އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބުދުﷲ ޔާމިނާއި ޑްރަގާއި ގުޅުވައި ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުން ދައްކަމުން ގެންދާ ވާހަކަތަކަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ރައްދު ދެއްވައިފިއެވެ.

އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރާ ޑްރަގް އަތުލައިގަތުމުގައި އިންޑިއާއިން އެހީތެރިވާތީ، އެކަމާ ދެކޮޅަށް ހިންގާ ކެމްޕޭނެއް ކަމަށް ރައީސާއި ސަރުކާރުގެ އިސް ބޭފުޅުން އަންނަނީ ތުހުމަތުކުރަމުންނެވެ. ރައީސް ސޯލިހް ވެސް އެ ކެމްޕޭނާއި ގުޅުވައިގެން ނުސީދާކޮށް އެކަމަކީ ޑްރަގު އަތުލައިގަންނާތީ ހިތްހަމަނުޖެހޭ ބަޔަކު ކުރާ ކަމެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި ނޫސްވެރިޔާ އަހްމަދު ރިލްވާން މަރާލުމުގެ މައްސަލަ ރައީސް ޔާމީންގެ އިސްތަށިފުޅުގައި އެޅުވި ކަމަށެވެ. އެހެން ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން އުފެއްދި ރިޔާސީ ކޮމިޝަންތަކުން އެ މައްސަލަ ބެލުމަށް ފަހު، ރައީސް ޔާމީނާއި ޕީޕީއެމްގެ ލީޑާޝިޕަށް އެޅުވި އެ ތުހުމަތުތަކުން ސަލާމަތްވުމުން މިހާރު މަސްތުވާތަކެއްޗާއި އެމަނިކުފާނާއި ގުޅުވަނީ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.



"ސިޔާސީ ކާމިޔާބީއަކީ ނުހައްގު ބަދުނާމު އަޅުވައިގެން އަނެކާގެ ޝަޚްސިއްޔަތު ކަތިލުން ކަމުގައި ވަނީނަމަ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ތަހުޒީބުވެ ފައްކާ ވާނީ ކޮން ދުވަހަކުން ހެއްޔެވެ؟ ހެދި ބޮޑުވަމުން އަންނަ ޖީލަށް މި ދެނީ ކޮން ފިލާވަޅުތަކެއް ހެއްޔެވެ؟" އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރުކަން ވެސް ކުރަށްވާފައިވާ ޑރ. ޝަހީމް ސުވާލު ކުރެއްވިއެވެެ.

މީގެ އިތުރުން ޑރ. ޝަހީމް ވިދާޅުވީ ސިޔާސީ ގޮތުން ކާމިޔާބު ހޯދަން މަސައްކަތް ކުރަން ޖެހޭނީ ތިމާ ކޮށްދިނުމަށް އުއްމީދު ކުރާ ކަންކަން ރައްޔިތުންނަށް ބުނެދީގެން ކަމަށެވެ. އަދި އެ ކާމިޔާބު ހޯދަންޖެހޭނީ ބިނާކުރަނިވި ގޮތަކަށް ފާޑުކިޔައިގެން ކަމަށާއި، ފަހަރެއްގައި ވެސް ދޮގު އިލްޒާމް އަޅުވައިގެން ނޫން ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވެފައިވާއިރު ކޮމަންޑޫ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕޭން އިފްތިތާހު ކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވަނީ ޑްރަގާއި، ވަގުވިޔަފާރި، އަދި މަނީލޯންޑަރިން އާއި ދެކޮޅަށް ވޯޓް ދިނުމަށް ގޮވާލައްވާފައެވެެ. ރައީސް ސޯލިހް ވިދާޅުވީ ޑްރަގް އަތުލައިގަތުމަކީ މި ވިޔަފާރިކުރާ މީހުންގެ ރުޅި ސަރުކާރަށާއި ސަރުކާރަށް މަދަދުދޭ ފަރާތްތަކަށް އަމާޒުވާ ކަމެއް ކަމަށެވެ.

"ކިތަންމެ ކޯފާ ވިޔަސް ބޭރުވާން ޖެހެނީ ޑްރަގް،" ރައީސް ޔާމިން އިސްވެ ހުންނަވައި ހިންގަވާ އިންޑިއާ އައުޓް ކެމްޕޭނާއި ގުޅުވައި ރައީސް ސޯލިހް ރޭ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު


-13

ޢިސްކުރުބެ

13-Jan-2022

ބަލަވެރިކަމައް އައީވެސް ހެއްދެވިހާއި ދޮގު ހަދަމުން ދެން މިހާރު އޭނަ ކޮންބެރެއް ގަންނާނީ ދޮގެއް ހަދާލަން މީހެއްގެ ބޮލުގަ ކޮންމެ ފަދައިލްޒާމެއްވެސް ތިމީހުން އަޅުވަ ފާނެ ބަލަ ޢިލްމުވެރިވެގެން ތިބި ކަމަށް ބުނާ ޖާހިލުން ދައް ކާފައި ހުރިވާހަކަ ދެން ޞާލިޙް ފަދަ މީހަކު ޖެހިލުންވާނެ ތަ.?


-2

އައްމަޑޭ ސަމީރު.

11-Jan-2022

ރައީސުލް ޖުމްހޫރިއްޔާގެ ޒިމްމާގެ މަސްއޫލިއްޔަތަކީ މީހެއް, ނުވަތަ ބައެއްގެ ބޮލުގައި ބަދުނާމެއް އަޅުވައި ޒިމްމާއިން ބަރީއަވުމެއްނޫނެވެ. ރައީސުލް ޖުމްހޫރިއްޔާގެ ޒިމްމާއަކީ ގައުމުގަ ހިނގަމުންދާ ހުރިހާ ކުއްތައްހުޓުވާ ރައްޔިތުންނަށް އަމާންވެއްޓެއް ގާއިމްކޮއްދިނުމެވެ. މިގޮތުން ގައުމަށް އެތެރެވާ ޑުރަގު ހުއްޓުވުމާ އަދި, ކޯލިޝަން ސަރުކާރުން ޤާނޫނާޚިލާފަށް ދިވެހިރާއްޖޭގައި ގާއިމްކުރުުވާފައިތިބި އިންޑިއާގެ އަސްކަރީ (މިލިޓަރީ) ސިފައިން ރާއްޖެއިން ފޮނުވާލާ "އައުޓު" ކުރުމަކީ މިހިނދުން މިހިނދަށް ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ހައިސިއްޔަތުން "އިބުރާހިމް މުހަމްމަދު ސޯލިހު" ގެ ބޮލުގައެޅިފައިވާ ޤާނޫނީ އަދި, ޤައުމީ ޒިމްމާއެކެވެ. ވީމާ, މީސްމީހުންގެ ބޮލުގައި ބަދުނާމް އެޅުވުމުގެކުރިން ތިމާޔާ ރައްޔިތުން ހަވާލުކުރި ޒިމްމާ އަދާކުރެވޭތޯބަ ލާށެވެ. ނޫނިއްޔާ އަމިއްލައަށް އިސްތިއުފާ ދެއްވާށެވެ.


9

ހަސަނު

10-Jan-2022

"އަނގަ އޮތިއްޔާ ކާޅެއް ނުކާނެ"އޭ ބުނާ އަޑު އިވޭތާ ކިހާ ދުވަހެއް


4

ނަރީ

10-Jan-2022

ޝަހީމު ސަރުކާރައް ވުރެން ކުރީގައި އުމަރުނަސީރުވެސް ކިޔަމުންދިޔައީ ތިޔައިސްތަށި ފުޅުގެވާހަކަ ނޫންތަ ބޯބެ