ނައިޓް މާކެޓުތައް މެދުކަނޑާލަން އެޗްޕީއޭއިން ނިންމި ނިންމުން ބަދަލުކޮށް، އަނެއްކާވެސް ހުއްދަ ދިނުމަށްފަހު، އެކަން ރޭ ހުއްޓުވުމުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިން އެކަމާ ދެކޮޅަށް މުޒާހަރާކޮށްފިއެވެ.

ވިޔަފާރިވެރިން މުޒާހަރާ ކުރީ ނައިޓް މާކެޓް ކުރިއަށްގެންދިޔަ ރަސްފަނު ސަރަހައްދުގައެވެ. މި މުޒާހަރާގައި އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ވިޔަފާރިވެރިން ތިބީ އެ މީހުންގެ ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ވިޔަފާރިވެރިން ވަނީ އަލުން ނަައިޓް މާކެޓް ފެށުމަށް ހުއްދަ ދިނުމަށް ސަރުކާރަށް ގޮވާލާފައެވެ. ނައިޓް މާކެޓް ކުރިއަށްގެންދިއުމަށް ފަހުން ދިން ހުއްދަ ވެސް އެޗްޕީއޭއިން ވަނީ ބާތިލްކޮށްފައެވެ.



އެ ހުއްދަ ބާތިލްކޮށްފައިވަނީ އިންސްޕެކްޝަނަށް ފަހު އެޗްޕީއޭގެ ގައިޑްލައިނާއި ޚިލާފަށް ނައިޓް މާކެޓް ބާއްވާކަން ފާހަގަކުރެވުމުން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. މިހާރު އެ ސަރަހައްދުގައި ފުލުހުންވެސް ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު