12 ވަނަ އެޕިސޯޑް
==========
[އޭނަ ތިކަންވެސް ކޮށްފާނެ. މަންމަމެންގެ ތިޔަބަސް ބީކާލަށް އިއްވަން އަހަންނަށް ފުރްޞަތުދީ. މިބުނީ މި ތަވީދު އަހަރެންގެ އުނަގަނޑުން ނެގުމަށްފަހު، ޙިމާޔަތްކޮށްފައިވާ މިގޭތެރޭން ބޭރަށް ނުކުތުމުގެ ފުރްޞަތު އަހަންނަށްދޭށޭ....މަންމަމެން އަހަންނާއެކު އަޔަސް ވަރިހަމަ. މަންމަމެންގެ ޙާޒިރުގައި ބީކާލް ހުރިހާ ކަމަކަށް އެއްބަސްވާނެ. ވަރިހަމަ މިއެންމެން އަޔަސް. ހުރިހާ އެންމެންގެ ޙާޒިރުގައި ބީކާލް އެކަމަށް އެއްބަސްވާނެ. އެކަމަކު މަންމާ...ދެއަހަރު ދުވަހަކީ ހާދަ ދިގު މުއްދަތެކޭދޯ؟...] ޒައިހާ މިހާރުވަނީ ހިސާބަކަށް ހަމަޖެހިފައެވެ. މޫނުމަތީގައިވާ ޒަޚަމްތަކުގައި ތުވާލި އަޅައިގެން އައިސް، ޙުސްނީ އެތަނަށް ހުއްޓުނީ އެވަގުތުއެވެ. އޭރުވެސް އެ ޒަޚަމްތަކުން ހިސާބަކަށް ލޭ އަންނަމުންދެއެވެ.
ހުރިހާ މީހުންގެ ތާއީދާއެކު، ބީކާލްގެ ވަރުޖަހާލުމަށް ބަދުރިއްޔާ ބޭނުންވިއެވެ. ވުމާއެކު، އޭނާ ޒައިހާގެ އުނަގަނޑުގައި އަޅުވާފައިވާ ތަވީދު މޮހާލިއެވެ. އެއަށްފަހު، ޒައިހާގެ އަތުގައި ހިފައިގެން ގެއިން ބޭރަށް ނުކުމެއްޖެއެވެ. އެތާނގައި ތިބި ހުރިހާ މީހުންވެސް ފަހަތުން ނުކުތެވެ.
[މަންމަމެން އަހަންނަށް ދިހަ ފޫޓްގެ ދުރުމިނެއް ދޭންވާނެ. އަހަރެންގެ އިޙްސާސްތައް ބީކާލަށް އެނގޭނެ. އަހަރެން މަޑުމަޑުން ގޮވާލާއިރަށް ބީކާލް އަންނާނެ....] ޒައިހާ މަންމަގެ އަތުން ދޫކޮށްލުމަށްފަހު، ވިއްސަކަށް ފޫޓް ދުރަށް ޖެހިލިއެވެ. އެއަށްފަހު، އޭނާ ނިކަން ލޯބިވެތި އަޑަކުން، މަޑުމޮޅި ރާގަކަށް ބީކާލަށް ގޮވާލިއެވެ. ވީ ކުޑަކުޑަ ހިނދުކޮޅެކެވެ. ހީވީ ބިން ފަޅާފައި ނުކުތްހެންނެވެ. ޒައިހާއާ ދާދި ގާތުން ބީކާލް ފާޅުވެއްޖެއެވެ. މިހާރުވެސް އޭނާހުރީ މުއީޒްގެ ސިފައިގައެވެ. ކެތްތެރިކަން ކުޑަވެފައިހުރި ބީކާލް، އެންމެންގެ ކުރިމަތީގައި ޒައިހާގެ ހަށިގަނޑުގައި އޮޅުލައިގެންފިއެވެ.
[އަހަންނަށް ކުޑަކުޑަ ފުރްޞަތެއްދީ....އަހަރެން ބޭނުން، އެކަހެރިކޮށް ޒައިހާއާ ވަދާޢުގެ ސަލާމްކުރަން.] މަންމަމެންގެ ޝަރުޠުތައް ޒައިހާ ކިޔައިދިނުމުން، ނިކަން ދެރަވެފައިހުރެ ބީކާލް ވާހަކަ ދެއްކިއެވެ.
އެއަށްފަހު، އޭނާ މަޑުމަޑުން ޒައިހާގެ އަތުގައި ހިފައިގެން ގޮސް ވަނީ އެގެޔާ ޖެހިގެން ދަނޑިފަނުން ހަދާފައިވާ ޖިފުޓިގަނޑަށެވެ. ބަސްހުއްޓި ހިމޭންވެފައި އެންމެންވެސް ތިބީ، ވާނުވާ ބަލާށެވެ. އެއީ ރަށްފުށުގެ ބައެއް ގޯތިތަކުގައި ދަރު ވައްދަން ހަދާފައި ހުންނަ ޒާތުގެ ގެގަނޑެކެވެ.
މަންމަމެންގެ ލޯތަކުން އެކަހެރިވުމާއެކު، ބީކާލާއި ޒައިހާގެ ކެތްތެރިކަން ކޮޅުންލިއެވެ. ދެފަރާތްވެސް ބޭނުންވެފައިވަނީ، އަނެކާގެ އިޙްސާސްތަކާއި ބީހުންތަކެވެ.
ބީކާލްގެ މަސްތީ އިޝާރާތާއެކު، އިސާހިތަކު ޒައިހާ ފަންގަނޑެއްގެ މަތީގައި ބުރަކަށި ޖައްސާލިއިރު، ޒައިހާގެ މޫނުމަތިންވެސް ފެންނަމުންދަނީ އެ އިޙްސާސްތަކެވެ.
[ޒައިހާއަށް އެނގޭތަ، މިރެޔަކީ ކޮން ރެއެއްކަން؟] ދެކަކޫމައްޗަށް ތިރިވެލަމުން، ޒައިހާގެ މޫނާއި އޭނާގެ މޫނު ކައިރިކޮށްލަމުން ބީކާލް އެއްސެވެ.
[ރޭވިލޭރޭ.....] ވައިއަޑުން ޖަވާބުދެމުން ޒައިހާ ދެލޯމަރާލީ ބީކާލްގެ ބީހުންތަކަށް ފުރްޞަތު ދެމުންނެވެ. ކުރިއަށް އޮތް ރޭވިލޭރޭގެ އަރާމަށް މަރުޙަބާ ކިޔަމުންނެވެ.
[ބީކާލް...މަންމަމެން މިތަނަށް ވަދެފާނެއެއްނު....] ބީކާލްގެ މެދުހަށީގައި ހިފަހައްޓާލަމުން، ޒައިހާ ދޮރާ ދިމާއަށް ބަލައިލިއެވެ.
[އެމީހުން އަޔަކަސް ނުފެންނާނެ. މިވަގުތު ދެން އެހެން ކަންތައްތަކާ ނުވިސްނަބަލަ....]
އެވަގުތެވެ. މަޑުމަޑުން އެޖިފުޓިގަނޑާ ދިމާއަށް ބަދުރިއްޔާމެން ހިނގައިގަތީ، ޒައިހާ ގޮވައިގެން ބީކާލް ފިލީއޭ ހިތައެވެ.
[އެއަށް އިތުބާރުކޮށްފައި، އެތަވީދު ނަގާކަށް ނުވާނެއެއްނު...އޭތި ޒައިހާއަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ.] ފަނުން ހަދާފައިވާ ދަރުގޭގެ ދޮރުމައްޗަށް ހުއްޓެމުން، ހުސްނީ ބަދުރިއްޔާ ކުށްވެރި ކުރިއެވެ. ބަދުރިއްޔާ އެތެރެއަށް ބޯދިއްކޮށްލިއެވެ. ނަމަވެސް، އެއްވެސް މީހެއްގެ ހިލަންވެސް ނުވެއެވެ.
[އެއްވެސް މީހަކު މިތާކު ނެތް.....އޭތި އެމަންޖެ ގޮވައިގެން ފިލީތާ....] ބަދުރިއްޔާ ރޮއިގަތެވެ. އޭރު ފަހަރަކު މީހަކު އެ ގެގަނޑުތެރެއަށް ބޯދިއްކޮށް ބަލަމުން ދިޔައެވެ. އެއިން އެއްވެސް މީހަކަށް ޒައިހާމެނެއް ނުފެނެއެވެ. ނަމަވެސް، ޒައިހާމެން އެ ގެގަނޑުތެރޭގައި ތިއްބެވެ. ކުރިއަށް އޮތް ރޭވިލޭރޭގެ އުފަލާއި އަރާމު ޙާޞިލް ކުރުމަށެވެ. އެއީ ވަދާޢުގެ ސަލާމެވެ.
[އެމަންޖެ ހޯދަންދާން ހިނގާ...] ބަދުރިއްޔާ ރޮމުން، ޙުސްނީގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. އޭރު ބައެއް މީހުން ޒައިހާއަށް ގޮވަމުން ކުރިއަށް ހިނގައިގެންފިއެވެ.
[މަންމާ...ބީކާލަކީ މަންމަމެން ތިހީކުރާކަހަލަ މީހެއް ނޫން. ބީކާލް މަންމަމެންނަށް އިޙްތިރާމް ކުރޭ...] ކުއްލިއަކަށް ދޮރުން ބޭރަށް ބޯދިއްކޮށްލީ ޒައިހާއެވެ. އޭނާގެ ފަހަތުގައި ބީކާލްވެސް ހުއްޓެވެ. އެހިސާބުން ޒައިހާއަށް ގޮވަމުންދިޔަ މީހުންތައްވެސް ހިމޭންވެއްޖެއެވެ.
[އަހަރެން މަންމަމެން އެދޭފަދައިން، ލޯބިވާކަން ސާބިތުކޮށްދީފާނަން. އޭގެ ބަދަލުގައި މަންމަމެން އަހަންނަށް ދޭނީ ކޮން ހަދިޔާއެއް؟ އަހަންނާއި ޒައިހާގެ ގުޅުމަށް އެއްބަސްވާނަންތަ؟] ބީކާލް ހީވަނީ ހިތްދަތިވެފައިވާ އިންސާނެއް ހެންނެވެ. ޙަޤީޤަތުގައި ޒައިހާގެ ލޯތްބަށްޓަކައި ކޮންމެފަދަ ޤުރްބާނީއެއްވެސް ވާން ބީކާލް ހުރީ ތައްޔާރަށެވެ.
[ޒައިހާގެ ލޯބި ބޭނުމިއްޔާ، ދެއަހަރު ދުވަސް ވަންދެން ޒައިހާއާއި މިރަށާވެސް ދުރުގައި އުޅެން އެއްބަސްވުމަށްފަހު، މިވަގުތުން ފެށިގެން އަހަރެމެންގެ ކުރިމަތިންދޭ....] ޝަރުޠު ކަނޑައެޅީ ބަދުރިއްޔާއެވެ. އެކަމަށްވެސް ބީކާލް އެއްބަސްވިއެވެ. އެއްވެސް ޢުޒުރަކާނުލައެވެ. ޒައިހާގެ ލޯތްބަށްޓަކައޭ ބުނެފައެވެ.
އެހެން ނަމަވެސް، އޭނާވެސް ޝަރުޠުތަކެއް ކުރިއެވެ. އެ ދެއަހަރު ދުވަސްތެރޭ ޒައިހާ މީހަކާ ނުދެވާ، އޭނާއަށްޓަކައި ބަހައްޓައިދިނުމަށް އޭނާ އެދުނެވެ. އަދި އޭނާ ބުންޏެވެ.
އެފަދަ ކަމެއް ޒައިހާގެ ޢާއިލާއިން ކޮށްފިއްޔާ، އޭނާގެ ހިތުގައިޖެހި، ކޮންމެފަދަ ކަމެއްވެސް އޭނާއަށް ކުރެވިދާނެ ކަމަށެވެ.
[ބީކާލް...އަހަރެން ދޫކޮށްފަ ދަނީތަ؟] ބީކާލް ކުޑަކޮށް ކުރިއަށް ހިނގައިގަތީމާ، ވަރަށް ދެރަވެފައިވާފަދަ ގޮތަކަށް ޒައިހާ އެއްސެވެ.
ޖަވާބުގައި ބީކާލް ކުރީ ދެއިނގިލީގެ އިޝާރާތެކެވެ. އޭނާ އެ އިޝާރާތްކުރީ ދެއަހަރު ދުވަސް ވަންދެން ކަމަށެވެ.
[ޒައިހާ އަހަންނަށް އިންތިޒާރު ކުރާތި. ޒައިހާއާ ކިތަންމެ ދުރުގައި ހުއްޓަސް، އަބަދުވެސް އަހަރެން ޒައިހާގެ މަތިން ހަނދާންކުރާނަން. ޒައިހާ އަހަންނާ ދާދި ގާތުގައިވާފަދަ....] ރޮވިފައިވާފަދަ ގޮތަކަށް ބީކާލް ބުނެލިއެވެ. ޙަޤީޤަތުގައިވެސް އޭނާއަށްވަނީ ވަރަށް ބޮޑަށް އަސަރުކޮށް ރޮވޭގޮތްވެފައެވެ.
ބީކާލަކީ އިންސާނަކަށް ނުވިޔަސް، އޭނާގެ ހިތުގައިވެސް އަށަގެންފައިވަނީ، ތެދުވެރި ލޯތްބެކެވެ. ޙަޤީޤަތުގައި ޖިންނިއަކު އިންސާނަކާ ކުރިމަތިލުމަކީ، މަރާ ކުރިމަތިލުންފަދަ ކަމެކެވެ. ނަމަވެސް، އޭނާއަށް ޒައިހާ ފެނި، ޒައިހާދެކެ ވެވުނު ތެދުވެރި ލޯތްބެއްގެ ސަބަބުން، އޭނާގެ ހިތުގައި ކުޑަވެސް ބިރުވެރިކަމެއް ނެތްފަދައެވެ. ގައިމެވެ. މިހާރު އޭނާވާން އެއްބަސްވީވެސް ކުޑަ ޤުރްބާނީއެއް ނޫނެވެ.
އޭނާ އެގޮތުގައި ސާބިތުވެ ހުރެއްޖެނަމަ، އެއީ ތެދުވެރި ލޯބީގެ ނަމޫނާއެއް ކަމަށް، ކޮންމެ މީހަކުވެސް ޤަބޫލުކުރާނެކަމީ ކަށަވަރު ކަމެކެވެ.
[އަހަރެން ދަނީ.....] ރޮމުން ކުރިއަށް ހިނގައިގައިގަންނަމުން، ބީކާލް ފަސްއެނބުރި ބަލައިވެސްލިއެވެ. ނަމަވެސް، އޭނާ މަޑެއް ނުކުރެއެވެ. އެދިޔަގޮތަށް ގޮސް ޒައިހާމެންގެ ކިބައިން އޮބާލައިފިއެވެ.
އެވަގުތު ކުއްލިއަކަށް އެއްކަލަ ބޮޑު ބުޅާ ޒައިހާމެންނާ ދާދި ގާތުން ފާޅުވެއްޖެއެވެ. ބުޅާ ފެނުމުން، ޒައިހާ ފިޔަވައި ދެންތިބި ހުރިހާ މީހުންވެސް ބިރުން ފަހަތަށް ޖެހުނެވެ. އެ ބުޅާ ފެނުމުން، ޒައިހާގެ މޫނުމަތިން ފެނުނީ އުފާވެރިކަމުގެ ކުލަވަރެވެ. އޭނާ ނުހަނު ލޯތްބާއި މައިވަންތަ ކުލުނާއެކު، އެ ބުޅަލާ ދިމާއަށް އަތް ދިއްކޮށްލީ، މަޔަކު އޭނާގެ ލޯބިވާ ދަރިއަކަށް އިޝާރާތްކޮށްލާ ފަދައިންނެވެ. އެވަގުތު ބުޅަލުގެ ސިފައިގައި އޮތް، ޒައިހާއާއި ބީކާލްގެ ދަރިފުޅު ޒައިހާގެ އަތުތެރެއަށް އައުމަށް ދުއްވައިގެންފިއެވެ. އެ ދަނޑިވަޅުގައި، ބަދުރިއްޔާއާއި ޙުސްނީ ވަގުތުން ތަވީދު ޒައިހާގެ އުނަގަނޑުގައި އައްސާލިއެވެ. އެއާއެކު، ވަގުތުން ބުޅާ ހުއްޓުނެވެ. ހީވީ ކަރަންޓްގައި ޖެހުނީހެންނެވެ.
ބުޅާ ދެލޯ ބޮޑުކޮށްލައި ބަލައިލީ ޙުސްނީއާ ދިމާއަށެވެ. ޙުސްނީ ބިރުވެސްގަތެވެ. ނަމަވެސް އޭނާ ފަސްޖެހޭކަށް ބޭނުމެއް ނޫނެވެ.
[އެ ބީކާލާއެކު އެ ބުޅާގަނޑުވެސް ފޮނުވާލިނަމަ. ބައްޕަމެން ބޭނުންވަނީ އޭތިވެސް އަހަރެމެން ފެންނަފަށަށް ނައުން...] ޙުސްނީ ޒައިހާގެ އަތުގައި ހިފައިގެން ގެޔަށް ވަންނަން ހިނގައިގެންފިއެވެ. ޒައިހާ ދިޔައީ ފަސްއެނބުރި ބުޅަލާ ދިމާއަށް ބަލަމުންނެވެ.
ޒައިހާ ކޮޓަރިއަށް ވެއްދުމަށްފަހު، ޙުސްނީ އޭނާގެ ރަޙްމަތްތެރިޔާ ބަޝީރާ މަޝްވަރާކުރީ، އެކަންތައްގަނޑުން ޒައިހާއާއި އެ ޢާއިލާ މިންޖުވާނޭ ގޮތަކާ ދޭތެރޭއެވެ. ބަޝީރު ލަފާދިނީ ކައިރި ރަށަކުންވިޔަސް، ރަނގަޅު ފެންވަރެއްގެ ފަންޑިތަވެރިއަކު ގެނެސްގެން ދާއިމަށް އެކަމުން ސަލާމަތްވެވޭނެ ގޮތެއް ރޭވުމަށެވެ. ބަޝީރު ޚިޔާލުދިނީ ޒައިހާ އޭނާގެ ދަރިއެއް ކަމަށް އެބުނާ އެތިވެސް ދުނިޔޭން ނައްތާލުމަށެވެ.
[އޭތީގެ ދުވަސް ދުއްވާލަން މަސައްކަތް ކުރަންވާނީ، ޒައިހާއަށްވެސް ސިއްރުން. މީހުން ބުނެއެއްނު، މާލެ ވިލިނގިލީގައިވެސް ވަރަށް މޮޅު މީހަކު ހުންނަ ވާހަކަ. އޭނައަށް ކިޔަނީ ސަޢީދު. ޒައިހާ ގޮވައިގެން މާލެދާނީ....] ބަޝީރު ލަފާދިނެވެ. އެވަގުތު އެތާނގައި ހުރި ޒައިހާގެ ޙަޤީޤީ ބައްޕަވެސް އެކަމަށް ތާއީދުކުރިއެވެ.
[އަހަރެމެން މާލެގޮސް އުޅޭނީ ކޮންތާކު....؟] ޙުސްނީ ބަލައިލީ ބަދުރިއްޔާގެ މޫނަށެވެ.
[މާލޭގައި ހުންނާނެ ގޮތަކާ ދޭތެރޭ ޙުސްނީ ވިސްނާކަށްވެސް ނުޖެހޭނެއެއްނު. ޒައިހާގެ އަމިއްލަ ބޮޑު ސިންގާ ގެޔެއް މާލޭގައި ހުންނާނެ.] މަނިކު ބުންޏެވެ. ޙުސްނީ އެކަމަށް އެއްބަސްވުމުން، ބަދުރިއްޔާވެސް އެކަމާ އެއްބަސްވިއެވެ. ދަރިފުޅުގެ ރައްކަލަށް ބޭނުންވާތީއެވެ.
[އިބްރާހީމް ގޯތި ޙަސަނުގެ އޮޑި މިރޭ ފުރާ. އެ އޮޑީގައި އެންމެނަށް ދެވޭނެގޮތް ހަމަޖައްސަންވީއެއްނު.] ބަޝީރު ބުންޏެވެ.
ހުރިހާ މީހުންވެސް އެގޮތަށް އިއްތިފާގުވުމުން، އެރޭ ފުރާ އޮޑިން މާލެ ފުރަން ޙުސްނީ ދަތުރު ތައްޔާރު ކުރިއެވެ. ދަތުރުގެ ހުރިހާ ޚަރަދެއްގައި ހިފީވެސް މަނިކެވެ. މިވަގުތު ދުނިޔޭގައި ހުރި ހަމައެކަނި ދަރިފުޅުގެ ޙައްޤުގައެވެ. މިހާރު އޭނާގެ ހުރިހާވެސް މީހަކީ އެދަރިފުޅެވެ. ކޮންމެވެސް ދުވަހަކުން އެދަރިފުޅު އޭނާއަށް ބައްޕާއޭ ކިޔާފައި ގޮވާލާނޭ ކަމަށް އޭނާ ޤަބޫލު ކުރެއެވެ. މިހާރު އޭނާ އިންތިޒާރު ކުރަނީ އެ ދުވަހަކަށެވެ.
އެރޭ މާލެދާން ޙުސްނީއާއި ބަދުރިއްޔާގެ އިތުރުން، ޒައިހާއާއެކު ޙުސްނީގެ ރަޙްމަތްތެރިޔާ ބަޝީރާއި މަނިކުގެ އިތުރުން ބާޤިރުވެސް ފުރިއެވެ.
ދަތުރުމަތީގައި އެއްވެސް ނުރައްކަލަކާ ދިމާވެދާނެތީ، އެންމެންވެސް ތިބީ ނިކަން ވިސްނައިގެންނެވެ. މިހާރު ނުރައްކަލެއް ކުރިމަތިވިޔަސް ވާނީ ޒައިހާ، އޭނާގެ ދަރިފުޅު ކަމަށް ބުނާ ބުޅަލުގެ ފަރާތުންނެވެ.
ދަންވަރެވެ. އެއީ ދަތުރު ފެށިތާ ދެގަޑިއެއްހާއިރު ފަހެވެ. ކުއްލިއަކަށް އެންމެންގެވެސް ސަމާލުކަން ދެވުނީ އޮޑީގެ ދިރުނބާކޮޅުން ބުޅަލެއްގެ އަޑު އިވުނީމައެވެ. ބިރުގަނެ ސިހިފައި އެންމެންނަށް އެއްފަހަރާ އެދިމާއަށް ބަލައިލެވުނީއެވެ. ނަމަވެސް އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ.
ދިރުނބާކޮޅު އޮތީ އަމާންކޮށެވެ. އެހެން ނަމަވެސް، ބުޅާ ގޮވާ އަޑު އިވެމުންދިޔައެވެ. އެންމެންވެސް ތިބީ ވަރަށް ބިރުގަނެ ހާސްވެފައެވެ.
އެ ދޯނި މާލޭފަޅުން ވަންނަންދެންވެސް، ބުޅަލުގެ އަޑު އިވިއިވި ހުއްޓެވެ. ނަމަވެސް، އޭއްޗެއް އެއްވެސް މީހަކަށް ނުފެނެއެވެ.
[މި މަންޖެ ގޮވައިގެން ވިލިނގިއްޔަށްތަ އަހަރެމެން ދާންޖެހެނީ.] ދޯނި މާލެއަށް ލެފުމާއެކު، ޙުސްނީ މަނިކު ގާތު އެއްސެވެ.
[ނޫން...ފުރަތަމަ ދާނީ ގެޔަށް. އެމަންޖެ އެހާ އަވަހަށް ގެންދާކަށް ނުވެސްޖެހޭނެ. އަހަރެމެން ގޮސް ސަޢީދު ގެޔަށް ގެންނާނީ....] ޓެކްސީއެއް މަޑުކުރުވުމަށްފަހު، އެއަށް ފޮށްޓާއި ދަބަސް އަރުވަމުން މަނިކު ބުންޏެވެ. ހުރިހާ މީހުންނަށް އެއްކާރަކަށް ނޭރޭނެތީ، އިތުރު ކާރެއްވެސް ހުއްޓުވިއެވެ.
މިހާރު ޒައިހާ ހީވަނީ ކޮންމެވެސްވަރަކަށް ހަމަޖެހިފައިވާހެންނެވެ. އޭނާ މަންމައާ ހީސަމާސާކޮށް ވާހަކަ ދައްކާ އުޅެމުންދިޔައެވެ. އެ މަންޒަރު ފެނި، މަނިކުހުރީ ވަރަށް ބޮޑަށް އުފާވެ ހިތްހަމަޖެހިފައެވެ. އެދަރިފުޅު އުފަލުގައި އުޅޭތަން ދުށުމަކީ، އޭނާކުރާ ފޮނި އުންމީދެކެވެ. ޚާއްޞަކޮށް، އޭނާއާއެކު އޭނާގެ ގޭގައި ޒައިހާ އުޅޭތަން، އޭނާ ނިކަން ދެކެން ބޭނުންވެއެވެ.
ގެޔަށް އާދެވުމުން، ޒައިހާއާއި ބަދުރިއްޔާވެސް ޙައިރާންވިއެވެ. އެއީ ބޮޑު ހަވޭލީއެއްފަދަ ގެއެކެވެ. ފަސްބުރީގެ ބޮޑު ޢިމާރާތެކެވެ.
[ޙައިރާންނުވޭ ދަރިފުޅާ....މިއީ ހަމަ ދަރިފުޅުގެ ގެ....ދަރިފުޅުގެ މަތިން އައިސް ބަސްކިޔާނޭ މީހަކު މިގެޔަކު ނުހުންނާނެ. ދެ ނޯކަރުންގެ އިތުރުން، މިގޭގައި އުޅެނީ ބައްޕަ އެކަނި.] މަނިކު ޒައިހާގެ ބުރަކަށީގައި ފިރުމާލިއެވެ.
ޒައިހާ މަނިކުގެ މޫނަށް ބަލާލިއެވެ. އެއަށްފަހު، އޭނާ މަންމަ ބަދުރިއްޔާގެ މޫނަށްވެސް ބަލާލިއވެ.
[މަންމާ...މިއީ ހަމަ ޙަޤީޤަތުގައިވެސް އަހަރެންގެ ބައްޕަތަ؟] މަނިކާ ދިމާއަށް ބަލައިލަމުން، ޒައިހާ މަންމަ ގާތުގައި އެއްސެވެ. ބަދުރިއްޔާ ޖަވާބުދިނީ ބޮލުގެ އިޝާރާތުންނެވެ.
އެހިނދު މަނިކު ޒައިހާއާ ދިމާއަށް ދެއަތް ހުޅުވާލައި، ދެއަތް ދިއްކޮށްލިއެވެ. އެދެއަތުގެ ތެރެއަށް އަންނާށޭ ބުނާ ފަދައިންނެވެ. ޒައިހާ ދެލޯ މަރާލައި، ޙަޤީޤީ ބައްޕަގެ އަތުގެ ތެރެއަށް ވަދެ، ބައްޕަގެ މޭގައި ބޯއަޅާލިއެވެ. ލިބުނު ހިތްހަމަޖެހުމާއި އުފަލުގައި، މަނިކު ލޯމަރާލިއެވެ.
މަނިކުގެ ވިޔަފާރީގައި ޙަރަކާތްތެރިވާ އޭނާގެ އެކައުންޓެންޓްގެ ދަރިފުޅު ޒާހިދު އެގެޔަށް އައިސް ވަނީ އެވަގުތުއެވެ. ޒާހިދުގެ ފަހަތުން އޭނާގެ ދަރިފުޅު ފިރުދައުސްވެސް ވަނެވެ.
[އަނހަ.....ފިރުދައުސް! އައިސް އިށީނދޭ. މިއީ އަހަރެންގެ ދަރިފުޅު ޒައިހާ...ދަރިފުޅާ ޒައިހާ، މިއީ ބައްޕަގެ އެކައުންޓެންޓް ފިރުދައުސް. ދެން މިހިރީ ފިރުދައުސްގެ ދަރިފުޅު ޒާހިދު.....]
މަނިކު ފިރުދައުސްއަށް، އޭނާގެ ދަރިފުޅު ތަޢާރަފް ކޮށްދިނުމަށްފަހު، ދަރިފުޅަށް ފިރުދައުސްމެން ތަޢާރަފްކޮށްދިނެވެ.
އޭރު ޒާހިދު ހުރީ ޒައިހާއާ ދިމާއަށް ހުއްޓުނު ކަޅިއާއެކު ގަނޑުވެފައެވެ.
[މަނިކުބޭގެ ދަރިފުޅު.....ހާދަ ރީއްޗޭ!] އެހުރިގޮތަށް ހުރެ ހިތާހިތާ ޒާހިދަށް ކިޔާލެވުނެވެ.
[ގޭގައި ޙުސްނީމެން މަޑުކޮށްލާ. އަހަންނާ ފިރުދައުސްއާއި ބާޤިރު ވިލިނގިއްޔަށް ގޮސް، ސަޢީދު ގޮވައިގެން އެބަ އަންނަން.....] މަނިކާއި ބާޤިރު އަދި ފިރުދައުސް ނުކުތެވެ. އޭގެކުރިން މަނިކު ނޯކަރަކަށް ގޮވާފައި ބަދުރިއްޔާމެނަށް ކާން ހެދުމަށް ބުންޏެވެ.
ވިލިނގިއްޔަށްދިޔަ މަގުމަތީގައި، މަނިކު ހުރިހާ ވާހަކައެއް ފިރުދައުސްއަށް ކިޔާދިނެވެ. ވިލިނގިލީގައި ހުންނަ ކަމަށް ތިބުނާ މީހާއަށްވުރެ، ތިކަހަލަ ކަންތަކަށް މާމޮޅު މީހަކު އުޅޭނެ، ސީދާ މިރަށުގައި. ހިނގާ އަހަންނާއެކު.....] ފިރުދައުސް ބުންޏެވެ.
ކާރު ދުއްވަން އިނީ ފިރުދައުސް ކަމުން، އޭނާ ކާރު އަނބުރާލީ މާވެޔޮމަގަށެވެ. އޭނާ އެބުނާ މީހަކު އުޅެނީ، އެމަގުގައި ހުންނަ ގެއެއްގައެވެ.
އެމީހުންނަށް އެގެޔަށް ދެވުނު ވަގުތަކީ، ފިރުދައުސް އެބުނާ މީހާ ނަމާދަށް ދާން ނުކުތް ވަގުތެވެ.
[އައްސަލާމް ޢަލައިކުމް...ތިއީ ދޮއެއްތޯ ރަޝީދަކީ...] ފިރުދައުސް ރަޝީދާ ސަލާމް ކުރަން އަތް ދިއްކުރަމުން އެއްސެވެ. އެމީހާ އާދެ....ރަޝީދު އާއެކޭ ބުނެފައި، ފިރުދައުސްއާ ސަލާމްކޮށްލިއެވެ.
އެއަށްފަހު، ފިރުދައުސްގެ އިޝާރަތަކާއެކު، މަނިކު ރަޝީދަށް ހުރިހާ ވާހަކައެއް ކިޔާދިނެވެ. ރަޝީދު ބުނީ ތިޔައީ ބޮޑު އެހާމެ ބުރަ މަސައްކަތެއް ކަމަށާއި، އަވަހަށް ތިކަމުން މިންޖުވުމަށް މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު