މާލޭ މަގުމަތިން ސިފައިންގެ މީހަކު ރަހީނުކޮށް، އަނިޔާކުރުމަށްފަހު މަގުމައްޗަށް އެއްލާލި މައްސަލާގައި 3 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 9:55 ހާއިރު އަނިޔާތަކެއް ލިބިފައިވާ ދިވެހި ފިރިހެނަކު އައިޖީއެމްއެޗަށް ގެންދިޔަ މައްސަލައާ ގުޅިގެން ދިވެހި ތިން ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި 19 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެއް އަދި 29 އަހަރުގެ މީހެއް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ވިލިމާލޭގެ ގެސްޓު ހައުސެއް ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުންގެ އިދާރާއިން ބުނީ، ސިފައިންގެ މީހާ މާލޭ މަގުމަތިން ރަހީނުކޮށް އަނިޔާކުރުމަށް ފަހު ޕާކެއްގެ ތެރެއަށް އެއްލައިލީ ކަމަށް އަޑު ފެތުރުނު ނަމަވެސް ކަން ހިނގީ އެހެން ނޫންކަން މިހާތަނަށް ހޯދިހޯދުން ތަކުން އެގިފައިވާ ކަމަށެވެ. ސިފައިންގެ މީހާއަށް އަނިޔާވެފައިވާ ސަބަބު ދެނެގަތުމަށް އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެ އެެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރަހީނުކުރީ އުމުރުން 37 އަހަރުގެ، ހަސަން ފަހީމް ނަމަކަށް ކިޔާ އެމްއެންޑީއެފްގައި މަސައްކަތްކުރާ މީހެކެވެ. އޭނާ ރަހީނުކުރީ މާފަންނު އޭސް ހާޑްވެއާ ކައިރީގައި އޮންނަ ގޯޅިގަނޑަކުން ހިނގާފައި ދަނިކޮށް ރޭގަނޑު 11:30 އެހާކަންހާއިރު ކަމަށް އޭނާގެ ޢާއިލާއިން މަޢުލޫމާތުދީފައިވެއެވެ. ރަހީނުކުރި މީހުން އޭނާގެ އަތުން ފައިސާ ހޯދުމަށް މަސައްކަތްކޮށް އެކަން ކާމިޔާބު ނުވުމުން ވަރަށް ބޮޑަށް އަނިޔާކޮށްފައި ވާކަމަށް ވެސް އާއިލާއިން ބުނެއެވެ.
ފަހީމް އައިޖީއެމްއެޗު ދޮރުމައްޗަށް އެއްލާލާފައި ވަނީ މިދިޔަ މަހު 17 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އޭނާއަށް އަނިޔާކުރީ މޫނު ނިވާކޮށްގެންތިބި ހަތް މީހުންގެ ގްރޫޕަކުން ކަމަށް ޢާއިލާއިން ބުނެއެވެ. ފަހީމަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ޒަޚަމްތައް އޭނާގެ ހަށިގަނޑުގައި ހުރިކަމަށް ވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު