މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް ސަރަހައްދު ތަކަށް ވަނީ އެލާޓް ނެރެފައި
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް ސަރަހައްދު ތަކަށް ވަނީ އެލާޓް ނެރެފައި
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު އެލާޓު ނެރެފިއެވެ.

ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން މިފަަރު ހުދު އެލާޓު ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. އެގޮތުން އެ އަތޮޅު ތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށާއި ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.



މެޓް އޮފީހުން ބުނީ މިއަދު ހަވީރު 4:00 ޖެހުމާއި ހަމައަށް މި ސަރަހައްދުތަކަށް މޫސުން ގޯސްވެ ވައި ގަދަވާނެ ކަމަށެވެ. މެޓް އޮފީހުން ލަފާ ކުރާގޮތުގައި އެލާޓު ނެރެފައިވާ އަތޮޅުތަކުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިދުގައި ވައި ޖެހޭނެ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

ހުދު އެލާޓު ނެރެނީ މޫސުން ގޯސްވެ ދިމާވެދާނެ ހާދިސާއަކުން ރައްކާތެރިވުމަށް ހަނދާން ކޮށްދިނުމުގެ ގޮތުންނެވެ. މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން