecord of tourist arrivals on a single day since we reopened borders in July 2020. We thank the tourists for their confidence in Maldives; continuous efforts of industry stakeholders & related authorities.
— Ministry of Tourism (@MoTmv) December 7, 2021
ފަތުރުވެރިކަމާބެހޭ ތަފާސް ހިސާބުތައް ދައްކާގޮތުން ނޮވެންބަރުމަހު ރާއްޖެއަށް 144725 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއާއެކު ނޮވެމްބަރުމަސް ވެފައިވަނީ އަހަރުގެ މިހާތަނަށް އެއް މަހެއްގެތެރޭގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި މަހަށެވެ.
ރާއްޖެއަށް މިހަރުގެ މިހާތަނަށް 1.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4772 ފަތުރުވެރިން އަންނަނީ ޒިޔާރަތްކުރަމުންނެވެ.
މިއަހަރު މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ 22.5 އިންސައްތައަކީ އިންޑިއާ ފަތުރުވެރިންނެވެ. 2 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. އެއީ ރާއްޖެއައިސްފައިވާ ޖުމްލަ ފަތުރުވެރިންގެ 17.7 އިންސައްތަ އެވެ.

SWE
CIV
CUW
ކިޔުންތެރިންގެ ހިޔާލު