އައިޖީއެމްއެޗްގައި ހީމޯޑަޔަލެސިސް ނަރުހެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ ފިލިޕިންސްގެ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ހައްޔަރުކުރި ދިވެހި އަންހެން މީހާގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.
ފުލުހުން ބުނީ މިދިޔަ އޮކްޓޯބަރ މަހުގެ 19 ވަނަ ދުވަހު ދަންޖެހިގެން މަރުވިކަމަށް ބުނާ މޭރީގެ މަރާ ގުޅިގެން ކޯޓުއަމުރެއްގެ ދަށުން އުމުރުން 24 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފައި ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއެވެ.
ފުލުހުން ބުނެފައިވަނީ އަންހެން މީހާ އުޅޭ ގޭގައި އޭނާ ދަންޖެހިފައި ހުއްޓާ ފެނިގެން ކަމަށް ބުނެ، ރިޕޯޓް ކުރުމުން ފުލުހުން އެތަނަށް ދިއުމުގެ ކުރިން އަންހެން މީހާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށެވެ.
އަދި އެ މަރަކީ ދަންޖެހިގެން އަމިއްލައަށް މަރުވެފައިވާ މަރެއްނޫންކަމާއި އޭނާ މަރާލާފައި އޮތް ކަމަށް އެންމެ ބޮޑަށް ޝައްކުވީ ދަންޖެހިފައި ހުރި ކަމުގެ ނިޝާނެއް ހަށިގަނޑުން ފެންނަން ނެތުމުން ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. މީގެއިތުރުންވެސް ޝައްކުވާ ގިނަ ކަންތައްތަކެއް ހުރި ކަމަށްވެއެވެ.
މޭރީގެ މަރުގެ މައްސަލައިގައި ފިރިމީހާ މާވިން ހައްޔަރުކޮށް މައްސަލައިގެ ތަހުގީގު އިތުރަށް ފުޅާ ކުރުމަށްޓަކައި ވަނީ އޭނާގެ ދިވެހި ލޯބިވެރިޔާގެ ފޯނު ހިފަހައްޓާފައެވެ. އައިޖީއެމްއެޗްގައި ނަރުހެއްގެ ވަޒީފާ އަދާކުރާ އެ އަންހެންމީހާ ހުރީ އައިޖީއެމްއެޗްގެ ވަޒީފާ އިންވެސް ސަސްޕެންޑް ކޮށްފައެެވެ.

ކިޔުންތެރިންގެ ހިޔާލު