ޖަމާލް ކަޝޯގީ
ޖަމާލް ކަޝޯގީ
ނޫސްވެރިޔާ ޖަމާލް ކަޝޯގީ މަރާލި ކަމަށް ތުހުމަތުގައި ހުކުމްކޮށްފައިވާ 5 މީހުންނަށް ކަޝޯގީގެ އާއިލާއިން މައާފް ދީފިކަމަށް، އޭނާގެ ދަރިފުޅު ސަލާޙް ބުނެފިއެވެ.

ސަޢޫދީ އަރަބިއްޔާގެ ގާނޫނު ބުނާގޮތުން، މަސައްލައެއްގައި ތުހުމަތު ކުރެވޭ ފަރާތަށް ނުވަތަ ކުށްވެރިއާއަށް އަނިޔާލިބުނު މީހާ މަޢާފުދިނުމުން އެ މަސައްލައިގައި ތުހުމަތު ކުރެވުނު މީހާ މިނިވަންވެ މައްސަލަ ނިމުނީއެވެ.

2018 ވަނަ އަހަރު މުޅި ދުނިޔޭގެ ސަމާލް ކަމަށް އައި ޖަމާލް ކަޝޯގީ މަރާލި މައްސަލައިގެ ތުހުމަތުގައި 11 މީހަކު ހައްޔަރު ކުރިއެވެ. ނަމަވެސް މީގެ ތެރެއިން 5 މީހަކަށް މަރުގެ ހުކުމެއް އައިއިރު، 3 މީހަކަށް އައީ ޖަލު ހުކުމެކެވެ. އަދި ސާބިތު ބުނާތީ 3 މީހަކު ވަނީ ދޫކޮށްލާފައެވެ. މިހާދިސާ ގައި ސަޢޫދީގެ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން އާ ގުޅުމެއް ވާކަމަށް ތުހުމަތު ތަކެއް ކުރެވުނު ނަމަވެސް 2019 ވަނަ އަހަރު ސަޢޫދީ ސަރުކާރުން ވަނީ މިކަން ދޮގުކޮށްފައެވެ.

މީގެ އިތުރުން، އަލިފުދާލުން ވަނީ ކަޝޯގީ މަރާލި މައްސަލައިގެ ތަހުގީގު ކުރިއަށް ދިޔަ ގޮތާއިމެދު ހިތްހަމަ ނުޖެހޭކަން ހާމަކޮށްފައެވެ. އަލިފިދާލުން ތުހުމަތުކުރާ ގޮތުގައި މިމައްސަލައިގައި ތުހުމަތު ކުރެވޭ އެތައް ބަޔަކު ސަޢޫދީ ސަރުކާރުން ވަނީ ދޫކޮށްލާފައެވެ.

ޖަމާލް ކަޝޯގީ އެންމެ ފަހުން ފެނިފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު، އިސްތަންބުލް ގައި ހުންނަ ސަޢޫދީގެ ކޮންސިއުލޭޓުންނެވެ. ބުނެވޭ ގޮތުގައި، ޖަމާލް ކަޝޯގީ މަރާލުމަށްފަހު، ކޮންސިއުލޭޓުން ނެރެފައިވަނީ ހަށިގަނޑުގެ ބައިތަށް ވަކި ވަކި ކޮށްލައިގެންނެވެ. ނަމަވެސް، ކަޝޯގީގެ ހަށިގަނޑުގެ އެއްވެސް ބައެއް މިހާތަނަށްް ހޯދިފައެއް ނުވެއެވެ.

ޖަމާލް ކަޝޯގީ މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހުންނަށް ކަޝޯގީގެ އާއިލާއިން މައާފް ދިނުމުން، އެތައްބަޔަކު ދަނީ އެއީ ސަޢޫދީ ޢަރަބިއްޔާގެ ވެރިކަން ކުރާ އާއިލާ އިން، ޖަމާލް ކަޝޯގީގެ އާއިލާއަށް ފައިސާ ދީގެން ކުރުވި ކަމެއްކަމުގައި ތުހުމަތު ކުރަމުންނެވެ. ނަމަވެސް މިކަން ވަނީ ޖަމާލް ކަޝޯގީގެ އާއިލާއިން ދޮގު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން