ވ. ތިނަދޫ، ހިޔާ އަދުހަމް އަހުމަދު ރަޝީދު
ވ. ތިނަދޫ، ހިޔާ އަދުހަމް އަހުމަދު ރަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ބޮމުގެ ޙަމަލާ ދިނުމުގައި ބައިވެރިވެވިފައިވާތީ ރައީސް ނަޝީދުގެ ކިބައިން މާފަށް އެދޭ ކަމަށް ޙަމަލާ ދިންކަމަށް އިޢުތިރާފްވެފައިވާ ވ. ތިނަދޫ، ހިޔާ އަދުހަމް އަހުމަދު ރަޝީދު ބުނެފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަދުހަމްގެ މައްޗަށް އަދަބު ކަނޑައެޅުމުގެ ޝަރީޢަތުގައި އޭނާ ބުނީ މިއަހަރުގެ މޭ 6 ވަނަ ދުވަހު ރައީސް މުޙައްމަދު ނަޝީދަށް ދެވުނު ހަމަލާއަކީ ދީނީގޮތުން ޤަބޫލު ކުރެވުނު ކަންތައް ތަކެއްގެ ސަބަބުން ހިންގުނު ޢަމަލެއް ކަމަށެވެ. އަދި އެއީ ކުރެވުނު ކުށެއް ކަމަށް ގަބޫލު ކުރާކަމަށްވެސް އަދުހަމް ވަނީ ބުނެފައެވެ.

"އަޅުގަނޑު މި ފުރުސަތުގައި ރައީސް ނަޝީދާއި ހަމަލާގައި އަނިޔާވި އެންމެންނާއި ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދެން." އަދުހަމް ކޯޓުގައި މިއަދު ބުނެފައި ބުނެފައިވެއެވެ.

މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި އަދުހަމް ވަނީ އޭނާގެ ފަރާތުން އެފަދަ ޢަމަލެއް ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަރުވާކަމަށްވެސް ބުނެފަައެވެ.

އަދުހަމަކީ ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދިން ބޮން ގޮއްވާލި މީހާ ކަމަށް ދަޢުލަތުން ވަނީ ބުނެފައެވެ. އަދުހަމް އަހުމަދު ރަޝީދު ވަނީ ދަޢުލަތުން އުފުލާފައިވާ ދައުވާތަކަށް އިއުތިރާފްވެ 23 އަހަރުގެ ޖަލުހުކުމަކަށް ދަޢުލަތާއެކު އެއްބަސްވެފައެވެ. އަދި މިއަދުގެ ޝަރީޢަތުގައިވެސް އަދުހަމް ބުނެފައިވަނީ އޭނާގެ އިޢުތިރާފް ދަމަހައްޓަން ބޭނުންވާ ކަމަށެވެ.

އަދުހަމްގެ މައްޗަށް ކުރާ ދައުވާތަކަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމާއި ޓެރަރިޒަމްގެ އަމަލެއް ރޭވުމާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމާއި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާއެވެ. އޭނާގެ މައްޗަށް ކޯޓުން މިއަދު ޙުކުމް ކުރާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން