ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
އިންސާނީ ވަގުފާރީގެ މައްސަލައެއްގައި ދެ ދިވެހިން ހައްޔަރު ކޮށްފިއެވެ.

އިންސާނީ ވަގުފާރީގެ މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ސ. ހިތަދޫ ރޯޝަނީމާގޭ މޫސާ ފަތުހީ އާއި ހ. ސީސްޕީޑް މުހައްމަދު ވަހީދެވެ.

އެމީހުން ހައްޔަރުކޮށް މުއްދަތު ޖެހުމަށް ކޯޓަށް ޙާޟިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ މިދެމީހުންނަށް 10 ދުވަހުގެ ބަންދެއް ޖަހާފައެވެ. ނަމަވެސް މި މައްސަލާގައި ހިމެނޭ ވަހީދަކީ އުމުރުން ދުވަސްވީ ބަލި މީހެއް ކަމަށް ކޯޓުގައި ބުނެފައި ވާތީ 10 ދުވަހަށްފަހު އޭނާގެ ބަންދު ރިވިއުކުރުމަށް އޮންނަ އަޑުއެހުމަށް ބަލި ހާލަތާ ގުޅޭ ލިޔެ ކިޔުންތައް ހުށައެޅުމަށް ކޯޓުން ވަނީ އަންގާފައެވެ.

މި މައްސަލައިގައި ހިމެނޭ ފަތުހީގެ ވަކީލުން ބުނެފައިވަނީ އޭނާއަކީ މިކަމުގައި ބައިވެރިވާ މީހެއް ނޫން ކަމަށާއި ފަތުހީގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ވަހީދު ބުނެގެން ކޮށްދިން ކަމެއްގެ ސަބަބުންކަމަށެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލާގައި އިންސާނީ ވަގުފާރީގެ ޝިކާރައަށްވީ މީހާއަށް ބިރުދައްކަން އަދިވެސް މައްސަލައިގައި ހިމެނޭ ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާކަމަށެވެ. ފުލުހުން ދަނީ އިންސާނީ ވަގުފާރީގެ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން