26 ވަނަ ބައި
................
ތިރްލޯކްގެ ތުނބުޅި މަތިމަސް ވަރަށް ދިގުވެއްޖެއެވެ. ލޮލުން ފެންނަނީ ފުން ބިރުވެރި ކަމެކެވެ. ލައިގެންހުރި ހެދުން ދާވެ ތަތްތެޅިއްޖެއެވެ. މުޅި ޝަހަރު ޒީނަތްތެރި ކަމާއެކު ދިއްލިފައިވާ އަލިކަމާ ބާރަށް ދަތުރު ކުރަމުންދާ ކާރުތަކާ އަދި އުސް ޢިމާރާތްތައް ފެނިފައި ތިރްލޯކްގެ މޮޔަކަން ކުރިޔަށްވުރެވެސް ބޮޑުވެއްޖެއެވެ. މުޅި ޝަހަރުގައި އަލިފާންޖަހާ އަންދާލުމަށް އޭނާގެ ހިތަށް އަރެއެވެ.
ކިޝޯރާއި ރޫޕާ ސިންގަޕޯރަށް ދިޔަ ޚަބަރު ލިބުނު ފަހުން އޭނާއަށްޓަކައި ދުނިޔެ ނަރަކައަށް ވެއްޖެއެވެ. އޭނާއަށް ކުޅަދާނަ ވެގެންވާނަމަ އުދުހިފައި ސިންގަޕޫރަށްވެސް ހިނގައި ދާނެއެވެ. އަދި ކިޝޯރުގެ ދެމަފިރިން ގަތުލުކޮށް ކުދިކުދި ކޮށްލިފީހެވެ. ރޫޕާއާމެދު ނަފްރަތާ އަދި ކިޝޯރާމެދު ބަދަލުހިފުމުގެ އަލިފާން އޭނާގެ އެކިއެކި ނާރުތަކުގައި ވަކިވަކިން ހިފާލާފައިވެއެވެ. އޭނާ މިގޮތަށް މަގުތަކުގައި އާވާރާވެގެން ހިނގާތާ އެތައް ދުވަހެއް ވެއްޖެއެވެ. ބައެއް ފަހަރަށް ހޮޓަލަކުން ސައިތައްޓެއް ބޯލައެވެ. އަދި ރޭގަނޑު ނިދާއުޅެނީ ކޮންމެވެސް ޕާކެއްގައެވެ. އެހެންނޫނީ ކޮންމެވެސް ސްޓޭޝަނެއްގެ މުސާފިރު ޚާނާއެއްގައެވެ.... އެކަމަކު ނިދީގައިވެސް އޭނާއަށް ފެންނަނީ ރޫޕާއެވެ........ ކިޝޯރެވެ.
އޭނާ ރޫޕާ ދެކެ ލޯބިވިއެވެ. އެ ލޯތްބަށްޓަކައި ވައްކަން ކުރިއެވެ. މީހަކުމެރިއެވެ. އަދި ދިހައަހަރު ދުވަހު ބުރަމަސައްކަތާއެކު ޖަލުގައި ވޭން ލިބިލިބި ހުއްޓެވެ. އެހެން ނަމަވެސް އެރޫޕާ އޭނާއަށް ކެހިދިނީއެވެ...... ތިރްލޯކާއެކު ރޫޕާ ހޭދަކުރި އުފާވެރި ދުވަސްތައް ހިތަށް އެރުމާއެކު އޭނާ ހާސްވެގެން ތެޅިގަނެއެވެ........ ރޫޕާގެ ލޯބިލޯބި އަދާތަކާ އަންހެންވަންތަކަން އަދި ލޫޅާފަތި ރީތި ހަށިގަނޑާ އަސަރުގަދަ ތުންފަތަކީ އެއްދުވަސް ވަރެއްގައި އޭނާގެ އަމިއްލަ މިލްކެކެވެ. އެކަމަކު...... އެކަމަކު..... އަމިއްލައަށް ގައިގައި ވަކިއަޅާ ލޭ އޮހޮރުވާލުމަށް އޭނާ ހިތަށް އެރިއެވެ. އެއީ ހަމަ އެރޫޕާއެވެ. އޭނާ ޕްރަބާގެ އާދޭސް ޤަބޫލުނުކުރީ ހަމަ އެރޫޕާއަށްޓަކައެވެ. އެސަބަބާ ހުރެ ފަހުން ޕްރަބާ އޭނާއަށް ބޭބޭކިޔަން ކިޔަން ފެށީއެވެ. އެކަމަކު އެރޫޕާ........
ކުއްލިއަކަށް ބޭންޑްގައި މިޔުޒިކް ކުޅޭ އަޑު އޭނާގެ ކަންފަތުގައި ޖެހިއްޖެއެވެ. އެއާއެކު އޭނާ ސިހިފައި ހުއްޓިއްޒެއެވެ. ޒީނަތްތެރިކަމުން ފުރިފައިވާ ކާވަނި ގާފިލާއެއް އެހިސާބުން ދަތުރު ކުރަނީއެވެ. މަތިނެތް ކާރުގެ ފަހަތު ސީޓްގައި ކައިވެނިވި ޖޯޑު އުފާވެފައި ތިއްބެވެ. ތިރްލޯކަށް ފެންނަގޮތުގައި ފިރިހެން ކުއްޖާގެ މަޤާމުގައި އިނީ ޚުދް އޭނާއެވެ. އަންހެން ކުއްޖާގެ މަޤާމުގައި ރޫޕާއެވެ. މީގެ އެތަކެއް ދުވަސް ކުރީގައި އޭނާއާއި ރޫޕާވެސް މިގޮތަށް ކާރުގައި ދިޔައެވެ. ދެން ކުއްލިއަކަށް އޭނާއަށް ފެނުނީ ފިރިހެން ކުއްޖާގެ ބަދަލުގައި ކިޝޯރު އިންދައެވެ...... އަންހެން ކުއްޖާގެ ބަދަލުގައި ރޫޕާއެވެ....
ތިރްލޯކްގެ މުޅި ހަށިގަނޑު ރޫރޫ އަޅައިގަތެވެ. ކާވަނި ޤާފިލާ ހިނގައްޖެއެވެ. ތިރްލޯކް މޮޔައެއްހެން އެތާނގައި ތުރުތުރު އަޅައަޅާ ހުއްޓެވެ. ކުއްލިއަކަށް އޭނާގެ ކައިރިން ރާބޯ މީހަކު އަރިއަޅަމުން ކަހަލަގޮތަކަށް ހުރަސް ކޮށްލިއެވެ. އަދި ކިޔަމުން ދިޔައެވެ.
"ރަޙްމަތްތެރިންނޭވެ. މާފުކުރޭ...... އަހަރެން މިހިރީ މަސްތުވެފަ...... މަސްތު ވެފަ......."
އެނބުރެމުން އަދި ވައިރޯޅިއާއެކު އޭނާ އަރި އަޅާލައިގެން އައިސް ތިރްލޯކްގެ ގައިގައި ޖެހިއްޖެއެވެ. އެއާއެކު އޭނާގެ ވާގި ހުސްވެފައިވާ ދުލުން ބުނަން ފެށިއެވެ.
"އަސްތާ...... މަގު........ މަގު މެދުގައިވެސް....... ތަނބުޖަހާފައި ހުރޭދޯ!.......... ސަރުކާރަށް ސާބަހެވެ." ދެން އޭނާ ދުވާރުން ފައިބައިގެން މަގަށް ނުކުމެއްޖެއެވެ. އަދި ލަވަކިޔަމުން ހިނގައިގަތެވެ.
ދެވަނަ ހިނދުކޮޅުގެ ތެރޭގައި ތިރްލޯކްގެ ފިޔަވަޅުތައް ހަލުވިކަމާއެކު ޙަރަކާތް ކުރަން ފަށައިފިއެވެ. އޭނާ އެދިޔަގޮތަށްގޮސް ޖެހިގެންއޮތް ގޯޅީގައި ހުރި ކުޑަކުޑަ ފިހާރަގަނޑަކުން ރާފުޅިއެއް ގަނެފިއެވެ. އެހެން ނަމަވެސް ފުޅީގެ ހަތަރު ބައިކުޅަ އެއްބައި ބޮވުނުއިރަށް އޭނާ ހޫރެން ފަށައިފިއެވެ. އެއާއެކު ތަންތާނގައި ހިފަހައްޓަމުން ބުނަން ފެށިއެވެ.
"އަހަރެން..... ހިފަހައްޓާ..... ހުރިހާތަނެއް އެނބުރެނީ"
އެތާނގައި ތިބި މީހުންތައް ބާރަށް ހޭންފަށައިފިއެވެ. އެއާއެކު ތިރްލޯކް ގޮށްމުށް ދައްކާލާފައި ހަޅޭލައި ގަންނަމުން ބުންޏެވެ.
"އަހަންނަށް މަލާމާތް ކޮށްފައި ހެނީ ދޯ؟... ކަލޭމެން އެންމެންގެ އަނބިންވެސް ކަލޭމެން ދޫކޮށްފައި ހިނގައި ދާނެ....... ހުރިހާ މީހުންވެސް........ އަހަރެން ފަދައިން ހިތާމަ ކުރާނެ"
ދެން އޭނާ ފުޅި ހިފައިގެން އަރިއަޅަމުން ކަހަލަ ގޮތަކަށް ކޮޅަށް ތެދުވެއްޖެއެވެ. އޭނާ ބޭރަށް ނުކުމެފައި ލަވަކިޔަން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ކަރު ތެރޭން އަޑެއް ނުނިކުތެވެ. ދެން އޭނާ ތަންކޮޅަކަށް ހިނގާފައި އިށީދެއްޖެއެވެ. އަދި އަޑުން އަޑުނަގާ ރޯން ފަށައިފިއެވެ. ކުޑަ ހިނދުކޮޅަކަށްފަހު ކޮންމެވެސް މީހަކު އޭނާގެ އަތުގައި ހިފާ ތެދުކޮށްލާފައި ބުންޏެވެ.
"ކިހިނެއްވީ؟ ކަލޭގެ އަންހެނުން ދިޔައީތަ.........؟"
"އާނ .... އަހަންނަށް ކެހިދީފައި ހިނގައްޖެ...." ތިރްލޯކް ރޮވެ ވައްތަރަކަށް ބުންޏެވެ.
"ހިނގާ........ އަހަރެން ކަލޭގެ އަންހެނުން ކައިރިއަށް ގެންގޮސް ދީފާނަން."
"ހަމަ ތެދެއް ............" ތިރްލޯކްގެ ލޯ އުފަލުން ވިދައިގަތެވެ.
"މިބުނީ ހަމަ ރަނގަޅަށް. .......... ތިޔަ ފުޅި އަހަރެންގެ އަތަށް ދީ. ކަލޭގެ އަތުން ވެއްޓި ތެޅިދާނެއެވެ.
+ + + + +
ދެވަނައަށް ވީދުވަހު ތިރްލޯކްގެ އަތުގައި ނާސްތާކޮށްލަން ޚަރަދުކޮށްލާނެ ފައިސާ ފޮއްޗެއްވެސް ނެތެވެ. އޭނާގެ ހިތަށް އެރިއެވެ. މިގޮތަށް އުޅެވެނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ. ދިރިހުރުމަށްޓަކައި ބަނޑުފުރާނަ މުއްތިކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އަދި ބޯހިޔާކުރުމަކީވެސް އެހާމެ ބޭނުންތެރި ކަމެކެވެ. އަހެން ނަމަވެސް ދުވާލު ހަތަރުދަމު މަސައްކަތް ކޮށްކޮށްވެސް އޭނާއަކަށް މަސައްކަތެއް ލިބޭގޮތެއް ނުވިއެވެ.
ހަވީރުވީއިރު ތިރްލޯކް ބަނޑުހައިވެގެންގޮސް ވަރަށް ޙާލުދެރަވެއްޖެއެވެ. އަދި އިރުއޮއްސެން އުޅެނިކޮށް އޭނާގެ ފިޔަވަޅުތައް ކުޑަވަރެއްގެ ހޮޓަލަކާ ދިމާއަށް އުފުލެން ފަށައިފިއެވެ. އޭނާއަށް އަޖައިބެއްފަދަ ވަރުބަލިކަމެއް އިޙްސާސް ކުރެވުނެވެ. ބައެއް ފަހަރަށް ކަރުތެރޭގައި ކޮންމެވެސް އެއްޗެއް ތާށިވެގެން އުޅޭހެންވެސް ހީވެއެވެ. އެއާއެކު އިއްޔެ އޭނާއާއި ބައްދަލުވި އަންހެންމީހާގެ ސިފަ ލޯމައްޗަށް ފެންނަން ފަށައިފިއެވެ.
ބޭއިޚްތިޔާރުގައި އޭނާއަށް ހޮޓާގަނޑަށް ވަދެވިއްެއެވެ. އެންމެ ފުރަތަމަ އޭނާގެ ލޮލުގައި އަޅައިގަތީ އިއްޔެ ބަސަންތީ ކައިރިއަށް އޭނާގެންދިޔަ މީހާއެވެ. އެމީހާ އޭނާއަށް މަކަރު ހަދާފައި ފުޅި ހިފައިގެން ފިލީއެވެ. ތިރްލޯކް ފެނުމާއެކު އެމީހާގެ މޫނުގެ ކުލަވަރު ފަނޑުވެގެން ހިނގައްޖެއެވެ. އެއާއެކު އަވަސް އަވަހަށް ތެދުވެގެންގޮސް ކައުންޓަރުގައި އިން ކްރިސްޗިއަން އަންހެން މީހާގެ ކަންފަތް ދޮށުގައި ސިއްރު ވާހަކައެއް ބުނެލިއެވެ. އެއަންހެން މީހާވެސް ބިރުވެރި ލޮލަކުން ތިރޯކާ ދިމާއަށް ބަލާލިއެވެ. އެވަގުތު އެބީރައްޓެހި މީހާ އަވަސްއަވަހަށް އެތަނުން ނުކުމެގެން ހިނގައްޖެއެވެ.
ތިރްލޯކަށް ކޮންމެވެސް އެއްޗެއް ވިސްނިއްޖެއެވެ. އޭނާ ޖަލުގެ ދުނިޔެވެސް ބަރާބަރު ދިހައަހަރު ވަންދެން ދެކަފަރިތަ ކޮށްފައިވެއެވެ. އެހެންކަމުން އޭނާ މޭޒުގައި ގޮށްމުށުން ވަރަށް ބާރަށް ޖަހާފައި ވޭޓަރަށް ގޮވާލިއެވެ..... ކްރިސްޗިއަން އަންހެންމީހާ ކަންބޮޑުވުމާއެކު ކޮޅަށް ތެދުވެފައި ބުންޏެވެ.
"ކޮއްކޯ! ސާހަބު ބޭނުންވެލައްވަނީ ކޯންޗެއްތޯ ބަލާބަލަ"
ދެން އިރުކޮޅެއްގެ ފަހުން ތިރްލޯކްގެ ކުރިމަތީގައި ކަނޑާނުލާ ހުރި ފުޅިއަކާ އެތައް ވައްތަރެއްގެ ހެދިކާ ބެހެއްޓުނެވެ. ތިރްލޯކް ބައިފުޅި ބޯލިއެވެ. އަދި ހުރިހާ ހެދިކާ ހުސްކޮށްލިއެވެ. ދެން ވަރަށް ހަމަޖެހިލާފައި ބޭރަށް ނުކުމެއްޖެއެވެ. އޭނާ ބޭރަށް ނުކުތް ވަގުތު އަންހެންމީހާ ބުނިއަޑު އިވުނެވެ.
ވޭޓަރ! ސާހަބްގެ ބިލަށް އެރީ ކިހާވަރެއް؟ ބިލުގެ ޢަދަދު ހިސާބު ފޮތުގައި ޖައްސަވާ!"
ތިރްލޯކް ދެއަތަށް ހޫރެމުން ބޭރަށް ނުކުމެއްޖެއެވެ. ދެން ކުޑައިރުކޮޅަކަށްފަހު އޭނާގެ ފިޔަވަޅު ހުއްޓުނީ ބަސަންތީގެ ގޭގެ ކުރިމައްޗަށެވެ. އެވަގުތު އޭނާގެ ސިކުނޑީގައި ކޮންމެވެސް މީހަކު ކޯރާޑިއަކުން އެތިފަހަރެން ޖެހިކަހަލެއެވެ. އެހެނީ ގޭތެރޭގައި އޮތީ އަނދިރިކަމެވެ. ދޮރުހުރީ ތަޅުލާފައެވެ. ތިރްލޯކްގެ ނާރުތަކުގައި ދަތުރުކުރަމުންދާ އަލިފާން ކުރިއަށްވުރެވެސް ހޫނު ގަދަވެއްޖެއެވެ. ހޫނުލޭ އޭނާގެ ކަންކަށި މައްޗަށް އެތި ފަހަރުތައް ދޫކުރަމުން ދިޔައެވެ. ލޮލުން ހީވަނީ އަލިފާން ހުޅުފަޅާފާނޭ ހެންނެވެ.
+ + + + +
ކަނޑުގެ އައްސޭރީގައި ފާރުގައި ލެނގިލައިގެން އިން ތިރްލޯކްގެ ލޯ މާސިންގާ ކަނޑުން އުފެދޭ ބޮޑެތި ރާޅުތަކުގެ މައްޗަށް ހުއްޓިފާވެއެވެ. ފުޅީގެ ހަތަރުބައިކުޅަ ތިންބައި ހުސްވެއްޖެއެވެ. މިހާރު އޭނާގެ ލޭ ހޫނުވެފައިވާ ވަރުން ހިތަށް އަރަނީ އަމިއްލަ ހަށިގަނޑުގެ މަސްތައް އަމިއްލައަށް ނޭވާ ކުދިކުދި ކޮށްލުމަށެވެ.
ކުއްލިއްއަކަށް ވަރަށް ކައިރިން އަނދިރީގެ ތެރެއިން ވައިއަޑެއް އިވިއްޖެއެވެ.
"މިތަން ރަނގަޅު ވާނެ"
"ސިފައިންގެ މީހަކު އަތުވެއްޖެއްޔާ......." މިއީ އަންހެން ކުއްޖެއްގެ އަޑެވެ.
"މިތާކުން އެއްވެސް މީހަކު ފެންނާކަށް ނެތް"
ތިރްލޯކްގެ ސިކުނޑި ތެޅިގަތެވެ. އޭނާއަށް އަނދިރީގެ ތެރެއިން އަންހެނަކާ ފިރިހެނަކު ފެނިއްޖެއެވެ. ޒުވާން ދޮން އަންހެން ކުއްޖެކެވެ. އޭނާގެ ދޮންކުލަ އަނދިރީގެ ތެރެއިންވެސް ވިދަވިދާ ހުއްޓެވެ. ހީވާގޮތުގައި އޭނާ ލައިގެންހުރީ ސްކާރޓެކެވެ.
ތިރްލޯކްގެ ހަށިގަނޑުގައި ހިނި ހިރޭހެން ހީވެއްޖެއެވެ. ނޭވާއާއެކު އަލިފާން ނުކުންނަނީއެވެ. އޭނާ ފާރު ކައިރީގައި ފުޅި ބަހައްޓާފައި ޖީބުން ވަޅިނެގިއެވެ. އަދި ބިމުގައި ދެމެމުން ކަަހަލަ ގޮތަކަށް އެދެމީހުންގެ ކަރިއަށް ހިނގައްޖެއެވެ. ކުއްލިއަކަށް ފިރިހެން މީހާ ތުރުތުރު އަޅައިގެނެފައި ސުވާލުކުރިއެވެ.
"ކާކު ހެއްޔެވެ؟"
ދެވަނަ ހިނދުކޮޅުގެ ތެރޭގައި ތިރްލޯކްގެ ދަގަނޑު ގޮށްމުށުން އޭނާގެ ކަންކަށި މައްޗަށް އެތިފަހަރެއް ދޫކޮށްލިއެވެ. އެއާއެކު އަޑެއްވެސް އިއްވާލުމަކާނުލާ އެނާ އެއް ފަރާތަކަށް ވެއްޓި ހޭނެތިއްޖެއެވެ. ތިރްލޯކް އަންހެން ކުއްޖާގެ ވައިނޮޅީގައ ވަޅި ޖައްސާލާފައި އަމުރުވެރި އަޑަކުން ބުންޏެވެ.
"އަޑެއް ގޮއްވާލަން ހިތަށް އަރުވާލިއަސް ވައިނޮޅި ބުރިކޮށްލާނަން"
އަންހެން ކުއްޖާގެ އަޑު ބަންދުވެއްޖެއެވެ. އެއާއެކު ތިރްލޯކް އޭނާ އެއްފަރާތަކަށް ވައްޓާލައިފިއެވެ. އެހެން ނަމަވެސް ކަރުތެރޭން އެއްވެސް އަޑެއް ނުނިކުތެވެ..... ގާތްގަނޑަކަށް އެއްގަޑިއިރަށްފަހު ތިރްލޯކް ބަލައިލިއިރު އަންހެން ކުއްޖާ އޮތީ ހޭނެތިފައެވެ. ތިރްލޯކް ފިރިހެން މީހާގެ ޖީބު ފާސްކޮށްލިއެވެ. އެއާއެކު ގާތްގަނޑަކަށް ދުއިސައްތަ ރުފިޔާ ޖީބުން ފެނިއްޖެއެވެ. ތިރްލޯކް އެފައިސާކޮޅު ނަގާ ޖީބަށް ކޮށްޕާލަމުން އަނދިރީގެ ތެރެއިން ހިނގާފައިގޮސް މަގުމައްޗަށް ނުކުމެއްޖެއެވެ.
+ + + + +
ތިރްލޯކް އާންޓީގެ މަރުކަޒުން ނުކުތްއިރު ލައިގެން ހުރީ ކަޅު ފަޓްލޫނެކެވެ. ކަޅު ޖެކެޓެކެވެ. ބޯ ކުރުކޮށް ކޮށާފައިވެއެވެ. ފްރެންޗް ކަޓް ތުނބުޅިއެކެވެ. ދޮން ހަށިގަނޑާއެކު ވައްތަރު ހެޔޮ އަތުކުރިއެކެވެ. އޭނާގެ ބޮލުގައި ހިސާބަކަށް ނުރަހުރި ކަމުގައިވިޔަސް ހަށިގަނު ދައްކަނީ ބާރުގަދަ ހަށިގަނޑެއްގެ ގޮތުގައެވެ. އޭނާ ނުކުތީ އާންޓީގެ މަރުކަޒުގެ ވަލު ދޮރާށީންނެވެ. އެހެނީ އޭނާ މިހާރު ހުންނަނީ މި މަރުކަޒުގެ ދެވަނަ ބުރީގައެވެ.
ހިސާބުގަނޑުގެ މީހުން ތިރްލޯކް ދަންނަނީ ދާދާގެ ނަމުންނެވެ. ތިރްލޯކް ހިސާސބުގަނުގެ ބައެއް ނުލަފާ މީހުންގެ އެހީގައި އާންޓީގެ މަރުކަޒު ބަލަހައްޓާދެއެވެ. އޭގެ ބަދަލުގައި އާންޓީ އޭނާއަށް ކެއުން ބުއިމާއެކު ހުންނާނެ ޖާގަދީފައިވެއެވެ. ވަށައިގެންވާ އަވަށްތަކަށްވެސް އާންޓީގެ މަރުކަޒު ރައްކާތެރި ކުރެވިފައިވާ މިންވަރު އެނގިފައިވެއެވެ. އެމަރުކަޒަށް އެއްވެސް ފަރާތަކުން އަނިޔާއެއް ނުލިބެއެވެ. ނުބައި ނިޔަތެއްގައި އެދިމާއަށް ދާންވެސް ޖެހިލުންވެއެވެ.
ތިރްލޯކް ހުރީ ހިސާބަކަށް ބޮއިގެންނެވެ. ޖީބުގައިވެސް ބައިފުޅި އޮތެވެ. ޖެކެޓްގެ ދަށުން ބެލްޓްގައި ދިގު ވަޅިއެއް އެލުވާލާފައި އޮތެވެ.
* "އެހީގެ އަގު" ވާހަކައިގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 107 އިން 110 އަށެވެ.

ކިޔުންތެރިންގެ ހިޔާލު