އޭސީސީގެ މެމްބަރުން ރައީސް ސާލިހުއާއެކު
އޭސީސީގެ މެމްބަރުން ރައީސް ސާލިހުއާއެކު
އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ މެންބަރުން ވަކިކުރުމާމެދު ގޮތެއް ނިންމުމަށް ބާއްވާ ކޮމިޓީ ބައްދަލުވުން މިއަދު ހަވީރަށް ތާވަލުކޮށްފިއެވެ.

މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީ ބައްދަލުވުން މިއަދު ހަވީރަށް ތާވަލުކޮށްފައި މިވަނީ އޭސީސީގެ މެމްބަރުން އުސޫލާއި ހިލާފަށް އަމަލުކުރާކަމަށް ބުނެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަމުންދާ މައްސަލާގައި އޭސީސީގެ މެންބަރުން ލިޔުމުން ކޮމިޓީއަށް ޖަވާބުދާރީވުމާ ގުޅިގެންނެވެ.

މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީ ބައްދަލުވުން ތާވަލުކޮށްފައިވަނީ މިއަދު ހަވީރު 4:30 އަށެވެ. މިއަދުގެ ބައްދަލުވުމުގައި އޭސީސީގެ މެންބަރުން މަޖިލީހަށް ފޮނުއްވި ޖަވާބުތަކާއި މެދު ކޮމިޓީގައި ދިރާސާކުރާނެއެވެ.

އޭސީސީގެ މެންބަރުން ވަކި ކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމުގައި އިޢުލާނު ކުރުމަށްފަހު އެކަމާއި ގުޅޭ ރަސްމީ މަސައްކަތްތައް ކުރުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް މަޖިލީހުގެ ރައީސް ވަނީ ފޮނުއްވާފައެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ލިޔުމުން ޖަވާބުދާރީވާން ފަސް ދުވަހުގެ މުހުލަތެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ވަނީ ދީފައެވެ.

މިިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭސީސީގެ މެމްބަރުން މަޤާމުން ވަކިކުރުމަށް ނިންމައި އެކަން މަޖިލީހުގެ ރައީސަށް ހުށައަޅާފައިވަނީ މެންބަރުންގެ ޕާރފޯމަންސް އޮޑިޓް ދިރާސާ ކުރުމަށްފަހުއެވެ. މި އޮޑިޓް ކުރިއަށް ގެންދިޔައީ އޮޑިޓް އޮފީސް މެދުވެރިކޮށެވެ.

5 މެމްބަރުން ތިއްބަވާ އޭސީސީގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ، ނާއިބް ރައީސް ފާތުމަތު އަނޫލާ އަދި އައިޝަތު އަބްދުﷲއެވެ. މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި ފެށުމާއެކު ކޮމިޝަން ދެ މެމްބަރަކު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން