ހުޅުމާލޭ ޕޮލިސް ސްޓޭޝަން
ހުޅުމާލޭ ޕޮލިސް ސްޓޭޝަން
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަންނަ އަހަރު ކުރީކޮޅު ޕޮލިސް ސްޓޭޝަނެއް ހުޅުވައި ޚިދުމަތް ދޭން ފަށާނެކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ހުޅުމާލޭ ފޭސް 2ގައި ކުށްމަދުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅައި އެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށާއި، އަދި އެ ސަރަހައްދުގައި ފޯރިމަރަން ފުލުހުން ތިބޭކަމަށެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ފޭސް ދޭއްގައި ފުލުހުންގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް އެ ސަރަހައްދުގައި ޕޮލިސް ސްޓޭޝަނެއް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި އެތަނުގެ މަސައްކަތް ނިންމައި، މި ފެށޭ އަހަރުގެ ކުރީކޮޅު ޚިދުމަތް ދޭން ފެށޭވަރު ވާނެކަމަށްވެސް ރާއްޖޭގެ ފުލުހުންގެ ޚިދުމަތުން ބުނެފައި ވެއެވެ.



ފުލުހުންގެ ޚިދުމަތުން ބުނީ ދެވަނަ ފިޔަވަހީގައި ގާއިމްކުރާ ޕޮލިސް ސްޓޭޝަނާއެކު، ފުލުހުންދޭ ހުރިހާ ހިދުމަތެއް އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ގާތުން ލިބިގެންދާނެ ކަމަށެވެ. އަދި އެތަނަށް އެކަށީގެންވާ އަދަދަށް ފުލުހުންވެސް ހަމަޖެހިގެންދާނެކަމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ.

ހުޅުމާލޭ ފޭސް ދޭކުން ހުށައެޅުނު މައްސަލަތަކަށް ބަލާއިރު އެންމެ ގިނައީ އެކްސިޑެންޓްތަކުގެ މައްސަލަތަކާއި ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ހުޅުމާލެ ފޭސް ދޭކުން ހުށަހެޅޭ މައްސަލަތައް މަދުކޮށް، އަމާން ރައްކާތެރި ތަނަކަށް އެތަން ހެދުމަށް މިހާރު ކުރަމުންދާ މަސައްކަތުގެ އިތުރަށް އެޗްޑީސީއާއި ގުޅިގެން ކުރިއަށް އޮތްތަނުގައި ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން