ހޯމް ސްޓޭ ކޮޓަރީގެ ބޮޑުމިނުގައި ފާހާނާ ހިމެނޭހެން 120 އަކަފޫޓް ހުންނަން ޖެހޭގޮތަށް ކަނޑައަޅައި ގޭގޭގައި ފަތުރުވެރިން ބައިތިއްބާނެ ގޮތުގެ ގަވައިދު މިއަދު ގެޒެޓުކޮށްފި އެވެ.
ހޯމްސްޓޭ ތައާރަފްކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އެމްޑީޕީގެ "ނޫ އިގްތިސޯދު"ގެ މެނިފެސްޓޯގެ ދަށުން ވެވަޑައިގެންފައިވާ ވައުދެކެވެ.
ގެސްޓްހައުސް ހިންގުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސް މިއަދު ގެޒެޓު ކޮށްފައިވާއިރު ޤަވާއިދުގައި ވާގޮތުން ފަތުރުވެރިން ބައިތިއްބާ ކޮޓަރިތަކުގައި ފާޚާނާ ހިމެނޭހެން 120 އަކަފޫޓު ހުންނަން ޖެހެއެވެ. މީގެ އިތުރުން އެ ގެއަކުން އެންމެ ގިނަ ޢަދަދަކަށް ކަނޑައެޅޭނީ 5 ކޮޓަރިކަމަށްވެސް ވަނީ ކަނޑައަޅާފައެވެ. ހޯމްސްޓޭއަކަށް ދޫކުރާ ހުއްދައިގެ މުއްދަތަކީ ފަސް އަހަރެވެ.
ހަމައެއާއެކު ސީދާ އެ ކޮޓަރިއަކަށް ވަދެވޭ ގޮތަށް ވަކިން ދޮރު ހަރުކޮށްފައި ހުންނަންޖެހޭނެ ކަމަށާއި ވައި ދައުރުވެ، ގުދުރަތީ އަލިކަން ލިބޭނޭހެން ކޮޓަރީގައި ކުޑަދޮރެއް ނުވަތަ ފެންލައިޓެއް ހުންނަން ޖެހޭނެ ކަމަށް ޤަވާއިދުގައި ވެއެވެ. ވަކި ކޮންމެ ކޮޓަރިއެއްގައި ހަމައެކަނި އެ ކޮޓަރިއަކުން ވަދެވޭ ގޮތަށް ފާހާނާއެއް ހުރުން ލާޒިމްކޮށްފައިވާއިރު ކޮންމެ ކޮޓަރިއެއްގައި ނިދުމަށް ދެ އެނދު ހުންނަން ޖެހެއެވެ.
އޭގެއިތުރުން ފަތުރުވެރިޔާއަށް ލިބޭ ގެއްލުމެއްގެ ބަދަލު ލިބޭނެ ގޮތަށް ތާޑް-ޕާޓީ ލައިބިލިޓީ އިންޝުއަރެންސެއް ނަގަން ޖެހޭނެ ކަމަށް ޤަވާއިދުގައިވެއެވެ. އަދި ކޮޓަރީގައި ޕާސްޕޯޓާއި ފައިސާ ފަދަ އަގުހުރި އަދި މުހިންމު ތަކެތި ރައްކާކުރެވޭ ގޮތަށް ސޭފްއެއް ނުވަތަ ތަޅުލެވޭ ސެކިއުރިޓީ ބޮކްސެއް ހުންނަން ވާނެ ކަމަށްވެސް ޤަވާއިދުގައިވެއެވެ.
ހޯމް ސްޓޭ ވިޔަފާރި ފަށާއިރު ވެސް ޓެކްސް ނަގާނީ ގެސްޓްހައުސްތަކާ އެއް އުސޫލެއްގެ ދަށުންނެވެ. އަދި މި ވިޔަފާރިއަށް ޒިންމާ ކުރުމަށްޓަކައި އެ ރަށެއްގެ ކައުންސިލުން ގިނަ ކަންތައް ތަކެއް ފުރިހަމަ ކުރުމަށް ޤަވާއިދުގައި ލާޒިމް ކޮށްފައިވެއެވެ.
2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު ހޯމް ސްޓޭ ފަތުރުވެރިކަން ފެށުމަށް ހަމަޖެހިފައިވަނީ މ.ދިއްގަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު