އެމްޓީސީސީގެ ދުވެލި ހުރީ ސަރުކާރުގެ ވަޢުދުތައް ފުއްދައި ނިންމޭނެ ސްޕީޑްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ކ. މާފުށީ ރައްޔިތުންނަށް ސަރުކާރުން ހިއްކައިދިން ޕިކްނިކް އައިލެންޑާއި މާފުއްޓަށް އިތުރުކޮށްދިން ބިން އެރަށު ކައުންސިލާ ޙަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޞާލިޙް ވިދާޅުވީ މާފުއްޓަށް މިލިބުނު ކުރިއެރުމުގެ އެންމެ ބޮޑު ޝުކުރެއް ޙައްޤުވަނީ ޓީމް އެމްޓީސީސީއަށް ކަމަށެވެ.
މިބީދައިން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ޞާލިޙް ވިދާޅުވީ އެމްޓީސީސީގެ ދުވެލި މިހާރު ހުރީ ސަރުކާރުގެ ވަޢުދުތައް ފުއްދައި ނިންމޭނެ ސްޕީޑްގައި ކަމަށް ޔަޤީންކުރަށްވާ ކަމަށެވެ.
"އެމްޓީސީސީގެ ދުވެލި މިހާރު ހުރިގޮތުން އަޅުގަނޑަށް ފުރިހަމަ ޔަޤީންކަން އެބައޮތް އަޅުގަނޑުމެން ރައްޔިތުންނަށްވީ ވަޢުދުތައް ފުއްދުމުގައި އެމްޓީސީސީއާ ޙަވާލުކޮށްފައިހުރި މަސައްކަތް ބަރާބަރަށް ދުވަހުން ދުވަހަށް ވަގުތަށް ނިންމައިދޭނެކަން. އެކަމަށްޓަކައި އަދިވެސް އެއްފަހަރު ޓީމް އެމްޓީސީސީއަށް އަޅުގަނޑު ޝުކުރު އަދާކުރަން." މިއަދުގެ ރަސްމިއްޔާތުގައި ރައީސް ޞާލިޙް ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މާފުށީ ރައްޔިތުންނަށް މި ހިއްކައިދެވުނު ދެ ބިމަށް ސަރުކާރުގެ ބަޖެޓުން ގާތްގަނޑަކަށް 128 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ. އަދި މިއީ ދިވެހި ރައްޔިތުންގެ ފައިސާއިން މާފުށީ ރައްޔިތުންނަށް ޚާއްސަކޮށް ކުރި ޚަރަދުކަމަށް ރައީސް ވިދާޅުވިއެވެ.
މާފުށީ ރައްޔިތުންގެ އަރިހަށް ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ވަޑައިގަތުމުން ރައްޔިތުންގެ އެންމެބޮޑު އެދުމަކަށްވީ ބިމުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ އެދުން ފުއްދައިދެވުނުކަމުގެ ހިތްހަމަޖެހުން ލިބޭނީ މި މަޝްރޫޢުތަކަކީ ރައްޔިތުން އެދޭގޮތަށް ނިންމުނު މަޝްރޫޢުތަކަކަށް ވެގެން ކަމަށް ރައީސް މިއަދު ވަނީ ވިދާޅުވެފައެވެ.
ރައީސް މިއަދު ވަނީ ރައްޔިތުންނަށް ބޭނުން ހިފޭގޮތަށް ބިންތަކުގެ ސިޔާސަތު ކަނޑައެޅުމަށް މާފުށީ ކައުންސިލްގެ ކިބައިންވެސް އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު