އެސްޓީއޯގެ 57 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ޚާއްސަ ސޭލެއް ބޭއްވުމަށް އެކުންފުނިން ނިންމައިފިއެވެ.

އެސްޓީއޯގެ 57 ވަނަ އަހަރީ ދުވަހަކީ މިމަހުގެ 20ވަނަ ދުވަހަށްވާއިރު، އެސްޓީއޯގެ އަހަރީ ދުވަހު ބާއްވާ ސޭލް އެ ކުންފުނީގެ ހުރިހާ އައުޓްލެޓްތަކެއްގައި ކުރިއަށްދާނެކަމަށް އެސްޓީއޯއިން ބުނެއެވެ.



އެސްޓީއޯއިން ބުނީ އެސްޓީއޯ ސުޕަރމާޓާއި، ހޯމް އިމްޕްރޫވްމަންޓު އަދި ރީޖަނަލް ފިހާރަތަކުގައި ކުރިއަށްދާ މި ސޭލްގައި އެސްޓީއޯ ހޯމް އިމްޕްރޫވަމަންޓުން 15 އިންސައްތައާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށެވެ. އަދި ސުޕަރމާޓުން ފަހެއް އިންސައްތައާއި ހަމައަށް ޑިސްކައުންޓު ލިބޭއިރު، ރީޖަނަލް ފިހާރަތަކުން 10 އިންސައްތައާއި ހަމައަށް ޑިސްކައުންޓު ލިބޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ އެދުވަހު އެސްޓީއޯގެ ފިހާރަތަކަށް ޒިޔާރަތްކުރާ އެންމެންނަށްވެސް ހަދިޔާއެއް ލިބޭނެ ކަމަށެވެ. އެސްޓީއޯއިން ބުނީ މި ސޭލް ކުރިއަށްދާނީ އެއް ދުވަހުގެ މުއްދަތަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން