ރައީީސް ޞާލިޙްގެ ދެކަނބަލުން
ރައީީސް ޞާލިޙްގެ ދެކަނބަލުން
އާއަހަރުގެ ޗުއްޓީއަށްފަހު ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުން އާ އަހަރުގެ ފެށުމާ ދިމާކުރައްވާ ސްރީލަންކާ އަށް ވަޑައިގެންނެވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެެވެ. ރައީސް އޮފީހުން ބުނީ ރައީސްގެ ދެކަނބަލުންގެ ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފައިވާ ކަމަށެވެ.

ރައީސްގެ ދެކަނބަލުން ހަތަރު ދުވަހުގެ ނުރަސްމީ ދަތުރުފުޅަށްފަހު މިއަދު މާލެ ވަޑައިގެންފައިވާއިރު މިއަހަރުގެ އާއަހަރު ކުލަގަދަކޮށް މާލޭގައިވެސް ވަނީ ފާހަގަ ކޮށްފައެވެ.

އެގޮތުން ބަޑިބޭހުގެ ކުޅިވަރާއެކު މިއުޒިކްޝޯއެއް ހުޅުމާލޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން