ޕާކިސްތާނު އިންޓަރނޭޝަނަލް އެއަރލައިންސްގެ މަތިންދާބޯޓު ވެއްޓުނު ސަރަހައްދު
ޕާކިސްތާނު އިންޓަރނޭޝަނަލް އެއަރލައިންސްގެ މަތިންދާބޯޓު ވެއްޓުނު ސަރަހައްދު
100 އަށްވުރެ ގިނަ މީހުންނާއެކު ދަތުރުކުރި ޕާކިސްތާނު އިންޓަރނޭޝަނަލް އެއަރލައިންސްގެ މަތިންދާބޯޓެއް ވެއްޓިޖެއެވެ.

ކުންފުނީގެ ތަރުޖަމާނަކާ ހަވާލާދީ ސީއެންއެންއިން ބުނީ ބޯޓު ވެއްޓުނީ ޕާކިސްތާނުގެ ކަރާޗީގެ ސަރަހައްދަ ކަމަށެވެ.

ޕާކިސްތާނުގެ އޭވިއޭޝަން މިނިސްޓްރީން ބުނީ ފްލައިޓްގައި 99 ފަސިންޖަރުންނާއި 8 ފަޅުވެރިން ދަތުރުކުރި ކަމަށެވެ. މިހާދިސާގައި މަރުވީ ނުވަތަ ދިރިހުރީ ކިތައް މީހުން ކަމެއް ރަސްމީ ފަރާތަކުން ނުބުނެއެވެ.

ޕާކިސްތާނުގެ ލާހޫރުން ކަރާޗީއަށް ދަތުރުކުރި، ޕީކޭ 8303، ކަރާޗީއަށް ޖައްސަން ހަމަޖެހިފައިވަނީ ޕާކިސްތާނު ގަޑިން މިއަދު 2:30 ގައެވެ. ނަމަވެސް އެގަޑި ޖެހުނުއިރު ރާޑަރަށް ބޯޓު ގެއްލުނީ ކަމަށް އޭވިއޭޝަން އޮފީހުން ބުނެފައި ވެއެވެ.

އޭވިއޭޝަން އޮފީހުގެ ތަރުޖަމާން އަބްދުﷲ ޚާންއާއި ހަވާލަދީ ސީއެންއެން އިން ބުނީ އެއަރ ބަސް އޭ 320 މަރުކާގެ މި ބޯޓު ވެއްޓުމުގެ ކުރިން ޕައިލެޓާއި ގުޅުނު ކަމަށާއި އޭނާ ބުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން އުޅޭ ކަމަށެވެ.

"ޕައިލެޓް ބުނީ ބޯޓު ޖައްސަން ބޭނުންވާ ރަންވޭގެ ދެ ދިމާއިން ވެސް ޖެއްސޭނެ ކަމަށް. ނަމަވެސް ޕައިލެތް ޚިޔާރުކުރީ އަނބުރާލާފައި އައިސް ރަންވޭއަށް ޖައްސަން." ތަރުޖަމާން ބުނެފައި ވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ހާދިސާގެ ވިޑިއޯތަކުން ބޯޓުގައި ހުޅުހިފާފައިވާ މަންޒަރު ފެނެއެވެ. މައްސަލަ މިހާރު ބަލަމުންދާކަމަށާއި ބޯޓަށް ދިމާވީ ކޮން ކަހަލަ ޓެކްނިކަލް މައްސަލައެއްތޯ ވެސް ބަލަމުންދާ ކަމަށް ޕާކިސްތާނު ސިވިލް އޭވިއޭޝަނުން ބުނެފައި ވެއެވެ.

ކޮރޯނާ ވައިރަހާއި ގުޅިގެން ޕާކިސްތާނުގެ ވައިގެ އުދުހުންތައް ހުއްޓާލާފައި އޮންނަތާ ދެމަސް ދުވަހަށް ފަހު އެތެރޭގެ އުދުހުންތަކަށް ހުޅުވާލީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ނަމަވެސް ބައިނަލްއަޤްވާމީ ދަތުރުތަކަށް ވައިގެ ބަނދަރު ހުޅުވާލާނީ ޖޫން އެކެއްގެ ފަހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން