ދަަޢުލަތުގެ
ދަަޢުލަތުގެ
ރައީސް ޔާމީންގެ ސަރުކާރުން ކައުންސިލްތަކަށް ނުދީހުރި 38 މިލިއަން ރުފިޔާ މިހާރު ކައުންސިލްތަކަށް ދީފައިވާކަމަށް ދަޢުލަތުގެ މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.

ދަޢުލަތުގެ މާލީ ވުޒާރާއިން މިއަދު ބުނީ، 2016 އަދި 2017 ގައި އަތޮޅު ފިހާރަތަކުން ކައުންސިލްތަކަށް ލިބެން ޖެހޭ 38 މިލިއަން ރުފިޔާ މިހާރު އަތޮޅު ކައުންސިލްތަކަށް ދޫކޮށްފައި ވާ ކަމަށެވެ. އެއީ 2016 ވަނަ އަހަރުގެ 17.9 މިލިއަން ރުފިޔާ އާއި 2017 ވަނަ އަހަރުގެ 20.5 މިލިއަން ރުފިޔާ އެވެ.

އޭގެ އިތުރުން އަތޮޅު ފިހާރަތަކުގެ ކުލިން ކައުންސިލްތަކަށް 2018 ވަނަ އަހަރުން ފެށިގެން ދޭންޖެހޭ ފައިސާވެސް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް މާލީ ވުޒާރާއިން ވަނީ ބުނެފައެވެ.



މާލޭ ނޯތު ހާބަރު ކުރިމަތީގައި ހުރި އަތޮޅު ފިހާރަތަކުން ލިބޭ ކުލީގެ 50 އިންސައްތަ އަތޮޅު ކައުންސިލްތަކަށް ދޫކުރުމަށް ސަރުކާރުން ނިންމާފައިވަނީ 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ.

އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ ކައުންސިލަށް ޖަމާކޮށްނުދޭތާ ހަތަރު އަހަރު ފަހުން 2019 ވަނަ އަހަރު ވަނީ, 2015 ވަނަ އަހަރު ނުދީހުރި 12.5 މިލިއަން ރުފިޔާވެސް ކައުންސިލްތަކަށް ޖަމާކޮށްދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން