މިއަހަރުގެ ފުރަތަމަ ކުއާޓާގައި ސަރުކާރުގެ ފެންކުންފުނި، އެމް ޑަބްލިޔޫ އެސް ސީން ބިއްލޫރި ފުޅީގައި ބަންދުކޮށް ތައާރަފް ކުރުމަށް ނިންމާފައިވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.
"ރަސްއޮންލައިން" އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހް ވިދާޅުވީ އެކުންފުނިން އުފައްދާ ބޯފެން ބިއްލޫރި ފުޅީގައި ބަންދުކޮށް ތައާރަފް ކުރުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ. އެގޮތަށް ނިއްމީ އަންނަ ޖޫން މަހުން ފެށިގެން 500 އެމްއެލް އިން ފެށިގެން ދަށުގެ އެއްވެސް ސައިޒެއްގެ، ބޭނުންކޮށްފައި އުކާލެވޭ، ނުވަތަ ސިންގަލް-ޔޫސްޑް ޕްލާސްޓިކްގެ ބާވަތްތައް، ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުމަކީ މަނާކަމެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅުމުން ކަމަށް ޝާހް ވިދާޅުވިއެވެ. އަދި އެމް ޑަބްލިޔޫ އެސް ސީ އަކީ ސިންގަލް ޔޫސް ޕްލާސްޓިކް އުފައްދާ ކުންފުންޏަކަށްވާތީ އެކަން ހުއްޓާލުމުން އާމްދަނީއަށް ކުރާނެ އަސަރު މިހާރު ދެނެގަނެފައިވާ ކަމަށްވެސް ޝާހް ވިދާޅުވިއެވެ.
"އެކަމަށް ތައްޔާރުވެ ގުލާސް ބޮޓްލިންގެ މަސައްކަތް ފެށުމަށްޓަކައި އެކަމަށް ބޭނުންވާ ސާމާނު އިޓަލީއިން ރާއްޖެ އަންނަން މިހާރު ޑިސްޕެޗް ވެސް ކޮށްފި. އިރާދަ ކުރެއްވިޔާ އަޅުގަނޑުމެން މިއަހަރުގެ ފުރަތަމަ ކުއާޓާގައި ބިއްލޫރި ފުޅި ތައާރަފް ކުރާނަން. އަޅުގަނޑުމެން އެ ސައިޒްތައް (މަނާކުރި ސައިޒްތައް) އެ ތާރިޚުން ފެށިގެން (ބިއްލޫރި ފުޅީގައި) އަޅުގަނޑުމެން އުފައްދާނަން." ޝާހް ވިދާޅުވިއެެވެ.
ޝާހު ވިދާޅުވީ ބިއްލޫރި ފުޅި ވީމާ ފުރަތަމަ އެމަސައްކަތް ފަށާއިރު ކޮންމެވެސް ވަރެއްގެ ދަތި ތަކެއް ހުންނާނެ ކަމަށެވެ. ނަމަވެސް އެކަންކަން ހައްލު ކުރެވޭނެ ކަމަށާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ތިމާވެށީގެ ސިޔާސަތަށް އެކުންފުނިން ފުރިހަމައަށް ތާއީދުކޮށް އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކާއި ރައްޔިތުން ދުރުކުރުމަށް އެކުންފުނިން މަސައްކަތް ކުރާނެ ކަމަށެވެ.
"ބިއްލޫރި ވީމާ އުފުލައި ގެންގުޅުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް ހުންނާނެ، މިދެންނެވީ މައްޗަށް އުފުލައި ހެދުމުގައި ވެސް. ޕްލާސްޓިކް ފުޅީގައި ފެންބަންދު ކުރަމުން މިގެންދަނީ އަޅުގަނޑުމެން އަމިއްލައަށް ފުޅި އުފައްދައިގެން. ބިއްލޫރި ފުޅި އަދި ރާއްޖެއަކު އުފެއްދޭކަށް ނެތް. އެހެންވީމާ ފުޅި ގެންނަން މިޖެހެނީ ބޭރުން ކަމަށްވާތީ އަގުތަކަށް ވެސް ކޮންމެވެސް ވަރެއްގެ ބަދަލެއް އަންނާނެ ކަމަށް ބެލެވޭ." އެމްޑީ ޝާހު ވިދާޅިވިއެވެ.
ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް، ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުމަކީ މަނާކަމެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުންނެެވެ. އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ 13 ބާވަތެއް ރާއްޖޭގައި އުފެއްދުމާއި ވިއްކުން މަނާކުރުމަށް ނިންމައި އެކަމަށް ކަނޑައަޅާފައިވާ ތާރީޚުތައް މިހާރު ސަރުކާރުން ވަނީ އާންމުކޮށްފައެވެ. އެގޮތުން ރައީސް ސޯލިހު ނެރުއްވި ގަރާރުން ރާއްޖޭގައި އުފައްދާ 500 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެނާއި ރާއްޖޭގައި އުފައްދާ 500 މިލިލީޓަށްވުރެ ކުދި ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް އުފެއްދުމާއި ބާޒާރަށް ނެރުން، 2022ވަނަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަނާކުރުމަށްވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު