ދިވެހި ސިނަމާގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކުޅަދާނަ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާގެ އެންމެ ފަހުގެ ފިލްމު "މަޖުނޫން" ގެ ލަވަތަކުގެ ތެރެއުން ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލުވެފައިވާ ލަވަ "މަޖުނޫނެކޭ މިއީ" ރަސްމީކޮށް ރިލީޒްކޮށްފިއެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައި ޕްރިމިއާ ކުރި މި ފިލްމަށާއި، ފިލްމުގެ އަސަރުގަދަ ލަވަތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. ހާއްސަކޮށް "މަޖުނޫނެކޭ މިއީ" މި ލަވަ ހިމެނޭހެން ފިލްމުގެ އެހެން ލަވަތައް ވެސް ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި މިހާރު ވަނީ ވަރަށް ބޮޑަށް ޓްރެންޑްވާން ފަށައިފައެވެ. ގިނަ ބަޔަކަށް ކަމުދާ މި ލަވަ މިހާރު ފިލްމުގެ ރަސްމީ ސޯޝަލް މީޑިއާ ޕޭޖުތަކުންނާއި އެހެނިހެން މީޑިއާތަކުން ބަލައިލެވޭނެއެވެ.
"މަޖުނޫން" އަކީ ލޯބީގެ ފުން އަސަރުތަކެއް އެކުލެވޭ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ނަމަވެސް، މިއީ ނަހުލާ އާންމުކޮށް ގެނެސްދޭ އާދައިގެ ލޯބީގެ ފިލްމުތަކާ މުޅިން ތަފާތުކޮށް، "ތުރިލާ ލަވް ސްޓޯރީ" އެއްގެ ގޮތުގައި ތައްޔާރުކޮށްފައިވާ މޮޅު އުފެއްދުމެކެވެ. ސިނަމާއިން ފިލްމު ބެލި ގިނަ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި މިއީ ދިވެހި ފިލްމީ ތާރީޚުގައި ލިޔެވިގެންދާނެ ފަދަ ފުރިހަމަ އަދި މޮޅު ފިލްމެކެވެ.
ފިލްމު ރިލީޒްކުރި ދުވަހުން ފެށިގެން މިހާތަނަށް ދެއްކި ހުރިހާ ޝޯއެއްވެސް ދައްކާފައިވަނީ ހައުސްފުލްކޮށެވެ. އޮލިމްޕަސް ސިނަމާގައި 30 ދުވަހުގެ މުއްދަތަކަށް ފިލްމު ދެއްކުމަށް ހަމަޖެހިފައިވާއިރު، ބަންދު ދުވަސްތަކުގައި ދުވާލަކު ދެ ޝޯ ދައްކަމުން ގޮސް މިހާރު ވިއްކަމުންދަނީ ފިލްމުގެ ފަހު ޝޯތަކުގެ ޓިކެޓެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ޕްރިމިއާ ޝޯގެ ޚާއްސަ މެހެމާނުންނަށް ދިން ދައުވަތުތަކުގެ އިތުރުން، އެއްވެސް މީހަކަށް ހިލޭ (ފްރީ) ޓިކެޓް ނުދީ އަދި ޓިކެޓް ބެހުމެއްނެތި، ހަމައެކަނި ޓިކެޓް ގަނެގެން ވަން ބެލުންތެރިންނާއެކު މިހާ ގިނަ ޝޯތަކެއް ފުލްވެގެން ދިޔުމެވެ. މިއިން ހާމަވެގެންދަނީ، ނަހުލާ ކޮންމެ ޖޯންރާއަކަށް ފިލްމު ހެދި ނަމަވެސް ބެލުންތެރިން އެ ފިލްމުތައް ބަލައިގަންނަ މިންވަރެވެ.
މީގެކުރިން، 2013 ވަނަ އަހަރު ނަހުލާ ގެނެސްދިން ބިރުވެރި ފިލްމު "4426" އަށް ވެސް ބެލުންތެރިންގެ ފަރާތުން މިފަދަ ބޮޑު ތަރުހީބަކާއި ތައުރީފެއް ވަނީ ލިބިގެން ގޮސްފައެވެ. "މަޖުނޫން" ވެގެން ގޮސްފައި މިވަނީ އެ ކާމިޔާބީ ތަކުރާރުކޮށް، އަނެއްކާވެސް ދިވެހި ސިނަމާ ހަލަބޮލިކޮށްލި މޮޅު ފިލްމަކަށެވެ.

ކިޔުންތެރިންގެ ހިޔާލު