ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އައިއީޑީ އެއް ގޮއްވާލައިގެން ދިން ޓެރަރިސްޓް ހަމަލާގައި އައިއީޑީ ގޮއްވާލި އަހްމަދު އަދުހަމް ރަޝީދު 23 އަހަރަށް ޖަލަށް ލާން މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އަދުހަމަކީ ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދިން ބޮން ގޮއްވާލި މީހާ ކަމަށް ދަޢުލަތުން ވަނީ ބުނެފައެވެ. އަދި އަދުހަމް ވަނީ ދަޢުލަތުން އުފުލާފައިވާ ދައުވާތަކަށް އިއުތިރާފްވެ އިއުތިރާފު އެއްބަސްވުމެއް ހަދާފައެވެ. އެގޮތުން ދަޢުލަތުން އޭނާގެ މައްޗަށް އުފުލި 4 ދަޢުވާގެ ތެރެއިން 20 އަހަރުގެ އަދަބެއް އަންނަ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާ އާއި 3 އަހަރުގެ އަދަބެއް އަންނަ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ އޭނާގެ މައްޗަށް ވަނީ ސާބިތުވެފައެވެ.
އޭނާއަށް މިއަދުވަނީ 23 އަހަރާއި 6 މަހާއި ނުވަ ދުވަހުގެ ޖަލު ޙުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައެވެ. އެހެން ނަމަވެސް އަދުހަމް ޖަލުގައި ހޭދަކުރި 221 ދުވަސް، ޙުކުމުގެ މުއްދަތުން އުނިކުރުމުން އޭނާ ޖަލުގައި އިތުރަށް ހުންނަން ޖެހޭނެ މުއްދަތެއް ކަމަށް ކޯޓުން ކަނޑައަޅާފައިވަނީ 22 އަހަރާއި 4 މަހާއި 23 ދުވަހެވެ.
އަދުހަމްގެ މައްޗަށް ޓެރަރިޒަމްގެ ޢަމަލެއް ކުރުމުގެ ދަޢުވާ އުފުލާފައިވަނީ މެއި 6 ވަނަ ދުވަހުގެ ރޭ 8:32 ގައި ނީލޯފަރުހިނގުމާއި މަޖީދީމަގާ ގުޅުނު ކަންމަތިން، ސައިކަލުގައި އިންޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ހަރުކޮށްގެން ރައީސްް ނަޝީދު އަވަހާރަކޮށްލުމުގެ މަގުސަދުގައި، ރިމޯޓެއް ބޭނުންކޮށްގެން އެ އައިއީޑީ ގޮއްވާލުމުގެ ސަބަބުން ރައީސް ނަޝީދުގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާތީ އާއި އެ ވަގުތު އެސަރަހައްދުގައި ތިބި އިތުރު ބައެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކޮށްފައިވާތީއެވެ.
އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދަޢުވާ އުފުލާފައި ވަނީ ބޮން ގޮއްވި މައްސަލައިގެ ތަހުގީގުގައި އޭނާއާ ސުވާލުކުރުމުން ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ތާއިދުކުރާމީހެއްކަމަށް ބުނެ، އިއުތިރާފްވެފައިވާތީ ކަމަށް ދަޢުލަތުންވަނީ ބުނެފައެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ގޮއްވާލީ އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އަކީ ސަލްޓަންޕާކްގައި 2007 ވަނަ އަހަރު ގޮއްވާލި އައިއީޑީ އަށްވުރެ އެތައްގުނަ ބާރުގަދަ އައިއީޑީއެއް ކަމަށާއި މިއީ މިހާތަނަށް ރާއްޖޭގައި ގޮއްވާލި އެންމެ ބާރުގަދަ އައިއީޑީ ކަމަށް ޗީފް އޮފް ޑިފެންސް ފޯމް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދަށް ދިން ޙަމަލާއާއި ގުޅިގެން ނުވަ މީހެއްގެ މައްޗަށް ދަޢުވާ އުފުލާފައިވެއެވެ. އެއީ ވ. ތިނަދޫ ހިޔާ އަދުހަމް އަހުމަދު ރަޝީދާއި، ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކާއި، ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް އާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްއާއި، މއ. ފޭރުގޭ މުޖާޒް އަހްމަދާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި، ގއ. ވިލިނގިލި ހުދުރުވާގެ ފަހުމީ އަލީއާއި، އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމްއާއި، މ. ކުދެހިގެ އިޝްހާގުގެ މައްޗަށެވެ.

ކިޔުންތެރިންގެ ހިޔާލު