ތައި އެއަރ އޭޝިއާގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފިއެވެ.

ތައި އެއަރ އޭޝިއާގެ ދަތުރުތައް ރާއްޖެއަށް އަލުން މިފެށީ 2 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.

ރާއްޖޭގެ މައި އެއާޕޯޓު ބަލަހައްޓާ ކުންފުނި، އެމްއޭސީއެލުން ބުނީ، އިރުމަތީ އޭޝިއާ ސަރަހައްދުން ރާއްޖެ އަންނަ އެއަރލައިންތަކުގެ އަދަދު އިތުރުވެގެންދިއުމަކީ އުފާވެރި މަންޒަރެއްކަމަށެވެ.



ތައި އެއަރ އޭޝިއާގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށާފައިވާއިރު، ތައިލެންޑުގައި ދަތުރުފަތުރުކުރުމަށް އަޅާފައިވާ ފިޔަވަޅުތައްވެސް ވަނީ ލުއިކޮށްފައެވެ. އެހެންކަމުން އަނެއްކާވެސް އެޤައުމުން ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް ބެލެވެއެވެ.

މީގެއިތުރުން ތައިލެންޑާއި ރާއްޖެއާ ދެމެދު ފްލައިޓްތައް އަލުން ފަށަން ނިންމުމާ ގުޅިގެން މިމަހު ވަނީ ވާޗުއަލް އިވެންޓެއްވެސް ބާއްވާފައެވެ. މިއިވެންޓުގައި ކޯވިޑާ ގުޅިގެން ރާއްޖޭގައި އަޅާފައިވާ ދަތުރުކުރުމުގެ ފިޔަވަޅުތަކުގެ މައުލޫމާތު އެމްއެމްޕީއާރުސީން ވަނީ މިހަފްލާގައި ބައިވެރިވި ފަރާތްތަކާ ހިއްސާކޮށްފައެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދެކުނު އިތުރުމަތީ އޭޝިއާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި މިންވަރު ވެސް ވަނީ އިތުރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން