ހަރުކަށި ފިކުރުގެ މީހުން ރިހިބިލިޓޭޓްކުރާ ޤަވާއިދަށް ޢަމަލުކުރަން ފަށައިފިއެވެ.
ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 7-60 ވަނަ މާއްދާގެ (ޅ) އާއި، 9-60 ވަނަ މާއްދާގެ ދަށުން އެކުލަވާލައިފައިވާ ގަވާއިދަށް ޢަމަލުކުރަންފެށީ އިއްޔެ އެވެ. މިއީ ހަނގުރާމައެއްގައި ބައިވެރިވުމަށްފަހު ނުވަތަ ބޭރުގެ ހަނގުރާމަވެރި ސަރަޙައްދަކަށް ދިޔުމަށްފަހު އެނބުރި އަންނަ ފަރާތްތަކުގެ މައްޗަށް، ޚާއްޞަ އިޖުރާއަތުތައް ހިންގުމާ ގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ޤަވާއިދެވެ.
މި ގަވައިދު އެކުލަވާލުމުގެ މަގުސަދުތަކަކީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 6-60 ވަނަ މާއްދާގެ ދަށުން ބަންދުކުރެވޭ ފަރާތްތައް ބަންދުކުރުމުގެ އިޖުރާއަތުތައް ބަޔާންކުރުމާއި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 7-60 ވަނަ މާއްދާގެ ދަށުން ޤާއިމުކުރާ އިދާރީ ބަންދުގެ މަރުކަޒުތަކުގެ ބާވަތްތައް ބަޔާންކުރުމާއި އެ މާއްދާތަކުގެ ދަށުން ޤާއިމުކުރާ އިދާރީ ބަންދުގެ މަރުކަޒުތަކުގައި ބަންދުކުރާ މީހުންނަށް މަރުކަޒުން ލިބެންޖެހޭ ޚިދުމަތްތައް ބަޔާންކުރުމެވެ.
ހަމައެއާއެކު އިދާރީ ބަންދުގެ މަރުކަޒުތަކުގައި ބަންދުކުރެވޭ ކުޑަކުދިންނާމެދު ޢަމަލުކުރާނެގޮތުގެ އުސޫލުތައް ބަޔާންކުރުމުގެ އިތުރުން އިދާރީ ބަންދުގެ މަރުކަޒުތަކުގައި ބަންދުކުރާ މީހުންނަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި ލިބިގަތުމުގެ ޙައްޤާއި، އާއިލާއާ ބައްދަލުކުރުމުގެ ޙައްޤު ލިބިދެވޭނެ ގޮތް ބަޔާންކުރުމެވެ.
ގަވާއިދު ބުނާގޮތުގައި، ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް ޕްރޮގްރާމްތައް ހިންގަން ޖެހޭނީ ރިހިބިލިޓޭޝަން އަދި ރީ-އިންޓެގްރޭޝަން ކޮމިޓީއަކުންނެވެ. މި ކޮމިޓީ ހިންގާނީ ހޯމް މިނިސްޓްރީންނެވެ. އަދި ޕްރޮގްރާމްތައް ހިންގާނީ އެމީހުން ބަންދުކޮށްފައި ތިބި ތަނެއްގަ އެވެ.
މި ޕްރޮގްރާމްތައް ހިންގަން ޖެހެނީ ގިންތި ކޮށްގެންނެވެ. އެގޮތުން ހަރުކަށި ފިކުރާއި، އެ ފިކުރުގެ އަމަލުތަކުން ދުރުކުރުމުގެ މަރުހަލާގައި ވަކި ޕްރޮގްރާމްތަކެއް ހިންގަން ޖެހެ އެވެ.
ހަމައެއާއެކު ބަންދުކުރާ ފަރާތްތަކުގެ އިތުރުން، އެ ފަރާތްތަކާއެކު ނުވަތަ އެ ސަރަޙައްދުތަކުން އަންނަ އުމުރުން 15 (ފަނަރަ) އަހަރުން ދަށުގެ ކުޑަކުދިން ވެސް، އިދާރީ ބަންދުގެ މަރުކަޒުގައި ބަންދުކުރަންވާނެ ކަމަށް ޤަވާއިދުގައިވެއެވެ. އަދި ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ، އުމުރުން (ފަނަރަ) އަހަރުން ދަށުގެ ކުޑަކުދިންގެ މަޞްލަޙަތު ރައްކާތެރިކުރުމަށްޓަކައި އެ ކުދިން އެ ކުދީންގެ މައިންބަފައިންނާ ވަކިކޮށް ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމުގެ އިޚްތިޔާރު، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، ގަވާއިދުތަކުގެ ދަށުން، ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ދައުލަތުގެ ވުޒާރާއަށް ލިބިގެންވާ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
އަދި ކުއްޖާ އަނބުރާ މައިންބަފައިންނާ ހަވާލުކުރެވޭނެ ހާލަތްތަކުގެ ތެރޭގައި އެ ކުއްޖާގެ މައިންބަފައިންގެ ތެރެއިން ފަރާތެއް، ރީހެބިލިޓޭޝަން އަދި ރީއިންޓަގްރޭޝަން ޕްރޮގްރާމު ފުރިހަމަކުރުމަށްފަހު މަރުކަޒުން ދޫކޮށްލުން ހިމެނެއެވެ.
ޓެރަރިޒަމް މަނާކުރާ ޤާނޫނުގެ ދަށުން އެކި ޤައުމުތަކުގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށްފަހު ރާއްޖެ އެނބުރި އަންނަ މީހުންނާއި، ގެނެވޭ މީހުން ބެއިތިއްބުމަށް ޚާއްސަ ސެންޓަރެއް ހަދާފައިވަނީ ކ. ހިންމަފުށީގައެވެ. އަދި އެމަރުކަޒުގައި ފުރަތަމަ ފަހަރަށް މީހަކު ބަންދުކޮށްފައިވާ ކަމަށްވެސް ހޯމް މިނިސްޓްރީން މިދިޔަ 2020 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި ވަނީ ބުނެއެވެ.
ހޯމް މިނިސްޓްރީން ބުނީ އެތަނުގައި ބަންދުކޮށްފައިވަނީ ހަނގުރާމަވެރި ސަރަޙައްދެއްގައި އުޅުމަށްފަހު، 2020 އޮކްޓޯބަރ 15 ވަނަ ދުވަހު އެނބުރި ދިވެހިރާއްޖެ އައި އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ. އަދި އޭނާ ކޯޓު އަމުރެއްގެ ދަށުން 30 ދުވަހަށް ބަންދުކޮށްފައިވަނީ ރިސްކް އެސެސްމެންޓް ހެދުމަށްޓަކައިކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ޤާއިމުކުރަންޖެހޭ މަރުކަޒުތައް ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގައި ޤާއިމުކޮށް، އެންޓި ޓޯޗަރ ޤާނޫނުގެ 17 ވަނަ މާއްދާގެ ދަށުން، ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބަންދުކުރާ ތަނެއްގެ ގޮތުގައި އެތަން ކަނޑައަޅާ އެކަން އިއުލާން ކޮށްފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 22 ވަނަ ދުވަހުގައެވެ.
ހޯމް މިނިސްޓްރީން ބުނީ މިއީ ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު އެނބުރި ރާއްޖެ އަންނަ މީހުންގެ ނުރައްކަލުން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށާއި، އެފަދަ މީހުން ޝަރީޢަތުގެ ކުރިމަށްޗަށް ގެނެސް ޤާނޫނުގައި އެފަދަ ކަންކަމަށް ކަނޑައެޅިފައިވާ އަދަބު ދިނުމަށްޓަކައި ކުރެވޭ މަސައްކަތަށް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު