ވެންޓިލޭޓަރު ގަތުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭތީ ބޮލީވިއާގެ ހެލްތް މިނިސްޓަރ މަރސެލޯ ނަވާހާ ހައްޔަރުކޮށްފިއެވެ.
އެ ޤައުމުގެ ފުލުހުންނާ ޙަވާލާދީ މީޑިޔާ ރިޕޯޓްކުރާގޮތުގައި ގޮތުން މަރސެލޯގެ މައްޗަށް ވަނީ ބޮޑު އަގުގައި ވެންޓިލޭޓަރުތަކެއް ގަތް ކަމުގެ ތުހުމަތު ކުރެވިފައެވެ. އަދި އެ ތުހުމަތުތަކާ ގުޅިގެން އޭނާ ހައްޔަރު ކޮށްފައިވަނީ ކޮރަޕްޝަންގެ މައްސަލަތައް ތަހުޤީޤު ކުރުމަށް ބޮލީވިއާގެ ވަގުތީ ރައީސް ޖެނީން އަޒީޒް ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ.
މަރސެލޯ މިވަގުތު ހުންނެވީ ބޮލީވިއާގެ ލަޕާޒް ސިޓީގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރު ކުރެވިފައެވެ. އަދި މި މައްސަލައާ ގުޅިގެން އެ ޤައުމުގެ ހެލްތް މިނިސްޓްރީގެ އިތުރު 2 އޮފިޝަލަކުވެސް ހައްޔަރު ކޮށްފައިވާކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ.
އެކަމާ ގުޅިގެން ބޭރުގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން މިނިސްޓްރީން ވަނީ ސްޕެއިންގެ ކުންފުންޏަކުން 179 ވެންޓިލޭޓަރު އަގުބޮޑުކޮށް ގަނެފައެވެ. އަދި މި ތަކެތީގެ ޖުމުލަ އަދަދު 5 މިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށް ބުނެފައިވާއިރު، މި މުއާމަލާތްތަކުގެ ޙަޤީޤީ އަގު އޭގެ ދެގުނައަށް އަރާކަމަށް ރިޕޯޓްތައް ބުނެއެވެ.
މި މުއާމަލާތްތަކާ ގުޅިގެން ހެކިވެރިންގެ ގޮތުން އެކަމަށް ފަންޑު ކުރި އިންޓަރ-އެމެރިކަން ޑިވޮލޮޕްމަންޓް ބޭންކުގެ 2 އޮފިޝަލަކުވެސް ހަމަޖައްސަވާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މި މައްސަލަތައް ފެންމަތިވެފައިވަނީ އައިސީޔޫގައި މަސައްކަތް ކުރާ ޑޮކްޓަރުންތަކެއް ވެންޓިލޭޓަރުތަކުގެ ފެންވަރާ ގުޅޭގޮތުން ޝަކުވާ އުފުލާފައިވަނިކޮށެވެ.
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުތަކުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިފަދަ ކޮރަޕްޝަންގެ ތުހުމަތުތައް އެކި ޤައުމުތަކުގެ އިސްވެރިންގެ މައްޗަށް ކުރެވެމުންދާކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު