ތިނަދޫ ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަސައްކަތް
ތިނަދޫ ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަސައްކަތް
ގދ. ތިނަދޫ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަސައްކަތުގެ 64 އިންސައްތަ ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ އެ ހޮސްޕިޓަލް މަރާމާތު ކުރުމުގައި މިހާރު ކުރަމުންދަނީ އޯޕީޑީގައި އެއާކޮންޑިޝަން ހަރުކުރުމުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތް ފަށާފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ.

މި މަޝްރޫޢުގެ ދަށުން އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތް އެޅުމުގެ އިތުރުން އިމަރޖެންސީ ރޫމް މަރާމާތު ކުރުމުގެ މަސައްކަތް ހިމެނެ އެވެ.

އެމްޓީސީސީން ބުނީ މިއީ 33.5 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން