ޓްރަމްޕް ގެ ކުރީގެ ލޯޔަރު މައިކަލް ކޮހެން
ޓްރަމްޕް ގެ ކުރީގެ ލޯޔަރު މައިކަލް ކޮހެން
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ގިނަ ސިއްރު ތަކެއް ފޮރުވުމާއި، ފައިސާ ގެ މުޢާމަލާތްތަކަކާއި، އަދި އެމެރިކާގެ ކޮންގްރެސް އަށް ދޮގު މައުލޫމާތު ތަކެއް ދިނުމުގެ ތުހުމަތުގައި 3 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި، ޓްރަމްޕް ގެ ކުރީގެ ލޯޔަރު މައިކަލް ކޮހެން ޖަލުން ގެއަށް ބަދަލު ކޮށްފިއެވެ.

އުމުރުން 53 އަހަރުފެ ކޮހެން ގެއަށް ބަދަލުކުރިކަން އަލްޖަޒީރާއަށް ޔަގީންކޮށްދީފައިވަނީ އެ މައްސަލައާއި ގުޅުން ހުރި މީހެކެވެ. އޭނާގެ ތިން އަހަރުގެ ހުކުމުގެ މުއްދަތުގެ އެއް އަހަރު އޭނާވަނީ ޖަލުގައި ހޭދަކޮށްފައެވެ. ހުކުމުގެ ބާކީބައި ފުރިހަމަ ކުރާނީ ގޭ ބަންދުގައި ކަމަށް އަލްޖަޒީރާއިން ބުނެފައި ވެއެވެ.

އޭނާގެ މައްޗަށް ކުރެވުނު ތުހުމަތު ތަކުގެ ތެރޭގައި ރައީސް ޓްރަމްޕާއެކު ޖިންސީ އަމަލުތައް ހިންގި ބަރަހަނާ ފިލްމް ކުޅޭ ދެ އަންހެނަކަށް ފައިސާދީގެން އެކަން ވަންހަނާ ކުރުމަށް މަސައްކަތް ކުރުމާއި މާލީ ކުށްތަކުގެ މައްސަލަތައް ވެސް ހިމެނެއެވެ.

ބުރާސްފަތި ދުވަހު، މައިކަލް ކޮހެން ގެއައް ބަދަލު ކުރީ ޖަލުގައި ހުރުމުން ކޮރޯނާ ވައިރަހުގެ އަސަރު ކޮށްފާނެ ކަމުގެ ބިރަށް ކަމުގައި ވެސް ވެއެވެ. މިއާއެކު މައިކަލް ކޮހެން ގެ ހުކުމުގައި ބާކީ އޮތް ދުވަސް ތައް އޭނާ ހޭދަކުރާނީ ގޭގައެވެ.

މައިކަލް ކޮހެންގެ އިތުރުން ޖަލުގައި ހުރި ޑޮނަލްޑް ޓްރަމްޕް އާއެކު މަސައްކަތް ކުރަށްވާފައިވާ ކުރީގެ ކެމްޕޭން ޗެއަރމަން، ޕައުލް މަނަފޯޓް ވެސް ވަނީ ހުސްވި ހަފްތާގައި ދޫކޮށްލާފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން