ޗައިނާގެ ހާރިޖީ ވަޒީރު ވާންގް ޔީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުުރުފުޅުގެ ތެރެއިން ރާއްޖެއާއި ޗައިނާއާ ދެމެދުގައި ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރުމަށް މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކުރާނެކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފި އެވެ.
ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި މިނިސްޓަރ އޮފް ފޮރިންގ އެފެއާޒް ވާންގް ޔީ ރާއްޖެއަށް ވަޑައިގެންނެވީ އިއްޔެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ޗައިނާގެ ހާރިޖީ ވަޒީރަށް މަރުހަބާ ދެންނެވުމާއި ދެ ޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް މިއަދު މެންދުރުފަހު ކުރިއަށްދާނެކަމަށެވެ.
މިގޮތުން ދެޤައުމުގެ ދެމެދުގައި ބާއްވަވާ ރަސްމީ މަޝްވަރާތަކުގައި ޗައިނާގެ ފޮރިން މިނިސްޓަރ ވާންގް ޔީ އާއި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެން އެކި ދާއިރާތަކުން މިހާރަށްވުރެ ބޮޑަށް ގުޅުންބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
ފޮރިން މިނިސްޓްރީން ބުނީ 5 ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް އެއްބަސްވުން އެކުލަވާލާނެކަމަށެވެ. އޭގެތެރޭގައި ސިއްޙީ ދާއިރާއާއި، ދަތުރުފަތުރުގެ ދާއިރާއާއި، ހިލޭ އެހީ ރާއްޖެއަށް ފޯރުކޮށްދިނުމުގެ އެއްބަސްވުމުގެ އިތުރުންވެސް އެހެން ބައެއް އެއްބަސްވުންތައް ހިމެނެއެވެ.
ޗައިނާގެ ފޮރިން މިނިސްޓަރ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ޗައިނާގެ ފޮރިންގ މިނިސްޓަރ ވާންގް ޔީއާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިއަހަރަކީ ރާއްޖެއާއި ޗައިނާއާއި ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރޭ އަހަރެވެ. ރާއްޖެއާއި ޗައިނާއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1972 ވަނަ އަހަރުއެވެ.

📷 | The State Councilor & Minister of Foreign Affairs of China, HE Wang Yi arrives in Maldives today on an Official Visit at the invitation of Foreign Minister @abdulla_shahid.
— Ministry of Foreign Affairs 🇲🇻 (@MoFAmv) January 7, 2022
State Councilor Wang Yi was received by Minister Shahid at @VelanaAirport. pic.twitter.com/vkSyc78ZSH
ފޮރިން މިނިސްޓްރީން ބުނީ 5 ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް އެއްބަސްވުން އެކުލަވާލާނެކަމަށެވެ. އޭގެތެރޭގައި ސިއްޙީ ދާއިރާއާއި، ދަތުރުފަތުރުގެ ދާއިރާއާއި، ހިލޭ އެހީ ރާއްޖެއަށް ފޯރުކޮށްދިނުމުގެ އެއްބަސްވުމުގެ އިތުރުންވެސް އެހެން ބައެއް އެއްބަސްވުންތައް ހިމެނެއެވެ.
ޗައިނާގެ ފޮރިން މިނިސްޓަރ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ޗައިނާގެ ފޮރިންގ މިނިސްޓަރ ވާންގް ޔީއާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިއަހަރަކީ ރާއްޖެއާއި ޗައިނާއާއި ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރޭ އަހަރެވެ. ރާއްޖެއާއި ޗައިނާއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1972 ވަނަ އަހަރުއެވެ.
ކިޔުންތެރިންގެ ހިޔާލު