ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރ އައިޝަތު ނަހުލާ
ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރ އައިޝަތު ނަހުލާ
ޓްރާންސްޕޯޓް މިނިސްޓްރީން ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް އެ މިނިސްޓްރީން ކޯލް ސެންޓަރެއްގެ ޚިދުމަތް މިއަދު ތައާރަފްކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، މި ކޯލް ސެންޓަރުގެ ބޭނުމަކީ، އެ މިނިސްޓްރީން ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހައިން ހިދުމަތް ދިނުން ކަމަށެވެ. 

ކޯލް ސެންޓަރަށް ގުޅޭނެ ހޮޓްލައިން ނަންބަރަކީ 1511 އެވެ. 

މިއަދުން ފެށިގެން މި ކޯލް ސެންޓަރުގެ ހިދުމަތް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށާއި، ސަރުކާރު ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 08:30 އިން ފެށިގެން މެންދުރު ފަހު 14:00 އަށް ކޯލް ސެންޓަރުން ހިދުމަތް ދެމުންދާނެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނެ އެވެ. މީގެ އިތުރުން ސަރުކާރު ބަންދު ވަގުތު ތަކުގައި އީމެއިލް މެދުވެރިކޮށް އެ މިނިސްޓްރީގެ ހިދުމަތްތަކުގެ މައުލޫމާތު ސާފު ކުރެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމާތުދެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ހިދުމަތް ހޯދުމުގައި ލަސްތަކާއި ކުރިމަތިވެ އާންމުންގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. އެކަންކަން ހައްލު ކުރުމަށް އެ މިނިސްޓްރީން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުން ކަމަށްވެސް އެމިނިސްޓްރީން ވަނީ ބުނެފައެެވެ.



ކިޔުންތެރިންގެ ހިޔާލު


-6

އަހުމަދު ސާހު އަލީ

06-Jan-2022

ހެނދުނުއްސުރެން ގުޅަނީ ގހުޅީމަ ކިޔަނީ ބޭނުންކުރާ ނަމްބަރެއް ނޫނޭ



ޓްރެންޑިން