އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) ގެ މެންބަރު ކަމުގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
އޭ.ސީ.ސީ.ގެ މެންބަރު ކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލާފައި މި ވަނީ އެ ކޮމިޝަނުގެ ފަސް މެންބަރުން ޢިސްތިޢުފާ ހުށަހަޅުއްވާފައި ވާތީއެވެ.
އެގޮތުން މިއަދުން ފެށިގެން 2022 ޖަނަވަރީ 17 ވާ ހޯމަ ދުވަހުގެ 12:30 ގެ ނިޔަލަށް ފުރުސަތު ހުޅުވާލާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އެ ކޮމިޝަންގެ މެންބަރު ކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2022 ޖަނަވަރީ 16 އަދި 17 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
އޭސީސީގެ ރައީސާއާއެކު ފަސް މެމްބަރުން އިސްތިއުފާ ދެއްވީ އޭސީސީގެ މެންބަރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީން ނިންމުމާގުޅިގެންނެވެ.
މިިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭސީސީގެ މެމްބަރުން މަޤާމުން ވަކިކުރުމަށް ނިންމައި އެކަން މަޖިލީހުގެ ރައީސަށް ހުށައަޅާފައިވަނީ މެންބަރުންގެ ޕާރފޯމަންސް އޮޑިޓް ދިރާސާ ކުރުމަށްފަހުއެވެ. މި އޮޑިޓް ކުރިއަށް ގެންދިޔައީ އޮޑިޓް އޮފީސް މެދުވެރިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު