އެމްޑަބްލިއުއެސްސީން މަރާމާތުގެ މަސައްކަތެއް ކުރިއަށް ގެންދަނީ
އެމްޑަބްލިއުއެސްސީން މަރާމާތުގެ މަސައްކަތެއް ކުރިއަށް ގެންދަނީ
މަރާމާތުކުރުމުގެ މަސައްކަތެއް ކުރިއަށްދާތީ މާލޭގެ ބައެއް ސަރަހައްދުތަކަށް ފެނުގެ ޕްރެޝަރު ދަށްވެދާނެ ކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީން މިއަދު ބުނީ މާލޭގެ މައި ޑިސްޓްރިބިއުޝަން ވިއުގައިގެ މަރާމާތުގެ މަސައްކަތެއް މިއަދު ކުރަމުން ގެންދާ ކަމަށެވެ. އަދި އެކަމާ ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުގެ ގެތަކަށް ފެންލިބުމުގައި ޕްރެޝަރު ދަށްވެދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަށް މަރާމާތުގެ މަސައްކަތް ނިންމައި ކުރިއެކޭ އެއްގޮތަށް ފެނުގެ ހިދުމަތް އަލުން ދިނުމަށް ކަމަށްވެސް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.

ފެނުގެ ޕްރެޝަރ ދަށްވުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން