އއ. ފެރިދޫގައި ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ އަމަލީ މަސައްކަތް މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީން ފަށައިފިއެވެ.
މިއަދު ފެރިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއު އިފްތިތާހު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި ބޯޑު މެމްބަރު އިބްރާހިމް އަންވަރު އާއި މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު އަދި ފެރިދޫ ކައުންސިލްގެ ރައީސް އިސްމާއިލް ޝާހުއެވެ.
އެ މަޝްރޫއުގައި ހިމެނޭ ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމަށް ބޭނުންވާ ހޮޅި އާއި އެހެނިހެން ތަކެތި ފެރިދޫއަށް ގެންދިއުމަށްފަހު ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ. އަދި ފެން ޕްލާންޓް ބަހައްޓާ އިމާރާތުގެ 35 އިންސައްތަ މަސައްކަތް ވެސް މިހާރު ނިމިފައިވާކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.
ފެރިދޫގައި ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫޢުގެ ދަށުން 6.77 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމު ކުރުމާއި، އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތްކޮށް، ފެން އުފައްދާ ދެ އާރުއޯ ޕްލާންޓް ބަހައްޓައި، ފެން ރައްކާ ކުރަން ތިން ތާނގީ ބަހައްޓާނެއެވެ. އޭގެ އިތުރުން ގޭގޭގައި ފެން މީޓަރު ހަރުކޮށް، ފެނުގެ ކަނެކްޝަން ގުޅައިދޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ ބައިގެ ދަށުން 5.05 ކިލޯމީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކު ގާއިމު ކުރުމާއި، ޕަމްޕިން ލައިން (1.07 ކިލޯމީޓަރުގެ ދިގު) އެޅުމާއި، ތިން ޕަމްޕިން ސްޓޭޝަނާއި އެއް ސީ އައުޓްފޯލް ގާއިމު ކުރާނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދޭނެކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.
އެ މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ވެސް ފެން ކުންފުނިން ފޯރުކޮށްދޭނެއެވެ.
މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ އަގަކީ 69.33 މިލިއަން ރުފިޔާއެވެ.

MP for Mathiveri Constituency @zareerzbl and Managing Director @hassanshaahu groundbreaking AA.Feridhoo Water & Sewerage Project, being undertaken by #TeamMWSC#MWSCAsaasee pic.twitter.com/cesS1PldFB
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) December 11, 2021
އެ މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ވެސް ފެން ކުންފުނިން ފޯރުކޮށްދޭނެއެވެ.
މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ އަގަކީ 69.33 މިލިއަން ރުފިޔާއެވެ.
ކިޔުންތެރިންގެ ހިޔާލު