ވަޒީފާގެ ކުރިއެރުން ނުލިބޭތީ ސިއްޙީދާއިރާގެ މުވައްޒަފުން ސިވިލް ކޯޓަށް މައްސަލަ ހުށައަޅައިފިއެވެ.
މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަނުން ޕަބްލިކް އިންޓަރެސްޓު ލޯ ސެންޓަރާ ގުޅިގެން މި މައްސަލަ ސިވިލް ކޯޓަށް ހުށައަޅާފައިވަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ 489 މުވައްޒަފުންގެ ފަރާތުންނެވެ. މި މައްސަލަ ހުށަހަޅާފައިވަނީ ސިވިލް ސާވިސް ކޮމިޝަނާއި، ފިނޭންސް މިނިސްޓްރީއާއި ހެލްތް މިނިސްޓްރީއާ ދެކޮޅަށެވެ.
މޯލްޑިވްސް ހެލްްތު ޕްރޮފެޝަނަލް ޔޫނިއަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފަންނީ އޮނިގަނޑެއް ހަދައި މިއަދާ ހަމައަށްވެސް ތަންފީޒު ކުރަމުން ނުދާ ކަމަށެވެ. އަދި މި މައްސަލަ ހުށަހެޅުމުގައި ގާތްގަނޑަކަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މަސައްކަތް ކުރާ ސިއްހީ ދާއިރާއަށް ނިސްބަތްވާ މުވައްޒަފުން ހިމެނޭނެ ކަމަށް އެ ބަޔާނުގައި ވެއެވެ.
2008 ވަނަ އަހަރުން ފެށިގެން ސިވިލް ސާވިސްގެ ހެލްތް ޕްރޮފެޝަންގެ ފަންނީ ވަޒިފާތަކުުގެ ކުރިއެރުން ލިބޭނެ ގޮތެއް ވެފައި ނުވަނީ ވަޒީފާގެ ކުރިއެރުން ލިބޭނެ އޮނިގަނޑެއް ނެތުމުގެ ސަބަބުން ކަމަށް ބަޔާނުގައިވެއެވެ. ނަމަވެސް އެކަމަކީ ގާނޫނު އަސާސީގެ 37 ވަނަ މާއްދާގެ ބަޔާން ކޮށްފައިވާ އަސާސީ ހައްގުން މަހުރޫމުވުން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
އެ މައްސަލައިގަ އެދިފައިވަނީ ވަޒީފާގެ ކުރިއެރުން ލިބޭނެ އޮނިގަނޑެއް ތައްޔާރުކޮށް ތަންފީޒު ކުރުމަށް ސީއެސްސީއާއި ފިނޭންސް އަދި ހެލްތުގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ.

Largest Class Action lawsuit filed in the history of Maldives, against @MoHmv @MoFmv @cscmaldives in order to protect the rights of all healthcare workers.
— Maldives Health Professionals Union (MHPU) (@MaldivesHPU) December 28, 2021
Our members will keep on escalating our actions until justice is served!@pilcmv @mtucMV @SolidarityCntr pic.twitter.com/ICjKknNNzE
2008 ވަނަ އަހަރުން ފެށިގެން ސިވިލް ސާވިސްގެ ހެލްތް ޕްރޮފެޝަންގެ ފަންނީ ވަޒިފާތަކުުގެ ކުރިއެރުން ލިބޭނެ ގޮތެއް ވެފައި ނުވަނީ ވަޒީފާގެ ކުރިއެރުން ލިބޭނެ އޮނިގަނޑެއް ނެތުމުގެ ސަބަބުން ކަމަށް ބަޔާނުގައިވެއެވެ. ނަމަވެސް އެކަމަކީ ގާނޫނު އަސާސީގެ 37 ވަނަ މާއްދާގެ ބަޔާން ކޮށްފައިވާ އަސާސީ ހައްގުން މަހުރޫމުވުން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
އެ މައްސަލައިގަ އެދިފައިވަނީ ވަޒީފާގެ ކުރިއެރުން ލިބޭނެ އޮނިގަނޑެއް ތައްޔާރުކޮށް ތަންފީޒު ކުރުމަށް ސީއެސްސީއާއި ފިނޭންސް އަދި ހެލްތުގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ.
ކިޔުންތެރިންގެ ހިޔާލު