ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ތާށިކަން ތަޖުރިބާ ކުރަންޖެހުނީ ރައީސް ޔާމިންގެ ސަރުކާރުން "ނޭޝަނަލް ޕްލޭން" އާ ތޮޅުމުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދުﷲ މައުސޫމް މިހެން ވިދާޅުވީ، އެއާޕޯޓް ލަސްވީ ނޭޝަނަލް ޕްލޭނާއި ކުޅުމުން ކަމަށް އޭނާއާއި ހަވާލާދީ މީޑިޔާއެއްގައި ޝާއިއުކުރި ޚަބަރެއް މީސް މީޑިއާގައި ހިއްސާކުރައްވަމުންނެެވެ. އެ ވާހަކަ އިތުރަށް ސާފު ކޮށްދެއްވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދުﷲ މައުސޫމް ވިދާޅުވީ ސަރުކާރު ބަދަލުވި ނަމަވެސް ނޭޝަނަލް ޕްލޭނާއި ތޮޅިގެން ނުވާނެ ކަމަށެވެ. މިއަދު ވެލާނާ އެއަރޕޯޓުގެ ތާށިކަން ތަޖުރިބާކުރަން ޖެހިފައިވަނީ 2013 ވަނައަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް އަބުދުﷲ ޔާމިންގެ ސަރުކާރުން އެއަރޕޯރޓުގެ ނެޝަނަލް ޕްލޭނާ ތޮޅުމުގެ ސަބަބުން ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.
ޓީވީ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދު މައުސޫމް ވިދާޅުވީ ސަރުކާރު ބަދަލުވެ ވެރިކަމަށް އަންނަ ސަރުކާރުން ނޭޝަނަލް ޕްލޭނާއި ތޮޅުމުން އޭގެ ގެއްލުން ލިބޭނީ ދިވެހި ރައްޔިތުންނަށް ކަމަށެވެ.
"ނޭޝަނަލް ޕްލޭނާ ސަރުކާރު ބަދަލުވިއަސް ކުޅެގެން ނުވާނެ. އެ ޖެހޭނެ އެ އޮތް ގޮތަށް ކުރިއަށް ގެންދަން. ކޮންމެ ފަސް އަހަރަކުން ސަރުކާރު ބަދަލުވީމަ ނޭޝަނަލް ޕްލޭނާ ކުޅެގަތީމަ އޭގެ ހުރިހާ ގެއްލުމެއް ފޯރާނީ ގައުމަށް، ރައްޔިތުންނަށް. ދެން އެ ވާހަކަ ބާއްވާ." ފަހަކަށް އައިސް ކުރީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ޑރ. މައުސޫމް ރޭ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ އަޅަން ހުޅުލެއިން ބޮޑުބައެއް ހިއްކައި ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަނީ ފަށާފައެވެ. މި މަޝްރޫއުގެ ދަށުން އާ ރަންވޭ އަކާއި ސީޕްލޭން ޓާމިނަލެއް ހަދައި ނިމިފައި އޮންނަތާ ދެ އަހަރު ވެފައިވާއިރު އެތަން ނުހުޅުވި ލަސްވާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެެވެ. އަދި މި މަޝްރޫއު ދަށުން ވީއައިއޭގެ ފިއުލް ކެޕޭސިޓީ އިތުރުކޮށް އާ ފިއުލް ޓާމިނަލެއް ވެސް ވަނީ އަޅާފައެވެ. އަދި އާ އިންޓަނޭޝަނަލް ފެސެންޖަރު ޓާމިނަލެއް އެޅުމުގެ މަސައްކަތް ރައީސް ޔާމިންގެ ސަރުކާރުގައި ވަނީ ފަށާފައެެވެ.

އަނެއްކާ މިޖެހުނީ މާނަކޮށްދޭން:
— Abdulla Mausoom (@Mausoom_Maus) January 4, 2022
އަޅުގަނޑުބުނީ 2013 ވަނައަހަރު ވެރިކަމާހަވާލުވި ސަރުކާރުން އެއަރޕޯރޓުގެ ނެޝަނަލް ޕްލޭންއާ ތޮޅުމުގެ ސަބަބުންނޭ މިއަދު އެއަރޕޯޓުގެ ތާށިކަން ތަޖުރިބާކުރަން މިޖެހެނީ. ސަރުކާރު ބަދަލުވިއަސް ނެޝަނަލް ޕްލޭނާ ތޮޅޭކަށްނުވާނޭ! https://t.co/eEFdfRtOLI
"ނޭޝަނަލް ޕްލޭނާ ސަރުކާރު ބަދަލުވިއަސް ކުޅެގެން ނުވާނެ. އެ ޖެހޭނެ އެ އޮތް ގޮތަށް ކުރިއަށް ގެންދަން. ކޮންމެ ފަސް އަހަރަކުން ސަރުކާރު ބަދަލުވީމަ ނޭޝަނަލް ޕްލޭނާ ކުޅެގަތީމަ އޭގެ ހުރިހާ ގެއްލުމެއް ފޯރާނީ ގައުމަށް، ރައްޔިތުންނަށް. ދެން އެ ވާހަކަ ބާއްވާ." ފަހަކަށް އައިސް ކުރީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ޑރ. މައުސޫމް ރޭ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ އަޅަން ހުޅުލެއިން ބޮޑުބައެއް ހިއްކައި ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަނީ ފަށާފައެވެ. މި މަޝްރޫއުގެ ދަށުން އާ ރަންވޭ އަކާއި ސީޕްލޭން ޓާމިނަލެއް ހަދައި ނިމިފައި އޮންނަތާ ދެ އަހަރު ވެފައިވާއިރު އެތަން ނުހުޅުވި ލަސްވާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެެވެ. އަދި މި މަޝްރޫއު ދަށުން ވީއައިއޭގެ ފިއުލް ކެޕޭސިޓީ އިތުރުކޮށް އާ ފިއުލް ޓާމިނަލެއް ވެސް ވަނީ އަޅާފައެވެ. އަދި އާ އިންޓަނޭޝަނަލް ފެސެންޖަރު ޓާމިނަލެއް އެޅުމުގެ މަސައްކަތް ރައީސް ޔާމިންގެ ސަރުކާރުގައި ވަނީ ފަށާފައެެވެ.
ކިޔުންތެރިންގެ ހިޔާލު